ބުރާސްފަތި 02 އޭޕުރިލް 2020
08 ރޭވަ
1441 ޝައުބާން 09
ފަތިސް 04:52
އިރުއަރާ 06:03
މެންދުރު 12:14
އަސްރު 15:13
މަޣްރިބް 18:16
އިޝާ 19:28
ލުއި ޚަބަރު - ޝަބާނާ އަޒްމީ

12 ދުވަސް ފަހުން ޝަބާނާ ހޮސްޕިޓަލުން ދޫކޮށްލައިފި

  • އެޑްމިޓްކޮށްފައިވަނީ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހު
  • އެކްސިޑެންޓްގައި ޝަބާނާގެ ބޮލަށާއި މައިބަދަ އަށް ގެއްލުންވި

އަލީ ސަމާޚް
AliSamah8

ކ. މާލެ 1 ފެބުރުއަރީ 2020 | ހޮނިހިރު 23:43 7,070

ޝަބާނާ އަޒްމީ - އައިއޭއޭއެފް

ބޮލީވުޑްގެ ވެޓަރަން އެކްޓްރެސް ޝަބާނާ އަޒްމީ، 12 ދުވަސް ފަހުން ހޮސްޕިޓަލުން ދޫކޮށްލައިފިއެވެ.

ޝަބާނާ އަޒްމީއާއި އޭނޭގެ ފިރިމީހާ އަދި މަޝްހޫރު ޅެންވެރިއެއް ކަމުގައިވާ މަޝްހޫރު ޖާވިދް އަޚްތަރާއި ދެމީހުން ދަތުރުކުރަމުން ދިޔަ ކާރު އެކްސިޑެންޓުވީ މި ހިނގާ މަހުގެ 18 ވަނަ ދުވަހުއެވެ.

އެ އެކްސިޑެންޓް ހިނގާފައިވަނީ މުމްބާއީ އާއި ޕޫނާ ގުޅޭ ހައިވޭގައި ދަތުރުކުރަމުން ދިޔައިރު، ދުއްވާފައި ދިޔަ ޕިކަޕެއްގައި ޖެހިގެންނެވެ. އެ ޙާދިސާގައި ޝަބާނާގެ ބޮލަށާއި މައިބަދަ އަށް ގެއްލުންވިއެވެ. މިޙާދިސާގައި ޖާވިދަށް މާބޮޑު އަނިޔާއެއް ނުވެ ސަލާމަތްވިއެވެ.

ހޮނިހިރު ދުވަހު ޝަބަނާ ހޮސްޕިޓަލުން ދޫކޮށްލިކަން ޓްވިޓާ މެދުވެރިކޮށް އޭނާ ވަނީ ހާމަކޮށްފައެވެ. ޝަބާނާ ވަނީ އޭނާ އަށް ހެޔޮދުއާކޮށް ދިން އެންމެންނަށް ޝުކުރ އަދާކޮށްފައެވެ. އަދި ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި ނަރުހުންގެ އޯގާތެރިކަމަށްވެސް ޝަބާނާ ވަނީ ޝުކުރު އަދާކޮށްފައެވެ.

ޝަބާނާ އެކްސިޑެންޓުވެ ލިބުނު ގެއްލުމަށް ފަރުވާ ހޯދަމުންދާއިރު، އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީއާއި ވަޒީރުންނާއި ސިޔާސީ ލީޑަރުން ވަނޫ އޭނާއަށް އަވަސް ޝިފާއަށް އެދި ޓްވިޓަރ އަދި ފޯނުގެ ޒަރީއާއިން މެސެޖް ފޮނުވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން | ރިވިއު ކުރީ: އަމަން ހަލީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް