ބުދަ 01 އޭޕުރިލް 2020
07 ރޭވަ
1441 ޝައުބާން 08
ފަތިސް 04:53
އިރުއަރާ 06:04
މެންދުރު 12:14
އަސްރު 15:12
މަޣްރިބް 18:16
އިޝާ 19:28
އިސްލާމް - ޚުތުބާ

މައިކްޜޯ ވައިރައްހެއްގެ ނުރައްކައުތެރިކަން މިހާ ބޮޑުވުމުން އިބްރަތަކަށް ނުވޭހެއްޔޭ؟

  • އާންމު ސިއްޚަތާއި ބެހޭ އަސާސަކީ ސާފުތާހިރުކަންކަމަށް ހުތުބާގައިވޭ
  • ބައްޔަކީ ބައެއް ފަހަރު މުއުމިނު އަޅުތަކުންގެ ދަރަޖަ އުފުލުމަށް މެދުވެރިވާ ސަބަބެއްކަމަށް ހުތުބާގައިވޭ
  • ސިއްޚީ އަދަބުތަކަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ހުތުބާގައިވޭ

އަޒްލިފާ އަބްދުﷲ
AzuAzlifa

ކ. މާލެ 31 ޖެނުއަރީ 2020 | ހުކުރު 15:30 3,886

ހުކުރު ނަމާދުކުރަނީ - ރާއްޖެ އެމްވީ

މިހާރު މިދުނިޔޭގައި ހަލުވި މިނެއްގައި ފެތުރެމުން އަންނަ ނޮވެލް ކޮރޯނާ ވައިރަހާއި، ރާއްޖެއިން ނައްތާލަފައި ވަނިކޮށް އަލުން ފެނުނު ހިމަބިއްސަށް އަލިއަޅުވާލާ، ހުކުރު ދުވަހުގެ ހުތުބާގައި ވާހަކަދައްކައިފިއެވެ.

ހުކުރު ހުތުބާގައި ވަނީ، މިފަދަ ނުރައްކައުތެރިވަބާތަކުން ސަލާމަތްވުމަށްޓަކައި ރައްކާތެރިވުމުގެ ފިޔަވަޅު އަޅަންޖެހޭ ކަމަށާއި އަސްބާބުތަކުގައި ހިފަންޖެހޭ ކަަމަށް ހުތުބާގައި ވަނީ ބަޔާންކޮށްފައެވެ.

މިފަދަ ވަބާތަކުގެ ނުރައްކާތެރިކަމުން ދޭހަވެގެންދަނީ އެކަންކަން މެދުވެރިކުރެއްވި އެކަންކަން މެދުވެރިކުރެއްވި މާތް ﷲ ގެ ކުޅަދުންވަންތަކަމާއި އެއިލާހުގެ މުތްލަޤު ބާރުވެރިކަން ކަމަށް ހުތުބާގައި ވެއެވެ. އަދި ލޮލަށް ނުފެންނަ މައިކްޜޯ ވައިރެއްހެއްގެ ނުރައްކައުތެރިކަން މިހާ ބޮޑުވުމުން ދިރިތިބީންނަށް އިބްރަތަކަށް ނުވޭތޯއާއި އިންސާނާއަށް އޭނާގެ ނިކަމެތިކަމާއި ބަލިކަށިކަން ނުވިސްނޭތޯ ހުތުބާގައި ބަޔާންކުރިއެވެ.

އިސްލާމްދީން އަންގަނީ ބަލިވެއްޖެނަމަ ބޭސްފަރުވާކުރުމަށް ކަމަށާއި ﷲ ގެ ރަހުމަތާއިއެކު މިފަދަ ބަލިތަކުން ސަލާމަތްވުމަށްޓަކައި، ބޭސްފަރުވާކުރުމާއި، ސިއްޚީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަންޖެހޭ ކަމަށް ޙުތުބާގައި ވެއެވެ.

ﷲ ބައްޔާއި ފަރުވާ ބާވައިލެއްވި. އަދި އެކަލާންގެ ކޮންމެ ބައްޔަކަށް ފަރުވާއެއް ލެއްވި. ފަހެ ތިޔަބައިމީހުން ބޭސްފަރުވާ ކުރާށޭ. އެކަމަކު ހަރާމްއެއްޗަކުން ބޭސްފަރުވާ ނުކުރާށޭ. މީގެ އިތުރުން ސާފުތާހިރުކަމަށް ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދޭން ޖެހޭ.

~ ޚުތުބާ

އާންމު ސިއްޚަތާއި ބެހޭ އަސާސަކީ ސާފުތާހިރުކަން ކަމަށާއި އެގޮތުން ކެއުމުގެ ކުރުން އަތްދޮވުމާއި ކެއްސާ ކިނބިހި އާޅާއިރު އަގަމަތީ އަތްއެޅުންފަދަ އިސްލާމީ އަދި ސިއްޚީ އަދަބުތަކަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ހުތުބާގައި ގޮވާލާފައިވެއެވެ. އަދި މަގުމައްޗަށް ކުޅުޖެހުމާއި އަރިދޮފުސް ފޮޅުންފަދަ ހަޑިހުތުރު އާދަތަކުން އެއްކިބާވުމަށް ވެސް ގޮވާލާފައިވެއެވެ.

ބައްޔަކީ ބައެއް ފަހަރު މުއުމިނު އަޅުތަކުންގެ ދަރަޖަ އުފުލުމަށް މެދުވެރިވާ ސަބަބެއް ކަމަށާއި ބައެއް މީހުނަށް ހީވާގޮތުގައި ބައްޔަކީ ހަމައެކަނި މުސީބާތެއްގެ ގޮތުގައި މެދުވެރިވާކަމެއް ކަމަށްވެސް ހުތުބާގައި ވެއެވެ. އަދި ކިތަންމެ ރަނގަޅު މީހެއްކަމުގައިވިޔަސް ބަލިވެދާނެ ކަމަށާއި އެގޮތުން މާތްވެގެންވާ ނަބީބޭކަލުންނާއި ރަސޫލްބޭކަލުންގެ ތެރޭގައިވެސް ބޮޑެތި ބަލިތައް ތަހައްމަލުކުރެއްވި ބޭކަލުން ތިއްބެވި ކަމަށް ހުތުބާގައި ބަޔާންކޮށްފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން | ރިވިއު ކުރީ: އަމަން ހަލީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް