ކ. މާލެ
|
30 ޖެނުއަރީ 2020 | ބުރާސްފަތި 10:07
ތޯހަމް ގޭޓް
ތޯހަމް ގޭޓް
އަލްޖަޒީރާ
ޕާކިސްތާން
ޕާކިސްތާނާއި، އަފްގާނިސްތާނު ގުޅޭ ބޯޑަރުގައި އިންނަ މައިގޭޓް ބަންދުކޮށްފި
 
ޕާކިސްތާނުފަޅިގައިހުރި ބައެއް ވެހިކަލްތަކަށް ވަނީ ގެއްލުން ލިބިފައި
 
މިއީ ވިޔާފާރިއަށް ބޭނުންވާ މުދާ ހިފާގެން ދަތުރުކުރާ މައި މަގު
 
ގޭޓް ބަންދުކުރީ ޕާކިސްތާނުފަޅިއަށް މޯޓަރު ބޮމުން ހަމަލާއެއް ދިނުމާއި ގުޅިގެން

ޕާކިސްތާނާއި، އަފްގާނިސްތާނު ގުޅޭ ބޯޑަރުގައި އިންނަ މައިގޭޓްކަމަށްވާ ''ތޯހަމް'' ގޭޓް ޕާކިސްތާނުން ބަންދުކޮށްފިއެވެ.

އަލްޖަޒީރާގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ޕާކިސްތާނުން ގޭޓް ބަންދުކުރީ ޕާކިސްތާނުފަޅިއަށް މޯޓަރު ބޮމުން ހަމަލާއެއް ދިނުމާއި ގުޅިގެންނެވެ. ތޯހަމް ބޯޑަރަކީ މިދެގައުމުގެ އެތަކެއް ސަތޭކަ ވެހިކަލް އަބަދުވެސް ވިޔާފާރިއަށް ބޭނުންވާ މުދާ ހިފާގެން ދަތުރުކުރާ މައި މަގެވެ.

މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހުން ފެށިގެން ކޮންމެ ދުވަހަކު ވަނީ ގޭޓް ހުޅުވާލާފައެވެ.

ޕާކިސްތާނުގެ ޑެޕިއުޓީ ޑިސްޓްރިކްޓްގެ ކޮމިޝަނަރ މަހުމޫދު އަސްލަމް ވާޒިރު ވިދާޅުވީ އަފްގާނިސްތާނުފަޅިން މޯޓަރު ބޮންތަކެއް ފޮނުވާލާފައިވާ ކަމަށެވެ. އަދި މިހަމަލާތަކާއި ގުޅިގެން ޕާކިސްތާނުފަޅިގައިހުރި ބައެއް ވެހިކަލްތަކަށް ވަނީ ގެއްލުން ލިބިފައެވެ. ނަމަވެސް އަފްގާނިސްތާނުގެ އޮފިޝަލުން ވަނީ މޯޓަރުގެ ހަމަލާތަކެއް ދީފައިނުވާނެ ކަމަށް ބުނެ އެކަން ދޮގުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
33%
0%
67%
0%
0%
0%
ކޮމެންޓް