ކ. މާލެ
|
29 ޖެނުއަރީ 2020 | ބުދަ 11:46
ކުޅިވަރު މާކެޓިން އާއި ސްޕޮންސާޝިޕްގެ ހާއްސަ ވޯކްޝޮޕްގެ ތެރެއިން
ކުޅިވަރު މާކެޓިން އާއި ސްޕޮންސާޝިޕްގެ ހާއްސަ ވޯކްޝޮޕްގެ ތެރެއިން
ފޭސްބުކް
މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން
ކުޅިވަރު މާކެޓިން އާއި ސްޕޮންސާޝިޕްގެ ހާއްސަ ވޯކްޝޮޕް ނިންމާލައިފި
 
މިއީ ސްޕޯޓްސް ކޯޕަރޭޝަނުން ކުޅިވަރު ޕްރޮމޯޓު ކުރުމަށް ބޭއްވި ފުރަތަމަ ވޯކްޝޮޕް
 
މި ވޯކްޝޮޕް ކުރިއަށް ގެންގޮސްފައިވަނީ ދެ ދުވަހުގެ މުއްދަތަކަށް

މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަނުން އިންތިޒާމުކޮށްގެން ބޭއްވި "ސްޕޯޓްސް މާކެޓިންގް އެންޑް ސްޕޮންސާޝިޕް ވޯކްޝޮޕް" ނިންމާލައިފި އެވެ.

ސްޕޯޓްސް ކޯޕަރޭޝަނާއި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގުޅިގެން ދެ ދުވަހުގެ މުއްދަތަކަށް ބޭއްވި މި ވޯކްޝޮޕަކީ ކުޅިވަރުގެ ދާއިރާ އާއި މާކެޓިންގެ ދާއިރާގައި ހަރަކާތްތެރިވާ ބޭފުޅުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ ވޯކްޝޮޕެކެވެ.

މި ވޯކްޝޮޕްގައި ރާއްޖޭގެ ކްލަބުތަކުގެ ބޭފުޅުންނާއި އެކި ކުންފުނިތަކުގެ ބޭފުޅުންގެ އިތުރުން ނޫސްވެރިންވެސް ވަނީ ބައިވެރިވެފައެވެ. މި ވޯކްޝޮޕްގައި ކިޔަވައިދެއްވީ ބައިނަލްއަގުވާމީގޮތުން މާކެޓިންގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ބޭފުޅެއް ކަމަށްވާ ސިންޓޯ އަޖްރަމްއެވެ. ސިންޓޯ ވަނީ 12 އަހަރު މިދާއިރާގައި މަސައްކަތްކޮށްފައެވެ.

ޖުމްލަ 6 ސެޝަނެއް ކުރިއަށް ގެންދިޔަ މި ވޯކްޝޮޕް ނިންމާލީ އިއްޔެ އެވެ.

ސްޕޯޓްސް ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު މައުރޫފް އަހުމަދު (މާއްޓޭ) މީގެކުރިން ވިދާޅުވީ މި ވޯކްޝޮޕް ބޭއްވުމުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ ކުޅިވަރުގެ ދާއިރާ އެހެން ހަރުފަތަކަށް ގެންދިޔުން ކަމަށެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް ވިދާޅުވީ މިވަގުތު ރާއްޖޭގެ ކްލަބުތަކަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ މާލީގޮތުން ކްލަބުތައް ވީރާނާވެފައިވުން ކަމަށާއި މި ވޯކްޝޮޕްގެ ސަބަބުން އެކަމަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިގެންދާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

ސްޕޯޓްސް ކޯޕަރޭޝަނުން އިސްނަގައިގެން ކުޅިވަރު ޕްރޮމޯޓު ކުރުމަށް ހާއްސަ ވޯކްޝޮޕެއް ބޭއްވިއިރު، މިއަހަރުގެ ތެރޭގައި އިތުރު ދެ ވޯކްޝޮޕް ބޭއްވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އެ ކޯޕަރޭޝަނުން މައުލޫމާތުދެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
އޮޕަރޭޝަން ބްލޫ ޓައިޑްގެ އޮޕަރޭޝަނަލް ފޭސް ރަސްމީކޮށް ފަށައިފި
ޓުއަރިޒަމް މިނިސްޓްރީއަށް 25 ސިޔާސީ ބޭފުޅުން، މުސާރައަށް މަހަކު 7 ލައްކައަށްވުރެ ގިނަ ރުފިޔާ
ރައީސް މުއިއްޒުގެ ރޯލް މޮޑެލްއަކީ އަބްދުއްރަހީމް، ދެން މިގައުމުގެ ކަންކަން ދާނެ ގޮތް ރައްޔިތުން ތަސައްވުރު ކުރައްވާ: ޔާމީން
އިންތިހާބުވާ ޕާޓީ ނޫން ޕާޓީއަކަށް ސޮއިކޮށްފިނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލެންވާނެ ކަމަށް 73 އިންސައްތަ މީހުން ގަބޫލުކުރޭ
ނަމާދަށް އިސްކަންދީ، ތިބާ ބުނެއުޅޭ ވާހަކަތަކަކީ ﷲ ރުއްސަވާ ވާހަކަތަކަކަށް ހެދުމަށް ޚުތުބާގައި ގޮވާލައިފި
ދެރަށެއްގެ އެއާޕޯޓު ތަރައްގީކުރުމާއި ތިން ރަށެއްގެ ސަރވޭ ކުރުމާއި ޑިޒައިން އަދި އީއައިއޭ މަސައްކަތް ކުރުމަށް އެމްޓީސީސީއަށް
މަޖިލީހުގެ މެންބަރުންގެ އަދަދު މަދުކުރަންޖެހޭކަމަށް 68 އިންސައްތަ މީހުން ގަބޫލުކުރޭ - އެޗްއާރުސީއެމް
އައްޑޫ ސިޓީ ކައުންސިލްގެ މެންބަރުން ބަދުނާމުކުރުމުގެ ނިޔަތުގައި ހަބަރުފަތުރާފައިވާތީ އެކަން ކުށްވެރިކޮށްފި