ކ. މާލެ
|
1 ފެބްރުއަރީ 2020 | ހޮނިހިރު 09:37
ކޮރޯނާވައިރަސް އަށް ފަރުވާދޭ މަރުކަޒެއް
ކޮރޯނާވައިރަސް އަށް ފަރުވާދޭ މަރުކަޒެއް
އޭޝިއަން ޓްރައިބިއުން
ނޮވެލް ކޮރޯނާވައިރަސް
ކޮރޯނާވައިރަސްގައި މަރުވި މީހުންގެ އަދަދު 258 އަށް އަރައިފި
 
10،000އާއި ގާތްކުރާ ޢަދަދެއްގެ މީހުންނަށް ކޮރޯނާވައިރަސް ޖެހިފައިވާކަމަށް ޚަބަރުލިބޭ
 
ކޮރޯނާވައިރަސްގައި އިއްޔެ އެކަނިވެސް 45 މީހުން ވަނީ މަރުވެފައި

ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސްގައި މަރުވި މީހުން ޢަދަދު 258 އަށް އަރައިފިއެވެ.

ޗައިނާގެ ކަމާއި ބެހޭ ފަރާތްތަކާއި ޙަވަލާދީ ބައިނަލްއަޤުވާމީ މިޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި އިއްޔެ އެކަނިވެސް ނޮވެލް ކޮރޯނާވައިރަސްގައި 45 މީހުން ވަނީ މަރުވެފައެވެ. މި 45 މީހުންވެސް ނިޞްބަތް ވަނީ ކޮރޯނާވައިރަސް އެންމެ ހަލުވިކަމާއެކު ފެތުރެމުންދާ ހުބެއި ޕްރޮވިންސަށް ކަމަށް ޚަބަރުތައް ބުނެއެވެ.

ޗައިނާގެ ޕްރޮވިންސިއަލް ކޮމިޝަނުން ހާމަކުރާގޮތުގައި، ހުބެއި ޕްރޮވިންސްގައި ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅު ވަރުގަދަކުރިނަމަވެސް، ކޮންޓްރޯލްވުމެއް ނެތި ނޮވެލް ކޮރޯނާވައިރަސް ދަނީ ފެތުރެމުންނެވެ. އެގޮތުން އިއްޔެ އެކަނިވެސް އެޕރޮވިންސުން 1،347 މީހުން ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވެފައިވާކަމަށް އޮފިޝަލުން ބުނެއެވެ.

މިދިިޔަ ޑިސެންބަރުމަހު ޗައިނާގައި ފެތުރެން ފެށި ނޮވެލް ކޮރޯނާވައިރަސްއަށް 10،000އާއި ގާތްކުރާ ޢަދަދަކަށް މީހުން ވަނީ ޕޮޒިޓިވްވެފައެވެ. އަދި މި ބަލީގެ އަލާމަތްތައް ފެންނަ 102،000 މީހުން މިހާރުވެސް ކަރަންޓީން ކޮށް ފަރުވާދެމުންދާކަމަށް ޚަބަރުލިބެއެވެ. މީގެތެރޭގައި ގިނައީ މި ބަލި އަލަށް ފެނުނު ހުބޭއި ޕްރޮވިންސްގެ ވޫހާން ސިޓީގެ މީހުންނެވެ.

ނޮވެލް ކޮރޯނާވައިރަސް މިހާރު ޗައިނާގެ އިތުރު 31 ސިޓީއަކަށްވަނީ ފެތުރިފައެވެ. އަދި ދުނިޔޭގެ 20 ޤައުމަކުންވެސް މިހާރު މި ބަލިފެނިފައިވާކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިއުއެޗްއޯ)އިން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ޝާނީ
0%
0%
100%
0%
0%
0%
ކޮމެންޓް