ބުރާސްފަތި 02 އޭޕުރިލް 2020
08 ރޭވަ
1441 ޝައުބާން 09
ފަތިސް 04:52
އިރުއަރާ 06:03
މެންދުރު 12:14
އަސްރު 15:13
މަޣްރިބް 18:16
އިޝާ 19:28
ލުއި ޚަބަރު - އިންސްޓަގްރާމް

އިންސްޓަގްރާމްގައި އެންމެ ފުރަތަމަ 200 މިލިއަން ފޮލޯވަރުން ހޯދި ތަރިއަކަށް ރޮނާލްޑޯ!

  • ރޮނާލްޑޯއަށް 200 މިލިއަން ފޮލޮވަރުން ހަމަވެފައިވަނީ ބުދަ ދުވަހު

އައިޝަތު ޝާނީ
Shaaknee

ކ. މާލެ 1 ފެބުރުއަރީ 2020 | ހޮނިހިރު 09:49 3,359

ކްރިސްޓިއާނޯ ރޮނާލްޑޯ - އިންސްޓަގްރާމް

މަޝްހޫރު ސޯޝަލް މީޑިއާ ޕްލެޓްފޯމް، އިންސްޓަގްރާމްގައި އެންމެ ފުރަތަމަ 200 މިލިއަން ފޮލޯވަރުން ހޯދި މީހަކަށް ފުޓުބޯޅަ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯވެއްޖެއެވެ.

މެންޗެސްޓަރ ޔުނައިޓެޑާއި، ރެއާލް މެޑްރިޑްއަށް މީގެ ކުރިން ކުޅެފައިވާ، އަދި މިހާރު ޔުވެންޓަސްއަށް ކުޅެމުންދާ ރޮނާލްޑޯއަށް 200 މިލިއަން ފޮލޯވަރުން ހަމަވެފައިވަނީ ބުދަ ދުވަހުއެވެ.

200 މިލިއަން ފޮލޯވަރުން ހޯދި އެންމެ ފުރަތަމަ މީހަކަށް ރޮނާލްޑޯ ވީނަމަވެސް، އޭނާގެ އެކައުންޓް އޮތީ ދެވަނައިގައެވެ. 330 މިލިއަން ފޮލޯވަރުންނާއެކު ކުރީގައި އޮތީ އިންސްޓްރާމްގެ އޮފިޝަލް އެކައުންޓެވެ.

ޕޯޗުގަލްއަށް ނިސްބަތްވާ ރޮނާލްޑޯގެ އިތުރުން އިންސްޓަގްރާމްގެ އެންމެ ގިނަ ފޮލޯވަރުންގެ ލިސްޓުގައި އިތުރު ދެ ފުޓުބޯޅަ ކުޅުންތެރިން ހިމެނެއެވެ. އެއީ ލައިނެލް މެސީ _141 މިލިއަން) އަދި ނޭމަރ (132 މިލިއަން)އެވެ.

މި ޕްލެޓްފޯމްގައި ތިންވަނައަށް އެންމެ ގިނަ ފޮލޯވަރުން ހުރީ ލަވަކިޔުންތެރިޔާ އާރިއާނާ ގްރާންޑޭގެއެވެ. އެއީ 173 މިލިއަން ފޮލޯވަރުންނާއެކުއެވެ. އަދި ހަތަރުވަނައިގައި ވަނީ، 170 މިލިއަން ފޮލޯވަރުންނާއެކު ފިލްމީތަރި ޑްވޭން "ދަ ރޮކް" ޖޯންސަންއެވެ.

އަދި 167 މިލިއަން ފޮލޯވަރުންނާއެކު ހަތަރުވަނައިގައި ލަވަކިޔުންތެރިޔާ ސެލީނާ ގޮމޭޒް އޮތްއިރު، އިންސްޓަގްރާމްގެ އެންމެ ގިނަ ފޮލޯވަރުންގެ ރިކޯޑް ކުރިން އޮތީ އޭނާ އަތުގައެވެ. ނަމަވެސް ސެލީނާގެ މައްޗަށް ކުރި ހޯދާ، މި ރިކޯޑް ރޮނާލްޑޯ މުގުރާލާފައިވަނީ 2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގައެވެ.

ސެލީނާ ފަސްވަނައަށް ވެއްޓިފައިމިވަނީ އޭނާގެ ކުރީގެ ލޯބިވެރިޔާ، ލަވަކިޔުންތެރިޔާ ޖަސްޓިން ބީބަރގެ ފަރާތުން ނަފްސާނީ އަނިޔާ ލިބިފައިވާކަން ހާމަކުރި ފަހުންނެވެ.

އިންސްޓަގްރާމްގެ އެންމެ ގިނަ ފޮލަވަރުންގެ ހޯދާފައިވާ ތަރިންގެ ލިސްޓް

އިންސްޓަގްރާމް - 330 މިލިއަން

ކްރިސްޓިއާނޯ ރޮނާލްޑޯ – 200 މިލިއަން

އާރިއާނާ ގްރާންޑޭ – 173 މިލިއަން

ޑްވޭން "ދަ ރޮކް" ޖޯންސަން – 170 މިލިއަން

ސެލީނާ ގޮމޭޒް – 167 މިލިއަން

ކައިލީ ޖެނަރ – 159 މިލިއަން

ކިމް ކާޑޭޝިއަން – 158 މިލިއަން

ލައިނެލް މެސީ – 141 މިލިއަން

ބިޔޯންސޭ – 139 މިލިއަން

ނޭމަރ – 132 މިލިއަން

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް