ކ. މާލެ
|
31 ޖެނުއަރީ 2020 | ހުކުރު 12:42
އެއަރޕޯޓްގައި ސްކްރީން ކުރަނީ
އެއަރޕޯޓްގައި ސްކްރީން ކުރަނީ
ބިޒްނަސް އިންސައިޑަރ
ނޮވެލް ކޮރޯނާވައިރަސް
މެލޭޝިޔާއިން، ޗައިނާ އަށް 18 މިލިއަން އަންގި ހަދިޔާކުރުމަށް ނިންމައިފި
 
ކޮރޯނާވައިރަސް އެންމެ ފުރަތަމަ ފެންނަން ފެށީ ހޫބޭ ޕްރޮވިންސްގެ ވޫހަން ސިޓީން
 
އެ ގައުމުން ވަނީ 20 މިލިއަނަށްވުރެ ގިނަ އަންގި އެފްރިކާގެ ގައުމުތަކަށް އެކްސްޕޯޓް ކޮށްފައި
 
މެލޭޝިޔާ އަކީ ދުނިޔޭގެ އެންމެ ގިނައިން ރަބަރުގެ ސާމަނުތައް އުފައްދާ ގައުމު

މެލޭޝިޔާގެ ރަބާރ އެކްސްޕޯޓް ޕްރޮމޯޝަން ކައުންސިލް (އެމްއާރްއީޕީސީ) އިން ޗައިނާގެ ކޮރޯނާވައިރަސް ފެނުނު ވޫހަން ސިޓީ އަށް 18 މިލިއަން އަންގި ހަދިޔާކުރަން ނިންމައިފިއެވެ.

އެކަން އިއުލާން ކުރައްވާފައިވަނީ މެލޭޝިޔާގެ ޕްރައިމަރީ އިންޑަސްޓްރީސް މިނިސްޓަރު ތެރޭސާ ކޮކް އެވެ. ތެރޭސާ ވިދާޅުވީ، ފުރަތަމަ ބެޗްގެ ތިން މިލިއަން އަންގި މިހާރު ވޫހަން އަށް ފޮނުވާފައިވާ ކަމަށެވެ. ބާކި ހުރި އަންގިތައްވެސް ފޮނުވަމުންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މެލޭޝިޔާ އަކީ ދުނިޔޭގެ އެންމެ ގިނައިން ރަބަރުގެ ސާމަނުތައް އުފައްދާ ގައުމެވެ. އެ ގައުމުން ވަނީ 20 މިލިއަނަށްވުރެ ގިނަ އަންގި އެފްރިކާގެ ގައުމުތަކަށް އެކްސްޕޯޓް ކޮށްފައެވެ. މެލޭޝިޔާގައި އަށްމީހަކު ވަނީ ކޮރޯނާ ވައިރަސް އަށް ޕޮޒިޓިވް ވެފައެވެ.

ހުސްވި އަހަރުގެ ފަހުކޮޅުން ފެށިގެން ފެނިގެން އުޅޭ ކޮރޯނާވައިރަސް އެންމެ ފުރަތަމަ ފެންނަން ފެށީ ހޫބޭ ޕްރޮވިންސްގެ ވޫހަން ސިޓީގެ ޖަނަވަރުންގެ މަސްވިއްކާ މާރުކެޓުންނެވެ. ކަމާއި ބެހޭ މާހިރުން ލަފާކުރާ ގޮތުން އެ ބަލި ފެތުރިފައިވަނީ ހަރުފައިން ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
25%
0%
75%
0%
0%
ކޮމެންޓް