ކ. މާލެ
|
1 ފެބްރުއަރީ 2020 | ހޮނިހިރު 20:29
އިނގިރޭސިވިލާތުގައި ބްރެކްސިޓާ އެއްކޮޅަށް ބޭއްވި މުޒާހަރާއެއްގެ ތެރެއިން
އިނގިރޭސިވިލާތުގައި ބްރެކްސިޓާ އެއްކޮޅަށް ބޭއްވި މުޒާހަރާއެއްގެ ތެރެއިން
ރޮއިޓަރސް
ބްރެކްސިޓް
އިނގިރޭސިވިލާތް ރަސްމީކޮށް އީޔޫއިން ވަކިވެއްޖެ
 
މިއީ ބޮޑުވަޒީރު ބޯރިސް ޖޯންސަންގެ އިންތިހާބީ ވައުދެއް
 
އީޔޫއިން ވަކިވީ އިނގިރޭސި ރައްޔިތުން ވޯޓު ދިންތާ ތިން އަހަރު ފަހުން

އަހަރުތަކެއްގެ ދިގުދެމުމަކަށްފަހު، އިނގިރޭސި ރައްޔިތުންގެ ނިންމުމާ އެއްގޮތަށް އިނގިރޭސިވިލާތް ޔޫރަޕުގެ އިއްތިހާދުން ވަކިވެއްޖެއެވެ.

އީޔޫއިން ވަކިވާން އިނގިރޭސި ރައްޔިތުން ވޯޓު ދިންތާ ތިން އަހަރު ފަހުން އިނގިރޭސިވިލާތް އީޔޫއިން ވަކިވެފައިވަނީ، ހުކުރު ދުވަހުގެ ދަންވަރު 12:00 ގައެވެ. މިކަމާއި އެގައުމުގެ އެއް ބަޔަކު އުފާފާޅުކޮށްފައިވާއިރު، އަނެއް ބަޔަކު ވަނީ ހިތްހަމަނުޖެހުން ފާޅުކޮށް އިހުތިޖާޖުކޮށްފަ އެވެ.

މިއީ ދާދި ފަހުން އިނގިރޭސިވިލާތުގެ ބޮޑުވަޒީރުގެ މަގާމަށް ވަޑައިގެންނެވީ ބޯރިސް ޖޯންސަންގެ އިންތިހާބީ ވައުދެކެވެ. އަދި މިކަމާއި ގުޅޭގޮތުން ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ބޯރިސް ވިދާޅުވީ، މިއީ ނިމުމެއް ނޫން ކަމަށާއި، މިއީ ފެށުން ކަމަށެވެ.

އިނގިރޭސި ވިލާތް އީޔުން ވަކިންވުމަށްފަހު، 11 މަހުގެ ޓްރާންޒިޝަން މުއްދަތެއް ފެށޭނެއެވެ. އަދި މި މުއްދަތުގެ ތެރޭގައި އިނގިރޭސިވިލާތުން ތަބާވާނީ އީޔޫގެ ގަވައިދުތަކާއި އުސޫލުތަކަށެވެ. އިތުރަށް ކުރިޔަށްދާނެ ގޮތަކާއި މެދު މަޝްވަރާތައް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް
1 ފެބްރުއަރީ 2020 | ހޮނިހިރު 23:28
ބައިބައިވުން
ބައިބައިވުމަކީ ނިކަމެތި ކަމެކެވެ ބުނާތީ އަޑު އަޑުއިވެއެވެ. މިބަހުގެ ހުރި ތެދުމަކެއް ފެންނާނީ ދުނިޔޭގައި ތިބި ބަޔަކަށެވެ.