ކ. މާލެ
|
2 ފެބްރުއަރީ 2020 | އާދީއްތަ 01:44
އުމުރުން ދުވަސްވީ ފިރިހެނުންތަކެއް
އުމުރުން ދުވަސްވީ ފިރިހެނުންތަކެއް
-
ކޮރޯނާވައިރަސް
ކޮރޯނާވައިރަސް ޖެހުމުގެ ފުރުސަތު ބޮޑީ ދޮށީ އުމުރުގެ ފިރިހެނުންނަށް!
 
ބަލީގައި މަރުވެފައިވާ ގިނަ މީހުންނަކީ ނޭވާލާ ނިޒާމުގެ ބަލިތައް ކުރިން ވެސް ހުރި މީހުން
 
އުމުރުގެ އަހަރުން މަތިމީހުންނަށް 50 މިބަލި ޖެހުމުގެ ފުރުސަތު ބޮޑު
 
ވޫހާންގެ ހުއަނާން ސީފުޑް މާކެޓަށް ދިޔަ ގިނަ މީހުންނަށް މިބަލި ޖެހިފައިވޭ

މުޅި ދުނިޔެއަށް ނުރައްކާވެފައިވާ ކޮރޯނާވައިރަސް ދަނީ ހަލުވި މިނެއްގައި ގައުމުތަކުގައި ފެތުރެމުންނެވެ. ގިނަ ގައުމުތަކުން މިހާރު މި ވަރައިވަސްއަށް ޕޮޒިޓިވްވެފައިވާ މީހުން ފެނިފައިވާއިރު، މިބައްޔަށް އެންމެ އަވަހަށް ވެކްސިނެއް އުފެއްދޭނީ 06 މަސް ދުވަހުން ކަމަށް ސިއްހީ މާހިރުން ބުނެއެވެ. މި ވައިރަސްއަށް މިހާތަނަށް ބޭހެއް، ފަރުވާއެއް ހޯދިފައިނުވާއިރު، ކަމާބެހޭ ފަރާތްތަކުން މިވައިރަސްއަށް ތަފާތު އެކި ދިރާސާތައް ކުރަމުންނެވެ.

ދުނިޔޭގެ އޮތެންޓިކް މެޑިކަލް ޕަބްލިކޭޝަން މެގަޒިންއެއް ކަމަށްވާ ''ދި ލެންސިޓް'' ގައި ޑޮކްޓަރުންގެ ޓީމުން ކުރި ދިރާސާގެ ރިޕޯޓު މިހާރު ވަނީ ޕަބްލިޝްކޮށްފައެވެ.

ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވެފައިވާ 99 މީހުން ސާޕަލްތައް ނަގައިގެން ގިނަ އަދަދެއްގެ ޑޮކްޓަރުންވެގެން ހަދާފައިވާ މިދާރާސާއިން ދައްކާގޮތުގައި 49 މީހުންނަކީ ވޫހާންގެ ހުއަނާން ސީފުޑް މާކެޓަށް ގޮސްފައިވާ މީހުންނެވެ. އަދި އެހެން މީހުންނަކީ މިމާރުކޭޓާއި ކައިރި ސަރަހައްދުތަކުގައި ދިރިއުޅޭ މީހުންނެވެ.

ވޫހާންގެ މާރުކޭޓް

ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވެފައިވާ 67 ފިރިހެނުން އަދި 32 އަންހެނުން ސާޕަލްތައް ނަގައިގެން ހެދި ދިރާސާއިން ދައްކާ ގޮތުގައި މިވައިރަސް ބޮޑަށް ޖެހެނީ އުމުރުން ދޮށީ ފިރިހެނުންނަށެއެވެ. އަދި ބަލީގައި މަރުވެފައިވާ ގިނަ މީހުންނަކީ ނޭވާލާ ނިޒާމުގެ ބަލިތައް ކުރިން ވެސް ހުރި މީހުންކަން ދިރާސާއިން ދައްކައެވެ.

ޗައިނާގެ ވޫހާން ސިޓީން 01 ޖެނުއަރީ އިން 20 ޖެނުއަރީ 2020 އާ ހަމަޔަށް ވޫހާންގެ ޖިނީޔިންޓަން ހޮސްޕިޓަލްގައި ކޮރޯނާ ވައިރަހަށް ޕޮސިޓިވްވެފައިވާ ހުރިހާ ކޭސްއެއް ހިމަނައިގެން ހަދާފައިވާ މިދިރާސާއިން ދައްކާ ގޮތުގައި ވައިރަސް ފެތުރިގެން އައިއިރު އެމީހުންގެ ގައިން ވަނީ އެކިއުޓް ރެސްޕިރޭޓަރީ އިންފެކްޝަންގެ އަލާމަތްތައް ފެނިފައެވެ. އަދި ބަލި ގޯސްވަމުން ދިޔަ ވަރަކަށް އެކިއުޓް ރެސްޕިރޭޓަރީ ޑިސްޓްރެސް ސިންޑްރޯމް އަށް ބަދަލުވެފަވެއެވެ. އަދި ބައެއް މީހުން ވަނީ އެކިއުޓް ރެސްޕިރޭޓަރީ ފެއިލިއާރ އާ ހަމަޔަށް ވެސް ގޮސްފައެވެ.

އެކިއުޓް ރެސްޕިރޭޓަރީ އިންފެކްޝަންއަކީ ނޭވާލާ ނިޒާމަށް އިންފެކްޓްވުމެވެ. މިކަމުގެ ސަބަބުން ނޭވާލާން އުދަނގޫވެ، ފުއްޕާމޭގައި ފެން އުފެދެއެވެ. އަދި އެއަށްފަހު މުޅި ނިޒާމު ފެއިލްކޮށްލައެވެ.

ކޮރޯނާވައިރަސް ޖެހިފައިވާ މީހުންނަށް ފަރުވާދޭ ޑޮކްޓަރުންތަކެއް

99 ބަލިމީހުންގެ ތެރޭގައި ދެމަފިރިއަކުވެސް ހިމެނޭއިރު، މިއެންމެނަކީވެސް ސީފުޑް މާރކެޓަށް ގޮސްފައިވާ މީހުން، އަދި މީގެތެރެއިން 47 މީހުންނަކީ ގިނަވަގުތަކެއް މިމަރކެޓްގައި ހޭދަކޮށްފައިވާ މީހުން ކަންވެސް ވަނީ ހާމަވެފައެވެ. އަދި މިމީހުންނަކީ އެތާގައި އެއްޗެހި ވިއްކަން އުޅުނު މީހުންނެވެ. އަދި ބަލި ޖެހުނު 2 މީހަކު އެހާ ގިނަ ވަގުތު މާރުކޭޓްގައި ހޭދަ ކޮށްފައި ނުވާކަންވެސް ފާހަގަވެއެވެ. އެވަރެޖްކޮށް ހުރިހާ ބަލިމީހުންގެ އުމުރަކީ 55.5 އަހަރު ކަމަށް ޑޮކްޓަރުންގެ ޓީމުން މައުލޫމާތުދެއެވެ.

ދިރާސާ ހެދި ޑޮކްޓަރުންގެ ޓީމުން ހާމަކުރާ ގޮތުގައި، މިވައިރަސް ޖެހިގެން އެޑްމިޓްކުރެވުނު ގިނަ މީހުން ގައިގައި ހުމާއި، ކެއްސުން ހުއްޓެވެ. އަދި 3 ބައިކުޅަ އެއްބައި މީހުން ނޭވާލާން އުދަނގޫވެފައިވާއިރު، ގައިގައި ރިއްސުމާއި، ބޮލުގަ ރިއްސުން، މޭގަ ރިއްސުން އަދި ބޭރައް ހިންގާކަން ވަނީ ފާހަގަވެފައެވެ. މީގެއިތުރުން ހަށިގަނޑުގެ އެތެރޭގެ ގުނަވަންތަކަށް ގެއްލުން ލިބިފައިވާ މީހުންވެސް ގިނަ އަދަދަކަށް ތިބި ކަމަށް ދިރާސާގެ ރިޕޯޓުން ދައްކައެވެ.

މީގެއިތުރުން ޓެސްޓްތަކުގެ ނަތީޖާތައް ދައްކާގޮތުން 12 މީހެއްގެ ލޭގައި ޕްލޭޓްލެޓްސް ހުންނަންޖެހޭ ވަރަށްވުރެ ބޮޑަށް ދަށްވެފައިވާއިރު 4 މީހެއްގެ މާބޮޑަށް މަތިވެފައިވާކަން ވަނީ ފާހަގަވެފައެވެ. 43 މީހެއްގެ މޭ މަސައްކަތްކުރަންޖެހޭ ނޯމަލް މިންގަނޑުގައި މަސައްކަތް ނުކުރާއިރު، 01 ބަލި މީހެއްގެ މޭގެ ފަންކްޝަން ވަރަށް ބޮޑަށް ދައްވެފައިވެއެވެ.

ކޮރޯނާވައިރަސް ޖެހިފައިވާ މީހަކަށް ފަރުވާ ދެނީ

ހުރިހާ މީހުންނަށްވެސް ފަރުވާ ދީފައިވަނީ އައިސޮލޭޝަންގައި ބަހައްޓައިގެންނެވެ. 75 މީހުންނަށް އެންޓިވައިރަލް ފަރުވާ ދީފައިވާއިރު، 3-14 ދުވަހާއި ދެމެދުގެ މުއްދަތަކަށް ފަރުދާދީފައިވެއެވެ. އަދި ބައެއް މީހުނަށް އެންޓިބައޯޓިކް ފަރުވާ ދީފައިވާއިރު، ނޭވާލާން އުދަނގޫވެގެން އުޅުނު 13 މީހުނަށް ވެންޓިލޭޓަރުގެ އެހީގައި ފަރުވާ ދީފައިވެއެވެ.

ޖެނުއަރީ 25 ހާ ހަމަޔަށް 31 މީހަކު ފަރުވާ ދިނުމަށް ފަހު ދޫކޮށްލިއިރު 11 މީހަކު ވަނީ ކޮރޯނާ ވައިރަހުގެ ސަބަބުން ކުރިމަތިވި ބަލިތަކުގެ ސަބަބުން މަރުވެފައެވެ. އަދި ބާކީ ތިބި މީހުނަށް އަދިވެސް ހޮސްޕިޓަލްގައި ފަރުވާ ދެމުން ގެންދިޔައެވެ.

ފުރަތަމަ މަރުވި ދެމީހުންނަކީ 61 އަހަރާއި 69 އަހަރުގެ ދެ ފިރިހެނުންނެވެ. މި ދެމީހުނަނަކީ ކުރިން އެއްވެސް ކަހަލަ ނޭވާލާ ނިޒާމުގެ ބައްޔެއް ނެތް ދެ މީހުންނެވެ. ނަމަވެސް ދެމީހުންނަކީ ވެސް ގަދަޔަށް ސިގިރޭޓު ބޯ ދެމީހުންނެވެ. މި ދެމީހުން ފުއްޕާމޭއަށް ވައިރަސްގެ އަސަރު ވަނީ ވަރަށް އަވަހަށްކޮށްފައެވެ.

ކޮރޯނާވައިރަސް ދަނީ ހަލުހިމިނެއްގައި ފެތުރެމުން

މި ދިރާސާގައި ބައިވެރިވި ޑޮކްޓަރުންގެ ޓީމުން ވިދާޅުވެފައިވަނީ މި ފަހަރު މި ފެނުނު ކޮރޯނާ ވައިރަސް އަކީ ކުރިން ފެނިފައިވާ ކޮރޯނާގެވައިރަސްތައް ކަމުގައިވާ (HCoV-OC43, HCoV-229E, HCoV-NL63,HCoV-HKU1) ވައިރަސްތަކާއި ތަފާތު ވައިރަހެއްކަމަށެވެ. ނަމަވެސް SARS-CoV, MERS-CoV އާއި ވައްތަރުކަމަށް އަދި ޖަނަވާރުންގެ ކިބައިން ސިދާ އިންސާނުންނަށް ފެތުރުމުގެ ފުރުސަތު އޮތް ކަމަށެވެ. ނަމަވެސް 019-nCoV2 އާއި ބެހޭ އިތުރު ދިރާސާތައް ހަދައިގެން ނޫނީ މި ވައިރަހާބެހޭ އެންމެ ރަނގަޅު ފުރިހަމަ މައުލޫމާތު ނޭގޭނެ ކަމަށް ޑޮކްޓަރުން ވިދާޅުވެއެވެ. މި ދެ ވައިރަސްވެސް ފެތުރިފައި ވަނީ ވާލުގެ ޒަރިޔާއިން ކަމަށް އެޓީމުން ފާހަގަކުރައްވައެވެ.

މި ދިރާސާގެ ނަތީޖާ ދައްކާގޮތުން ދިފާއީ ނިޒާމު ބަލިކަށި މީހުނާއި، ހަކުރު ބަލި، ނޭވާލާ ނިޒާމުގެ ބަލިތައް ހުންނަ މީހުން އަދި ދޮށީ އުމުރުގެ ފިރިހެނުންނަށް ވައިރަހުގެ އަސަރު ކުރުން ވަރަށް ގާތް ކަމަށެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
100%
0%
0%
0%
0%
0%
ކޮމެންޓް