ކ. މާލެ
|
2 ފެބްރުއަރީ 2020 | އާދީއްތަ 07:45
ކަންގަނާ އަދި އަޝްވިނީ
ކަންގަނާ އަދި އަޝްވިނީ
އިންސްޓަގްރާމް
ކަންގަނާ ރަނައުތް
ކަންގަނާގެ ބައޮޕިކެއް ހަދަން ޑައިރެކްޓަރ އަޝްވިނީ ޝައުގުވެރިކަން ފާޅުކޮށްފި
 
ކަންގަނާ އެކަމަކު މިހާތަނަށް އެއްޗެއް ބުނެފައެއް ނުވޭ

ބޮލީވުޑުގެ ފިލްމީތަރި ކަންގަނާ ރަނައުތް ހުއްދަ ދީފިއްޔާ އޭނާގެ ބައޮފިކްއެއް ހަދަން ޝައުގުވެރިކަން އެބަހުރި ކަމަށް ޑައިރެކްޓަރ އަޝްވިނީ ތިވާރީ ބުނެފިއެވެ.

އަޝްވިނީ ބުނީ، ކަންގަނާގެ މުސްތަގުބަލް އޮތީ ވަރަށް އުޖާލާކޮށް ކަމަށް ގަބޫލުކުރާ ކަމަށެވެ. އަދި ކަންގާނާގެ ހަޔާތުގެ މައްޗަށް ފިލްމެއް ހަދަން ފުރުސަތު ލިބިއްޖެނަމަ އޭނާގެ ހުއްދައާއެކު ''ބައޮޕިކް'' އެއް ހަދާނެ ކަމަށް އަޝްވިނީ ބުންޏެވެ.

އެހެން ނަމަވެސް މިކަމާއި ގުޅޭ ގޮތުން ކަންގަނާ އަދި މިހާތަނަށް އެއްޗެއް ބުނެފައެއް ނުވެއެވެ. ޑައިރެކްޓަރ އަޝްވިނީ ޑައިރެކްޓް ކޮށްފައިވާ ކާމިޔާބު ފިލްމަތަކުގެ ތެރޭގައި ނީލް ބައްޓޭ ސަންޓާނާ އާއި ބަރޭލޭކީ ބަރްފީ ހިމެނޭއެވެ.

އިންޑިއާގެ ހިމާޗަލް ޕްރަދޭޝް އަށް އުފަންވި ކަންގަނާ ބޮލީވުޑް އަށް ނިކުތީ ''ގޭންގްސްޓަރ'' ފިލްމުންނެވެ. އޭނާ ކުޅެފައިވާ މަޝްހޫރު ވެފައިވާ ފިލްމުތަކުގެ ތެރޭގައި، ފެޝަން، ލައިފް އިން އަ މެޓްރޯ، ތަނޫ ވެޑްސް މަނޫ އަދި ކްރިޝްް 3 ހިމެނޭއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް