ކ. މާލެ
|
29 ޖެނުއަރީ 2020 | ބުދަ 18:12
ދުނިޔޭގެ ޞިއްޙަތު ޖަމްޢިޔާގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އެޑެނޯމް ގެބްރިޔޭސަސް
ދުނިޔޭގެ ޞިއްޙަތު ޖަމްޢިޔާގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އެޑެނޯމް ގެބްރިޔޭސަސް
ސީއެންބީސީ
ނޮވެލް ކޮރޯނާވައިރަސް
ނޮވެލް ކޮރޯނާވައިރަސްއިން ރައްކާތެރިވުމަށް ޗައިނާއިން ކުރަމުންދާ މަސައްކަތައް އިތުބާރު އެބައޮތް: ޑަބްލިއުއެޗްއޯ
 
ޗައިނާއިން ވަނީ ނޮވެލް ކޮރޯނާ ވައިރަސް ފެތުރެން މެދުވެރިވި ސަބަބު ހޯދާ ހިއްސާކޮށްފައި
 
ކޮރޯނާ ވައިރަސްގައިމިހާތަނަށް 106 މީހުން ވަނީ މަރުވެފައި
 
ކޮރޯނާ ވައިރަސް އިން ރައްކާތެރިވުމަށާއި، ޗައިނާއިން އަޅާފައިވަނީ ހަރުދަނާ ފިޔަވަޅުތަކެއް:ޓެޑްރޯސް

ޗައިނާގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ނޮވެލް ކޮރޯނާވައިރަސްގެ ބަލިމަޑުކަމުން އަރައިގަތުމަށާއި، އެބަލިން ރައްކާތެރިވުމަށް ޗައިނާއިން އަޅަމުންދާ ފިޔަވަޅުތަކާމެދު އިތުބާރު އެބައޮތްކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ބުނެފިއެވެ.

ޝިންހުއާ ނިއުސް އޭޖެންސީން ޚަބަރު ފަތުރާ ގޮތުގައި، ޗައިނާއަށް މިހާރު ވަޑައިގެން އުޅުއްވާ ދުނިޔޭގެ ޞިއްޙަތު ޖަމްޢިޔާގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އެޑެނޯމް ގެބްރިޔޭސަސް މިހެން ވިދާޅުވީ، ޗައިނާގެ ފޮރިން މިނިސްޓްރަ ވޮންގ ޔީ އާއެކު ވެރިރަށް ބެއިޖިންގް ގައި ބޭއްވި ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި ޓެޑްރޯސް ވިދާޅުވެފައިވަނީ، ޗައިނާގައި ނޮވެލް ކޮރޯނާ ވައިރަސް ފެތުރުމާއެކު، އެކަމުން ރައްކާތެރިވުމަށާއި، އެޤައުމުގެ ރައްޔިތުން އެކަމުން ސަލާމަތް ކުރުމަށް ޗައިނާ ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތައް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިންނާއި، ބައިނަލްއަޤުވާމީ މުޖުތަމަޢުން ބަލައިގަންނަކަމަށެވެ. ހަމަ އެހެންމެ ބަލިމަޑުކަމުން އަރައިގަތުމަށާއި، ބަލި ކޮންޓްރޯލް ކުރުމަށް ޗައިނާ ސަރުކާރުން ކުރަމުންދާ މަސައްކަތައް އިތުބާރު އެބައޮތް ކަމަށް ޓެޑްރޯސް ވިދާޅުވިކަމަށް ސީސީޓީވީން ރިޕޯޓުކުރެއެވެ.

ޞިއްޙަތު ޖަމްޢިޔާގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އެޑެނޯމް ގެބްރިޔޭސަސްގެ ވާހަކަފުޅުގައި ވަނީ ކޮރޯނާ ވައިރަސްގެ ބަލިމަޑުކަން ޗައިނާގައި ފެތުރެމުންދާ މި ދަނޑިވަޅުގައި ބައިނަލްއަޤުވާމީ މުޖުތަމަޢުން ކެތްތެރިވެ، އެކަމާއި އިތުރަށް ކަންބޮޑު ނުކުުރުމަށް ގޮވާލައްވާފައެވެ. އަދި ޗައިނާގައި މިހާރު ތިބި އެހެންޤައުމުތަކުގެ ރައްޔިތުން ޗައިނާއިން އަނބުރާ ގެންދިއުމަކީ އެންމެ އެދެވޭގޮތްކަމަށް، ޑަބްލިއުއެޗްއޯއިން ނުދެކޭކަމަށް ޓެޑްރޯސް ވިދާޅުވެފައިވެއެވެ. ޓެޑްރޯސް ވިދާޅުވެފައިވަނީ، ޗައިނާގައި ނޮވެލް ކޮރޯނާވައިރަސްގެ ބަލިމަޑުކަން ނުރައްކާ ޙާލަތުގައި އޮތްނަމަވެސް، ޗައިނާއިން އެ ބަލިޖެހޭގޮތާއި ފެތުރޭ ގޮތް ދެނެގަނެފައިވާ ކަމަށާއި، އެއާއި ގުޅުން ހުރި ހުރިހައި ކަމެއް ވަރަށް ހާމަކަން ބޮޑުގޮތެއްގައި ވަގުތުން ވަގުތައް ހިއްސާކުރަމުން ގެންދާކަމަށެވެ. އެހެންކަމުން ދުނިޔޭގެ ޞިއްހަތު ޖަމްޢިޔާއާއި، އެހެން ޤައުމުތަކުން މިހާރުކުރަންވީ ކަމަކީ، ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމަށް ރައްކާތެރިކަމުގެ އިތުރު ފިޔަވަޅު އެޅުންކަމުގައި ޓެޑްރޯސް ވިދާޅުވެފައިވެއެވެ.

ނޮވެލް ކޮރޯނާވައިރަސްގެ ބަލިމަޑުކަމުގައި ޗައިނާއިން މިހާތަނަށް 106 މީހުން ވަނީ މަރުވެފައެވެ. އަދި 4،515 މީހުންވަނީ މިވައިރަސް އަށް ޕޮޒިޓިވް ވެފައެވެ.

ޓެޑްރޯޒް ވިދާޅުވީ، ޗައިނާއަށް ކުރިމަތިވެފައިވާ މި ބަލިމަޑުކަމުގައި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ފުރިހަމަ އެއްބާރުލުން އެކިދާއިރާތަކުން ދޭނެކަމަށެވެ.

ޖެނުއަރީ މަހުގެ 23 ވަނަ ދުވަހު ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން އެކުލަވާލި ޚާއްޞަ "އެމަރޖެންސީ ކޮމިޓީ" އިން ދަނީ ޗައިނާގައި މި ވައިރަސް އެންމެ ފުރަތަމަ ރިޕޯޓުކުރެވި، އަދި އެންމެ ގަދައަށް ފެތުރެމުންދާ ވުހާން ސިޓީގެ ކަންކަން ވަރަށް ގާތުން ބަލަމުންނެވެ. ޑަބްލިއުއެޗްއޯއިން ވަނީ، ކޮރޯނާ ވައިރަސްގެ ނުރައްކާ ޗައިނާއަށް ވަރަށް ބޮޑު ކަމަށާއި، އަދި ދުނިޔޭގެ އެހެން ޤައުމުތަކަށްވެސް މިވައިރަސްގެ ނުރައްކާ ބޮޑުކަމަށް އިއްޔެ ކަނޑައަޅާ އިޢުލާންކޮށްފައެވެ. އެހެންނަމަވެސް މިއީ "ގްލޯބަލް އެމަރޖެންސީ" އެއް ނުވަތަ ދުނިޔެ މިކަމުގައި ކުއްލި ޙާލަތަކައް އަންނަންވީ ކަމެއްގެ ގޮތުގައި އަދި ކަނޑައަޅާފައެއް ނުވެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
100%
0%
0%
ކޮމެންޓް