ކ. މާލެ
|
2 ފެބްރުއަރީ 2020 | އާދީއްތަ 07:44
ފަލަސްތީނުގެ ރައީސް މަހުމޫދް އައްބާސް
ފަލަސްތީނުގެ ރައީސް މަހުމޫދް އައްބާސް
ރޮއިޓަރސް
ފަލަސްތީނު
ފަލަސްތީނުން އިސްރޭލާއި އެމެރިކާ އާއެކު އޮތް ހުރިހާ ގުޅުމެއް ކަނޑާލައިފި
 
އައްބާސް ވިދާޅުވީ އިސްރާއީލާއެކު ހުރިހާ ގުޅުމެއް ކަނޑާލާފައިވާކަމަށް އެގައުމަށް އަންގާފައިވާކަމަށް
 
މެދުއިރުމައްޗާއި ގުޅޭގޮތުން ޓްރަމްޕް އެކަށައަޅުއްވާފައިވާ މިޑްލް އީސްޓް ޕްލޭން ވެސް ފަލަސްތީނުން ގަބޫލެއް ނުކުރޭ

ފަލަސްތީނުގެ ސަރުކާރުން އެމެރިކާ އާއި އިސްރޭލާއެކު އޮތް ހުރިހާ ގުޅުމެއް ކަނޑާލައިފި އެވެ.

ފަލަޞްޠީނުގެ ރައީސް މަޙްމޫދް ޢައްބާސް ވިދާޅުވީ އެމެރިކާގެ ރައީސް މެދުއިރުމައްޗާއި ގުޅޭގޮތުން އެކަށައަޅުއްވާފައިވާ "މިޑްލް އީސްޓް ޕްލޭން" ވެސް ފަލަޞްޠީނުން ޤަބޫލުނުކުރާ ކަމަށެވެ. ޢައްބާސް ހުންނެވީ މިހާރު ކުރިޔަށްދާ ޢަރަބިލީގުގައި ބައިވެރިވެ ވަޑައިގެންނެވުމަށް މިޞްރުގަ އެވެ. މިއީ ޓްރަމްޕް ހުށަހަޅުއްވާފައިވާ ކަންކަމާމެދު މަޝްވަރާކުރުމަށް ކުރިޔަށް ގެންދާ ކުއްލި ބައްދަލުވުމެކެވެ.

ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޢައްބާސް ވިދާޅުވީ އިސްރާއީލާއެކު ހުރިހާ ގުޅުމެއް ކަނޑާލާފައިވާކަމަށް އެޤައުމަށް އަންގާފައިވާކަމަށެވެ. އަދި އެމެރިކާ އާއެކުވެސް އޮތް ހުރިހާ ގުޅުމެއް ކަނޑާލާނެކަމަށް އައްބާސް ވިދާޅުވި އެވެ. ޝނުގެ މިނިންމުމަށް އިސްރޭލުން އަދި އެއްވެސް އެއްޗެއް ނުބުނެ އެވެ.

މީގެއިތުރުން ޢައްބާސް ވިދާޅުވީ ޓްރަމްޕްގެ ހުށަހެޅުއްވުމަށް މަޝްވަރާކުރުމަށް ބޭނުންނުވާކަން ޓްރަމްޕަށް ފޯނުން ގުޅުއްވާ ދަންނަވާފައިވާ ކަމަށެވެ. އަދި އޭގެ ކޮޕީއެއްވެސް ދިރާސާކުރުމަށް ބޭނުންނުވާކަމަށް ޢައްބާސްވަނީ ވިދާޅުވެފަ އެވެ.

ފަލަޞްޠީނުގެ އިން ކަނޑައެޅުމަށް ފަހު ވަކި ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ހުށަހަޅުއްވާފަ އެވެ. ރައީސް ޓްރަމްޕްގެ މި ނިންމެވުމާއިއެކު އިޒްރޭލުން ފޭރިގަނެފައިވާ ފަލަޞްޠީނުގެ ބިމަކީ އިޒްރޭލުގެ ތަނެއްގެ ގޮތުގައި އެމެރިކާއިން ބަލައިގަންނާނެއެވެ. އަދި ފަލަޞްޠީނުގެ ވެރި ރަަށެއްގެ ގޮތުގައި އިރުމަތީ ޤުދުސް ހަމަޖެއްސުމަށް ވަނީ ނިންމަވާފައެވެ.

ޓްރަމްޕްގެ މެދުއިރުމަތީގެ ޞުލްޙައިގެ ޕްލޭންގައިވާގޮތުން، މުސްލިމުންގެ މުޤައްދަސް ބިނާއެއް ކަމުގައިވާ މަސްޖިދުލް އަޤްޞާ ހިމެނެނީ އިޒްރޭލުގެ އިމުގެ ތެރޭގައެވެ.

މިޞްރުގައި ކުރިޔަށްދާ ޢަރަބިލީގުގެ ފޮރިން މިނިސްޓަރުންގެ ބައްދަލުވުމުގައި ވަނީ ޓްރަމްޕްގެ މިނިންމެވުން ތަންފީޒުވިޔަ ނުދިނުމަށް މަސައްކަތްކުރުމަށް އެއްބަސްވެފަ އެވެ. އަދި ފަލަޞްޠީނުގެ ރައްޔިތުންގެ ޙައްޤުތައް ޙިމާޔަތްކުރުމަށްވެސް ވަނީ އެއްބަސްވެފަ އެވެ.

މެދުއިރުމައްޗަށް ޓްރަމްޕް އެކުލަވާލެއްވި ޕްލޭން އިޢުލާންކުރުމަށް ވައިޓްހައުސްގައި ބޭއްވި ބައްދަލުވުމުގައި ގަލްފްގެ ތިން ޤައުމުކަމަށްވާ އޮމާން، ބަހްރައިން އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް އިން ވަނީ ބައިވެރިވެފަ އެވެ. ބުރާސްފަތި ދުވަހު ނަތަންޔާހޫ ވިދާޅުވެފައިވަނީ ވެސްޓް ބޭންކުގައި ޔަހޫދީން ވަޒަންވެރިކުރުވުމުގެ ޤާނޫނު ތަންފީޒުކުރުމަށް އިޒްރޭލްގެ ކެބިނެޓްގައި އެދިވަޑައިގަންނަވާނެކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
17%
0%
67%
0%
17%
ކޮމެންޓް