ކ. މާލެ
|
1 ފެބްރުއަރީ 2020 | ހޮނިހިރު 19:34
ރެއިންބޯ އެންޓަރޕްރައިޒަޒްގެ ފިހާރައެއް
ރެއިންބޯ އެންޓަރޕްރައިޒަޒްގެ ފިހާރައެއް
ރާއްޖެއެމްވީ
ރެއިންބޯ އިޔަރ އެންޑް ސޭލް
ރެއިންބޯ އިޔަރ އެންޑް ސޭލްގެ ނަސީބުވެރިން ހޮވުން މިރޭ
 
ނަސީބުވެރިންނަށް ބިލްގެ ޖުމްލަ އަދަދު އަނބުރާ ލިބޭނެ
 
ފަސްސަތޭކަ ރުފިޔާއިން މަތިން ވިޔަފާރިކުރާ ކޮންމެ މީހަކަށް ސޭލްގައި ބައިވެރިވުމުގެ ފުރުސަތު ލިބުނު
 
ސޭލް ކުރިޔަށް ގެންގޮސްފައިވަނީ، މިދިޔަ ނޮވެމްބަރު މަހުގެ 25އިން ޖެނުއަރީ 10 އަކަށް

ރެއިންބޯގެ ފިހާރަތަކުން ވިޔަފާރިކުރައްވާ ފަރާތްތަކަށް ހާއްސަކޮށްގެން ބޭއްވި، ރެއިންބޯ އިޔަރ އެންޑް ސޭލްގެ ނަސީބުވެރިން ހޮވުން ހޮނިހިރު ދުވަހުގެ ރެޔަށް ހަމަޖައްސަައިފިއެވެ.

އަގުހުރި އިނާމު ތަކަކާއިއެކު ރެއިންބޯ އިޔަރ އެންޑް ސޭލް ފަށާފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 25 ގައެވެ. ފަސްސަތޭކަ ރުފިޔާއަށް ވުރެ މަތިން ވިޔަފާރި ކުރައްވާ ކޮންމެ ފަރާތަކަށް ސޭލްގައި ބައިވެރިވެވޭ ގޮތަށެ ފެށި ސޭލް ނިންމާލާފައިވަނީ ޖެނުއަރީ 10 ވަނަ ދުވަހުއެވެ.

މި ސޭލްގައި ވިޔަފާރި ކޮށްގެން ގުރުއަތުން ހޮވޭ 3 ފަރާތަކަށް ބިލުގެ ޖުމްލަ އަދަދު ލިބޭނެ ކަމަށް ވެސް ރެއިންބޯ އިން ބުނެއެވެ. ރެއިންބޯ އިން ވަނީ މި ސޭލްގެ ދަށުން އެކި ސާމާނުތަކުން ވަރަށް ބޮޑު ޑިސްކައުންޓެއްގައި ވިއްކާފައެވެ.

އިޔަރ އެންޑް ސޭލް ކުރިއަށް ގެންގޮސްފައިވަނީ ރެއިންބޯ ލިވިންގ މޯލް، ރެއިންބޯ ބިލްޑްވެއަރ، ރެއިންބޯ ޝޮޕް، ރެއިންބޯ ތިނަދޫ، ރެއިންބޯ އައްޑޫ އަދި ރެއިންބޯ އޮފީސް ސިސްޓަމްގެ އިތުރުން ރެއިންބޯ އޮންލައިން ސްޓޯރުގައެވެ.

މިދިޔަ އަހަރު ރެއިންބޯ އިޔަރ އެންޑް ސޭލްގައި ގުރުއަތުން ހޮވުނު ތިން ފަރާތައްވެސް ހަދިޔާކޮށްފައިވަނީ އައިފޯން 10 އެވެ. ރެއިންބޯ އިޔަރ އެންޑް ސޭލް އަކީ އާންމުންގެ މެދުގައި މަޤުބޫލު ސޭލެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް