ކ. މާލެ
|
30 ޖެނުއަރީ 2020 | ބުރާސްފަތި 08:33
ޗައިނާއިން ދަތުރުކުރާ ފުލައިޓްތަކުގެ ޝެޑިއުލް
ޗައިނާއިން ދަތުރުކުރާ ފުލައިޓްތަކުގެ ޝެޑިއުލް
ސޯޝަލް މީޑިއާ
ކޮރޯނާވައިރަސް
އިތުރު އެއަރލައިންތަކުން ޗައިނާއަށް ދަތުރުކުރުން ހުއްޓާލައިފި
 
ފުލައިޓްތައް ކެންސަލް ކުރުމާއި ގުޅިގެން މާލީ ގެއްލުންތައް ބޮޑު

ޗައިނާގައި ހަލުވިކަމާއެކު ފެތުރެމުންދާ ނޮވެލް ކޮރޯނާ ވައިރަސްއާއި ގުޅިގެން އިތުރު އެއަރލައިންތަކުން އެގައުމަށް ކުރާ ދަތުރުތައް ހުއްޓާލައިފިއެވެ.

ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުން، އެންމެ ފަހުން ބްރިޓިޝް އެއަރވޭސް އިން ވަނީ އެ އެއަރލައިންތަކުގެ ދަތުރުތައް ހުއްޓާލާފައެވެ. މީގެ އިތުރުން ނޮވެލް ކޮރޯނާވައިރަސް ފެތުރިދާނެކަމުގެ ބިރަށް އެމެރިކާއިން ވަނީ ޝަންގހާއި އަދި ބެއިޖިންއަށް އެގައުމުގެ އުދުހުންތައް މަނާކޮށްފައެވެ.

މީގެ އިތުރުން ދެކުނު ކޮރެއާގެ ބަޖެޓް ފުލައިޓެއް ކަމަށްވާ ސޯލް އެއަރއިން ވެސް ވަނީ ޗައިނާއަށް ދަތުރުކުރުން ހުއްޓާލާފައެވެ. އަދި އިންޑޮނޭޝިއާގެ ލަޔަން އެޔާއިން ވެސް ވަނީ މި ފިޔަވަޅުތައް އަޅަން ނިންމާފައެވެ. ޗައިނާއަށް ދަތުރުކުރުން ހުއްޓާލި އެއަރލައިންތަކުގެ ތެރޭގައި ފިންއެއަރ، ހޮންކޮންގުގެ ކެތޭ ޕެސިފިކް އަދި ސިންގަޕޫރުގެ ޖެޓްސްޓަރ އޭޝިއާ ހިމެނެއެވެ.

ލުފްތަންސާއިން އެމީހުންގެ އުދުހުންތައް ސަސްޕެންޑްކުރުމަށް ނިންމި އިރު، ސުވިސް އަދި އޮސްޓްރިއަން އެއަރލައިންސްގެ ފުލައިޓްތައް ވަނީ އަންނަ މަހުގެ ނުވަވަނަ ދުވަހާ ހަމައަށް ދަތުރުތައް ހުއްޓާލާފައެވެ. މީގެ ސަބަބުން އެއަރލައިންތަކަށް މާލީ ގޮތުން ބޮޑު ގެއްލުންތަކެއް ކުރިމަތިވާނެކަމަށް މިހާރު ވަނީ އަންދާޒާ ކުރެވިފައެވެ.

މީގެ އިތުރުން ހޮޓެލްތަކާއި، ކެސީނޯ އަދި ކުރޫޒްލައިންތަކުގެ ތެރެއިން ޗައިނާއާއި ކައިރި ތަންތަނަށް މާލީ ގޮތުން ބޮޑެތި ގެއްލުންތަކެއްވާނެކަމަށް ވަނީ އަންދާޒާ ކުރެވިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ޝާނީ
14%
71%
14%
0%
0%
0%
ކޮމެންޓް