ކ. މާލެ
|
30 ޖެނުއަރީ 2020 | ބުރާސްފަތި 18:12
އާސަންދަ
އާސަންދަ
ރާއްޖެ އެމްވީ
އާސަންދަ ޚިދުމަތް
އަމިއްލަ ތަންތަނުން ފޯރުކޮށްދޭ ނަފްސާނީ ބަލީގެ ބައެއް ފަރުވާތަކަށް އާސަންދަ ޚިދުމަތްދޭން ނިންމައިފި
 
އަމިއްލަ ތަންތަނުން ޚިދުމަތްތަކަށް ކަނޑައެޅިފައިވަނީ އަހަރަކަށް 5000 ރުފިޔާ
 
ސައިކޮލޮޖިސްޓް ކޮންސަލްޓޭޝަން، ސައިކޮލޮޖިކަލް އެސެސްމެންޓް އަދި ތެރަޕީއަށް އާސަންދަ ލިބޭނެ
 
ފެބްރުއަރީ މަހުން ފެށިގެން ޚިދުމަތްތައް ލިބޭނެ

އަމިއްލަ ކްލިނިކްތަކާއި ހޮސްޕިޓަލްތަކުން ފޯރުކޮށްދޭ ނަފުސާނީ ބަލީގެ ބައެއް ފަރުވާތަކަށް އާސަންދަ ޚިދުމަތްދޭން ނިންމައިފިއެވެ.

އާސަންދައިން ބުނީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވަޢުދުތަކުގެ ތެރެއިން، ނަފުސާނީ ބަލިތަކަށް ޚާއްޞަ ކްލިނިކެއް ހުޅުވައި، އާސަންދައިގެ ދަށުން ނަފުސާނީ ބަލިތަކަށް ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ވެވަޑައިގެންނެވި ވަޢުދުގެ ދަށުން، 2019 ވަނަ އަހަރުގެ މާރޗް 01 ގައި އައިޖީއެމްއެޗް ސެންޓަރ ފޮރ މެންޓަލް ހެލްތު' ގެ ނަމުގައި މެންޓަލް ހެލްތު ކްލިނިކެއް ހުޅުވާފައިވާ ކަމަށެވެ.

މިވަޢުދުގެ ދަށުން، މިފެށޭ ފެބްރުއަރީ މަހުން ފެށިގެން، އަމިއްލަ ކްލިނިކްތަކާއި ހޮސްޕިޓަލްތަކުން ފޯރުކޮށްދޭ ނަފުސާނީ ބަލީގެ ބައެއް ފަރުވާތައް، އާސަންދަ ސްކީމްގެ ތެރެއިން ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް އާސަންދައިން މަޢުލޫމާތުދެއެވެ.

އެގޮތުން ސައިކޮލޮޖިސްޓް ކޮންސަލްޓޭޝަން، ސައިކޮލޮޖިކަލް އެސެސްމެންޓް އަދި ސައިކޮލޮޖިކަލް ތެރަޕީ އާސަންދަ ސްކީމުން ކަވަރުކުރާނެއެވެ.

އާސަންދައިން ބުނީ ސްކީމްގެ ދަށުން ޕްރައިވެޓް ހޮސްޕިޓަލުތަކާއި ކްލިނިކްތަކަށް މިފަދަ ޚިދުމަތްތަކަށް ކަނޑައެޅިފައިވަނީ އަހަރަކަށް ޖުމުލަ -/5000 (ފަސްހާސް) ދިވެހި ރުފިޔާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް