ކ. މާލެ
|
31 ޖެނުއަރީ 2020 | ހުކުރު 09:53
މޭޔަރގެ މިވާހަކަތައް ވަނީ ސަރުކާރު މީޑިއާއިން ދުރަށް ފޮނުވާފަ
މޭޔަރގެ މިވާހަކަތައް ވަނީ ސަރުކާރު މީޑިއާއިން ދުރަށް ފޮނުވާފަ
ގޫގުލް
ކޮރޯނާވައިރަސް
ވޫހާން މޭޔަރ ވިދާޅުވަނީ ކޮރޯނާވައިރަސްއާއި ބެހޭ މަޢްލޫމާތު ނުދެވިގެން އުޅެނީ ބެއިޖިންގއާ ހެދިކަމަށް
 
މި ބަލި ފުރަތަމައަށް ފެނުނު ވޫހާން ވަނީ މިހާރު ބަންދުކޮށްފަ
 
މޭޔަރގެ މިވާހަކަތައް ވަނީ ސަރުކާރު މީޑިއާއިން ދުރަށް ފޮނުވާފަ

ޗައިނާގައި ބާރަށް ފެތުރެމުންދާ ކޮރޯނާ ވައިރަސްގެ މަރުކަޒުކަމަށް ވެފައިވާ ވޫހާންގެ މޭޔަރ ވިދާޅުވަނީ ކޮރޯނާ ވައިރަސްއާ ބެހޭ މަޢްލޫމާތު ފުޅާދާއިރާއެއްގައި އާންމު ނުކުރެވިގެން އުޅެނީ، ބެއިޖިންގ އިން ހަމަޖައްސާފައިވާ ހަރުކަށި ސިޔާސަތުތަކެއްގެ ސަބަބުން ކަމަށެވެ.

މޭޔަރ ޝޯ ޝިއާންވެން މިހެން ވިދާޅުވެފައިވަނީ ބޮޑު ވަޒީރު އޭނާގެ ސިޓީއަށް ވަޑައިގެން ބަލި ޖެހިފައިވާ މީހުންނާއި ފަރުވާގެ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވާ މީހުންނާ ބައްދަލުކުރުމަށް ހަމަޖެހެމުން ދަނިކޮށެވެ. އަދި މޭޔަރގެ މިވާހަކަތައް ވަނީ ސަރުކާރު މީޑިއާއިން ދުރަށް ފޮނުވާފައެވެ. އާންމު ރައްޔިތުންވެސް ވަނީ މި ބައްޔާ މެދު ސަރުކާރުން މާބޮޑު ތަފްސީލުތަކެއް ހާމަ ކުރަމުން ނުދާތީ އެކަމާ ނުރުހުން ފާޅުކުރަމުންނެވެ.

ހަތަރު ހާހެއްހާ މީހުންނަށް މި ބަލި ޖެހި އެއްސަތޭކައަށް ވުރެން ގިނަ މީހުން މަރުވެފައިވާ މި ބަލި ފުރަތަމައަށް ފެނުނު ވޫހާން ވަނީ މިހާރު ބަންދުކޮށްފައެވެ.

މޭޔަރ ވާހަކަ ދައްކަވާފައިވަނީ އޭނާގެ ސިޓީގެ މަސްއޫލު ފަރާތްތަކުން މި ބައްޔާ ދެކޮޅަށް އަޅަމުންދާ ފިޔަވަޅުތައް ދިފާއުކުރައްވައި ވާހަކަ ދެއްކެވުމުގެ ތެރޭގައެވެ. އޭނާ ވިދާޅުވަނީ އޭނާއަށް މިކަމުގައި ދެވޭނެ މައުލޫމާތާއި ކުރެވޭނެކަންކަން ވަރަށް މަދު ކަމަށެވެ. މިފަދަ ފާޑު ކިޔުންތަކަކީ ޗައިނާއިން މިހާރު އާންމުކޮށް އިވެމުންދާ ފަދަ ފާޑުކިޔުންތަކެކެވެ. މަސްއޫލވެރިން އެކި ފެންވަރުގައި ފާޑު ކިޔަމުން ގެންދަވަނީ، ރައީސް ޝީ ޖިންގޕިން ގެންގުޅުއްވާ މަތިން ތިރިއަށް ކަންކަމަށް އަމުރު ކުރައްވާ ހަރުކަށި ސިޔާސަތާ މެދުގައެވެ.

މޭޔަރ ވިދާޅުވިގޮތުގައި މީހުންނަށް ކަންކަން އޮންނަ ގޮތް ސާފު ނުވިނަމަވެސް އޭނާއަށް އޮންނަ ގޮތަކީ އޭނާއާ ހަމައަށް ކަމެއް އަންނަ އިރު އޭނާއަށް ޖެހެނީ އެކަމެއް ބެއިޖިންގއަށް ފޮނުވާފައި ސަރުކާރުން އެކަމެއް ކުރުމަށް ހުއްދަ ދެންނެދެން މަޑުކޮށްގެން ހުންނާށެވެ.

މޭޔަރ ވިދާޅުވީ އޭނާއާއި ސިޓީގެ މަސްއޫލުވެރިން އެޅިފިޔަވަޅަށް ތާރީޚް ފަހުން އިންސާފު ކުރާނެއެވެ. އޭނާ ވަނީ ވައިރަސް އެހެން ހިސާބަށް ފެތުރުގެން ނުދިއުމަށްޓަކައި ވޫހާން ބަންދުކުރުމަށް އަންނަގަވާފައެވެ. އަދި މީގެ ސަބަބުން ކާނާ ހުސްވެ، މީހުން މެދުގައި މާޔޫސްކަން ފެތުރިފައި ވެއެވެ. ޝޯ ވިދާޅުވިގޮތުގައި އޭނާ ހުންނެވީ އޭނާއަޅުއްވާފައިވާ ފިޔަވަޅުތަކަށް ޒިންމާ ނަންގަވަން ތައްޔާރަށެވެ. އަދި މީހުން ރުހެނީނަމަ އޭނާ ހުންނެވީ މަގާމުން އިސްތިއުފާ ދެއްވުމަށް ތައްޔާރަށްކަމަށްވެސް ވިދާޅުވިއެވެ. މި ވާހަކަތަކަށް ފަހު ވޯލްސްޓްރީޓް ޖަރނަލް ނޫހުން މޭޔަރއަށް ގުޅުއްވުމަށް ކުރި މަސައްކަތް ކާމިޔާބެއް ނުވިއެވެ. 2003 ގައިވެސް ބެއިޖިންގެ މޭޔަރވެސް މިފަދަ ވައިރަސް ފެތުރުނު ހާދިސާއެއްގައި އިސްތިއުފާދެއްވަން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވުމުން އެސާހިތަކުން އޭނާ މަގާމުން ބަދަލުކޮށްލިއެވެ.

ވޫހާންގައި ކޮރޯނާ ވައިރަސް ފެތުރެން ފެށިފަހުން އެސީޓީއަށް ޒިޔާރަތްކުރެއްވި ޗައިނާގެ އެންމެ އިސްމަސްއޫލުވެރިޔާ، ބޮޑު ވަޒީރު މާސްކް އަޅުއްވައުގެން ހަސްފަތާލުތަކަށް ޒިޔާރަތްކޮށް އުޅުއްވާ ފޮޓޯތައް ސަރުކާރުން ވަނީ ފަތުރާފައެވެ.

ޗައިނާގެ މުހިންމު ބޮޑެތި ހުރިހާ މަސައްކަތެއްގައިވެސް އެންމެ އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ޝީ ޖިންޕިންގ ވަނީ ކޮރޯނާ ވައިރަސްގެ ޓާސްކްފޯސް ހިންގުމުގެ އެންމެ އިސްދައުރު ބޮޑު ވަޒީރާ ހަވާލުކުރައްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
33%
0%
0%
67%
0%
0%
ކޮމެންޓް