ކ. މާލެ
|
1 ފެބްރުއަރީ 2020 | ހޮނިހިރު 18:32
އިދިކޮޅު ކޯލިޝަންގެ ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް އުމަރު
އިދިކޮޅު ކޯލިޝަންގެ ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް އުމަރު
މަގޭ ރިޕޯޓް/ ހެނދުނުގެ ނާސްތާ
އާދަނާ. ހެނދުނުގެ ނާސްތާއަކީ އިސްރާފެއް ނޫނެވެ، އެއީ އިންވެސްޓެކެވެ!
 
ހެނދުނުގެ ނާސްތާއަށް ދަރިވަރުންނަށް ފޯރުކޮށްދެނީ ސިއްހީގޮތުން ފައިދާހުރި އަދި ރައްކާތެރި ކާނާ
 
ޝަރީފަކީ ކުރިން ޓީޗަރެއް، އަދި އެޑިއުކޭޝަންގެ ދާއިރާގެ ތަޖުރިބާ ހުންނެވި ބޭފުޅެއް
 
އާދަމް ޝަރީފް ވިދާޅުވަނީ ހެނދުނުގެ ނާސްތާއަކީ ތައުލީމީ ނިޒާމުގެ ތެރެއިން މިސަރުކާރުން ކުރާ އެންމެބޮޑު އިސްރާފް ކަމަށް

އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުގެ ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު (އާދަނު)އަކީ އެޑިއުކޭޝަންގެ ދާއިރާގައި ގިނަ ދުވަހު މަސައްކަތްކުރެއްވި ބޭފުޅެކެވެ. ޕްރައިމަރީ ޓީޗަރެއްގެ ވަޒީފާއިން ފެށިގެން ސްކޫލް ހިންގެވުމުގައި ހެޑްމާސްޓަރެއްގެ ވަޒީފާއިން ގޮސް އެޑިއުކޭޝަން މިނިސްޓްރީގެ ތަފާތު އެކި މަގާމުތަކާއި ސިޔާސީ މަގާމުތައްވެސް ފުރުއްވާފައިވާ ބޭފުޅެކެވެ.

އެހެންކަމުން އަޅުގަނޑު ހީކޮށްގެންހުރީ އެޑިއުކޭޝަން ދާއިރާ ކުރުއެރުވުމަށާއި ދަރިވަރުންގެ ދުޅަހެޔޮކަމަށް އާދަަނު ވަރަށް ބޮޑަށް އިސްކަންދެއްވި އަދި އިސްކަން ދެއްވާނެ ބޭފުޅެއް ކަމަށެވެ. ނަމަވެސް ހުކުރު ދުވަހުގެ ރޭ ހދ. ކުޅުދުއްފުށީގައި އިދިކޮޅު ކޯލިޝަނުން ބޭއްވި ޖަލްސާގައި އާދަނު ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ތައުލީމީ ނިޒާމުގެ ތެރެއިން ހިންގާ އެންމެބޮޑު އިސްރާފަކީ ދަރިވަރުންނަށް ހެނދުނުގެ ނަސްތާ ދިނުމަށް ހިންގާ ޕްރޮގްރާމް ކަމަށެވެ.

ސިޔާސީ ބޭނުމަކަށް ވިޔަސް، ކުރިން ޓީޗަރެއްގެ ގޮތުގައި އުޅުއްވި، އަދި އެޑިއުކޭޝަން ދާއިރާގައި ގިނަ ދުވަހު މަސައްކަތް ކުރެއްވި ބޭފުޅަކަށްވާތީ، މިފަދަ ތާކުންތާކުން ނުޖެހޭ "ހޮޅި" ވާހަކަ ދައްކާފާނެކަމަށް ގަބޫލުކުރަން ދަތިވި އެވެ. އެހެނެއް ނޫނެވެ. އާދަނުގެ "ބޮސް" އަބްދުއްރަހީމް އެފަދަ ވާހަކައް ދެއްކެވިނަމަވެސް މާބޮޑު "އުނިކަމެއް" ނުފެންނާނެ އެވެ. އެއީ އަބްދުއްރަހީމަކީ އޮޅުވާލުމާއި ދޮގުހެމުގައި އަރާހުންނެވި ބޭފުޅެއްކަން ދިވެހިރައްޔިތުންނަށް އިނގޭނެތީ އެވެ.

އާދަނު އެވެ. ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދޭ ވާހަކަ އެންމެ ފުރަތަމަ ދެއްކެވީ ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އެވެ. "ކިރު ތައްޓަކާއި ދެވައް ދޮންކެޔޮ"ގެ ވާހަކައެއީ މިއަދު އާ ވާހަކައެއް ނޫނެވެ. އެކަން ރައީސް ނަޝީދުގެ ސަރުކާރުން ނުކެރެވި އުޅެނިކޮށް، ބަޣާވާތަކުން ވެރިކަން ވައްޓާލީ ނޫންތޯ އެވެ.

މިހާރުވެސް މިއޮތީ އަނެއްކަވެސް އެމްޑީޕީގެ ވެރިކަމެކެވެ. ރައީސް އިބްރާހީމް މުހައްމަދު ސާލިހު ސަރުކާރާ ހަވާލުވެވަޑައިގެން އެންމެއަވަހަށް ކުރެއްވި އެއްކަމަކީ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ފޯރުކޮށްދިނުމެވެ. އެކަން މިހާރު ފުޅާކުރަމުންގޮސް، ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ހެނދުނުގެ ނާސްތާ ޕްރޮގްރާމް ހިންގުމަކީ އެއީ މިހާރު މިސަރުކާރަށް އެހާ އުނދަގޫ ކަމެއް ނޫނެވެ.

އާދަނު އެވެ. ރާއްޖޭގެ ގިނަ ސްކޫލްތަކުގެ ހެނދުނު ސެޝަންގެ ގިނަ ދަރިވަރުން ހުސްބަނޑާ ސްކޫލަށްދާކަން އާދަނަށް ނޭނގުމަކީ، އެއީ އެކުދިންގެ މައްސަލައެއް ނޫނެވެ. އަދި އެއީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ މައްސަލައެއް ވެސް ނޫނެވެ. އާދަނު އެވެ. ހެނދުނުގެ ނާސްތާއަކީ އިންސާނާއަށް ވަރަށް މުހިއްމު އެއްޗެކެވެ. އަދި އަމުދުން، ހެނދުނުގެ ނާސްތާގެ މުހިއްމުކަން ސްކޫލްތަކުގެ ދަރިވަރުންނަށް މާބޮޑެވެ.

އާދަނު އެވެ. އާދަނު ކިޔަވާދިން އިރުވެސް ކިޔަވައިދިން ކްލާސްތަކުގައި ވަރަށް ތަފާތު ދަރިވަރުން އުޅޭނެކަމަށް ގަބޫލު ކުރަމެވެ. ބައެއް ކުދިންނަކީ ކިޔަވަން މޮޅު ދަރިވަރުންނެވެ. ކިޔަވަން ތަންކޮޅެއް ދަށް ދަރިވަރުންވެސް އުޅޭނެ އެވެ. ހަމަ އެގޮތަަށް ހެނދުނުގެ ނާސްތާ ލިބުމުގައި އައިލާގެ ފުދުންތެރިކަން ނެތް ދަރިވަރުންނާއި މައިންބަފައިންގެ އަޅާލުންކުޑަ ދަރިވަރުންވެސް ތިބުމަކީ ހަމަ އެކަށީގެންވާ ކަމެކެވެ. އާދަނު އެވެ. އާއިލާގެ ފުދުންތެރިކަން ހުންނަ ދަރިވަރުންނާއި އާއިލާގެ ފުދުންތެރިކަން ނެތް ދަރިވަރުން ކްލާހުގައި އެއްހަމަކުރުމަށާއި، ކިޔެވުމަށް ދަރިވަރުންގެ ޝައުގުވެރިކަން އިތުރުކުރުމަށް ސަރުކާރުގެ އެހީގައި ސްކޫލްތަކުގައި ހެނދުނުގެ ނާސްތާ ފޯރުކޮށްދެވޭ އިންތިޒާމެއް ހަމަޖެހިގެން ދިއުމަކީ އަޅުގަނޑު ދެކޭ ގޮތުގައި ދަރިވަރުންގެ ކިޔެވުމާއި ކިޔެވުމަށް ޝައުވެރި ކުރުމާއި، ދަރިވަރުން ހެލިފެލިވެ އުޅުމަށް އެޅުނު ރަނގަޅު ބިންގަލެވެ.

އާދަނު އެވެ. އާދަނަށް އެއީ އިސްރާފެއް ކަމަށް ވިޔަސް، ދިވެހިރައްޔިތުން އެކަން އެގޮތަށް ނުދެކޭނެ އެވެ. ހަމަގައިމުވެސް އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެކުވެނީ އިންވެސްޓެކެވެ. ހެޔޮލަފާ ރަނގަޅު އަދި މޮޅު ދަރިވަރުންތަކެއް އުފެދި، އެކުދިންގެ މަތީ ތައުލީމުގެ ބިންގާއެޅި، އަދި ތައުލީމީ އިލްމީ ގާބިލްބަޔަކަށް ވެގެން ގައުމަށް ހިދްމަތް ކުރުމަށް އެމީހުން ނިކުތުމަކީ ގައުމެއްގެ ހަޔާތުގައި އަންނާނެ އެންމެ ފަހުރުވެރި ވަގުތުތަކެއް ނޫންތޯ އެވެ.

އާދަނު އެވެ. ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދިނުމަކީ ތައުލީމީ ނިޒާމުގެ ތެރެއިން ކުރެވޭ އެންމެބޮޑު އިސްރާފޭ ވިދާޅުވާއިރު، ތިމާމެން ސަރުކާރު ހިންގިއިރު، މާލޭގެ އެކި ސަރަހައްދުތަކުގައި ހުރި ބިނާތައް އެއްތަނުން އަނެއް ތަނަށް ބަދަލުކުރުމާއި، އެސްޓީއޯއިން 6 ރުފިޔާގެ ރޭޓުން ޑީސަލް ގަނެ، ޕީޕީއެމް ކޯލިޝަންގެ މަޖިލިސް މެމްބަރުންގެ ވިޔަފާރީގެ ތެރެއިން އެތެޔޮ ރައްޔިތުން މީހާއަށް ކަރަންޓް ފޯރުކޮށްދޭން ހިންގާ އިންޖީނަށް އަޅަން، ވިއްކީ ލީޑަރެއް 18 ރުފިޔާގެ ރޭޓުން ނޫންތޯ އެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރެއިން ރައްޔިތުންގެ ހަރުމުދާ ވިއްކާ ހުސްކޮށްލީ އަވަހަށް ފައިސާ ހޯދުމުގެ ބޭނުމުގައި ނޫންތޯ އެވެ، އެވެސް ނުއަގުގަ ނޫންތޯ އެވެ. ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރުފުރުމާއި ގުޅިގެން ކުރެއްވި ގިނަ ހަރަދުތަކާއި، މިނިވަން 50ގެ ހާއްސަ ހަފްލާގެ ފަރިއްކޮޅަށް ބޮލަކަށް 8000 ރުފިޔާ ހަރަދުކުރިއިރު، އެފަރިއްކޮޅު ހަދާފައިހުރީ ޖަވާއިރުންތޯ އެވެ. ސަރުކާރުގެ އިސްވެރިޔަކަށް އެފައިސާ ދިންއިރު އެއީ ވެސް އިސްރާފެއް ނޫންތޯ އެވެ.

އާދަނު އެވެ. ތިން ގުނަ އަގުބޮޑުކޮށް، ޕްރޮޖެކްޓްތައް ޕީޕީއެމްގެ ސަރުކާރަށް ނިސްބަތްވާ ފަރާތް ފަރާތްތަކަށް ދިންއިރު، އެއީ އިސްރާފަކަށް ނުވޭތޯ އެވެ. އިސްރާފަކަށް ވަނީ ދަރިވަރުންނަށް ދެވޭ ހެނދުނުގެ ނާސްތާ ކަމަށްވާނަމަ، އާދަނުގެ ވިސްނުން ތިހުރީ ނޭފަތު ކުރިއާ ހަމައަށް ނޫންތޯ އެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
3%
89%
0%
5%
3%
0%
ކޮމެންޓް
2 ފެބްރުއަރީ 2020 | އާދީއްތަ 12:18
ޔޫސުފް
މި ލިޔުމަކީ އެއްވެސް ޒިންމާދާރު ކަމެއް ނެތް ވަރަށް ޒާތީ ލިޔުމެއްކަމުގައި ދަންނަވަން ޖެހެއެވެ. މިފަދަ ލިޔުންތަކުގެ ސަބަބުން ޒިންމާދާރު ކަމާއެކު ޢިލްމީ އޮއްޓަރު ހުރި ލިޔުންތެރިންގެ އަގުވެއްޓި ނޫސްތަކާމެދު އޮންނަ ިތުބާރު ގެއްލިގެން ދާނެކަން ހަމަ ކޮންމެ ލިޔުންތެރިއަކުވެސް ގަބޫލު ކުރާނެ އެވެ. މީހަކު ވަކިމީހަކަށް ނުވަތަ ބަޔަކަށް ތާއީދު ކުރި ކަމުގައި ވިއަސް ނުވަތަ ވަކި މަގާމެއް ދަހިވެތި ކަމުގައި ވިއަސް ތިމާގެ ފަންނު ގުރުބާން ކުރުމަކީ ބުއްދިވެރި ކަމެއް ކަމުގައި ނުވެ ދާނެއެވެ.
2 ފެބްރުއަރީ 2020 | އާދީއްތަ 11:28
ޔޫ.
ކަލޯ ފައިނު ދޮން އާާދަނާ. ކަލޯ ޑިފެންސް މިނިސްޓަރ ކަން ހުރި އިރު އަންހެނުންނަށް ސައިނުހެދިެގެން ސައިނުބޯ ކިތައް ދުވަހުގެ އޮފީހަށް ދިޔައީ ހެދުމުގެ ނާސްތާ އަކީ ޒަރޫރީ ހާލަތުގައި ސައިނުބޯ ދެކުދިންގެ ޙައްޖުގައި އެކުދިންގެ ކިޔެވުމަށް ދޭ އިނާޔަތެއް
1 ފެބްރުއަރީ 2020 | ހޮނިހިރު 23:07
މީމު ޔާ
މަވެސް މި ބުނަނީ ހެނދުނު ނާސްތާ ތީ އިސްރާފްެއެކޭ
1 ފެބްރުއަރީ 2020 | ހޮނިހިރު 22:57
ޢަހުރ
ޥަކި ދިމާ އަކަށް ބުރަ ނުވެ ބަލާ ކޮންމެ މީހަކަށް އެއީ ބޮޑު އިސްރާފެއްކަން އެނގޭނެ..ކޮންމެ ދުހުކު 5 ބައި ކުޅަ އެއްބައި އުކާލާ
1 ފެބްރުއަރީ 2020 | ހޮނިހިރު 22:34
ޙަމްދޫން
މިފެންވަރަށް ރިޕޯޓެއް ހެދޭނީ.... ވަރަށް ވަރަށް ވަރަށް ފުރިހަމަ
1 ފެބްރުއަރީ 2020 | ހޮނިހިރު 19:20
އަސްލު ހަގީގަތް
ވަރަށް ރަނގަޅު ވާހަކައެއް. މަހީކުރީ މި އާދަމް ޝަރީފަކީ އިދިކޮޅު މީހުންގެ ތެރެއިން ތަންކޮޅެއް ހަމަޖެހޭ މީހެއް ކަމަށް. އެކަމަކު އެންމެ ފަހުން މި އިނގުނީ މިއަށްވުރެ ބޮޑަށް ބޮލު ރޮދި ކެނޑިފައިހުރި މީހެއް ނެތްކަން. އަހަންނަށް ދިމާވެފައިހުރި ބެލެނިވެރިން ބުނީ ހެނދުނުގެ ނާސްތާގެ ސަބަބުން ކުދިންގެ ސިއްޙަތު ރަނގަޅުވާކަމަށް. މީނަ ޕޯޑިޔަމްއަށް އަރާފައި ބުނެފާނެ ހިލޭ ޑިގްރީއަށް ކިޔަވުމުގެ ފުރުސަތު ދިނުމަކީވެސް ބޮޑު އިސްރާފެކޭ. މިކަހަލަ މީހުން އިންތިޚާބުކުރަން ހެޔޮވެސްނުވާނެ.