ކ. މާލެ
|
28 ޖެނުއަރީ 2020 | އަންގާރަ 22:20
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ރާއްޖެއެމްވީ
ކޮރޯނާވައިރަސް
ޓްރެވަލް އެޑްވައިޒަރީ ނެރެން ޖެހިއްޖެ ހާލަތެއްގައި އެޑްވައިޒަރީ ނެރޭނަން: ޓޫރިޒަމް މިނިސްޓަރު
 
ޝައްކުކުރެވިގެން މީހަކާ ސުވާލުކުރާ ހިސާބަށް އަދިނުދޭ
 
2000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށްއައުން ކެންސަލް ކޮށްފައިވޭ
 
ސަރުކާރަށް މުހިންމީ ރައްޔިތުން

ޓްރެވަލް އެޑްވައިޒަރީ ނެރެން ޖެހިއްޖެ ޙާލަތެއްގައި އެޑްވައިޒަރީ ނެރޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ކޮރޯނާވައިރަސްއާ ބެހޭ ގޮތުން ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާއި ބެހޭ ގޮތުން މަޢުލޫމާތު ދިނުމަށް ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުވައި ނޫސްވެރިއަކު ކުއްރެއްވި ސުވާލަކަށް ޓޫރިޒަމް މިނިސްޓަރު ޢަލީ ވަހީދު ވިދާޅުވީ ކޮރޯނާވައިރަސްއާ ބެހޭ އެއްވެސް ކަމެއް ސިއްރެއް ނުކުރާނެ ކަމަށާއި، މިވައިރަސްގެ އަސަރު ފެނިއްޖެނަމަ ކަންކުރާނެ ގޮތަށް ސަރުކާރު އޮތީ ތައްޔާރަށް ކަމަށެވެ.

މިނިސްޓަރު ޢަލީ ވަހީދު ވިދާޅުވީ ސަރުކާރަށް މުހިންމީ ރައްޔިތުން ކަމަށާއި، ޓްރެވަލް އެޑްވައިޒަރީ ނެރެން ޖެހިއްޖެ ޙާލަތެއްގައި އެޑްވައިޒަރީ ނެރޭނެ ކަމަށެވެ. ނަމަވެސް އަދި އެޑްވައިޒަރީ ނެރެންޖެހޭ ޙާލަތަކަށް ނުދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ވަނީ ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން އިލްތިމާސްކުރައްވާފައެވެ.

މިކަން ކުރިޔަށްދަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުގެ ބެއްލެވުމުގެ ދަށުންކަން ފާހަގަކުރައްވައި މިނިސްޓަރު ޢަލީ ވަހީދު ވިދާޅުވީ ބޭނުންވާނެ މެޑިކަލްސްގެ އިތުރުން، ކާޑުގެ ބާވަތްތައްވެސް ގެނައުމުގެ މަސައްކަތްތައް ކުރީބައިގައި ދުރާލާ ކުރަމުން ގެންދާ ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރު ޢަލީ ވިދާޅުވީ ފަތުރުވެރިކަމުގެ ސިނާޢަތުގެ ހުރިހާ އެންމެންގެ މަޞްލަޙަތު ހިމެނޭގޮތަށް ޓާސްކް ފޯހެއް އެކުލަވާލާފައިވާ ކަމަށާއި، ކޮންމެ ދުވަހަކު ރާއްޖެ އަންނަ ފަތުރުވެރިންގެ ޙާލަތު ބަލަމުންދާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ކޮރޯނާވައިސް ފެތުރެމުންދާތީ މިހާތަނަށް 2000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށްއައުން ކެންސަލް ކޮށްފައިވާ ކަމަށާއި، މީގެތެރޭގައި ގިނައީ ޗައިނާގެ ފަތުރުވެރިން ކަމަށެވެ.

މިނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު ޢަބްދުﷲ އަމީން ވިދާޅުވީ ކޮރޯނާވައިރަސްއާ ބެހޭ ގޮތުން ޢަމަލުކުރަންޖެހޭ ގައިޑްލައިންތައް ގެސްޓްހައުސްތަކާއި، ރިސޯޓު އަދި ފަތުރުވެރިންދާ ހުރިހާ ތަނަކަށް ހިއްސާކޮށް މަޢުލޫމާތުތައް ފޯކަލް ޕޮއިންޓު ސާފުކުރަމުންދާ ކަމަށެވެ.

މިނިސްޓަރު އަމީން ވިދާޅުވީ ކޮރޯނާވައިރަސް ބާރުސްޕީޑްގައި ފެތުރެމުންދާއިރު، އަދި މިހާތަނަށް ރާއްޖެއިން ޝައްކުކުރެވޭ މީހަކު ފެނިފައިނުވާ ކަމަށާއި، ޝައްކުކުރެވިގެން މީހަކާ ސުވާލުކުރާ ހިސާބަށް އަދި ނުދާކަމަށެވެ.

ކޮރޯނާވައިރައިސް ފެނިއްޖެނަމަ ނުވަތަ ޝައްކުކުރެވޭނަމަ ޢަމަލުކުރާނެ ގޮތަށް އަލިއަޅުއްވާލައްވާ މިނިސްޓަރު އަމީން ވިދާޅުވީ ކޮރޯނާވައިރަސްއާ ބެހޭ އަލާމަތްތައް މީހެއްގެ ގައިން ފެނިއްޖެނަމަ އޭނާއާއި ސުވާލުތައްކޮށް، އެމީހެއް ފަރާތުން ސާފުވާންޖެހޭ މަޢުލޫމާތުގެ އަލީގައި މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށެވެ.

މިފަދަ ހާލަތެއްގައި އަޅުގަނޑުމެން އަމަލުކުރަމުން މިދަނީ ފަންނީ ބޭފުޅުންގެ ލަފައާ އިރުޝާދާއެކު. އެންމެ ބޮޑަށް މިއިސްކަންދެނީ މިބަލި ފެތުރޭ ގޮތްތައް ހާލަތަށް ބަލާފަ ފުނަދޫގަ އައިސޮލޭޝަން ފެސިލިޓީ ގާއިމް ކުރަނީ. އެގިވަޑައިގަންނަވާނެ އަޅުގަނޑުމެން އާބާދީގެ ދެބައިކުޅަ އެއްބައި ދިރިއުޅެމުންދަނީ މާލެ ހުޅުމާލޭގެ ސަރަހައްދުގައި. އެހެންވީމަ މިހިސާބުގެ ކޮންމެ ތަނެއްގައި ގާއިމްކުރިއަސް ދުރުގައި ނޫން އެތަން ގާއިމް ކުރަންޖެހެނީ. އެކަކުގައި އަނެކަކުގައިން މިބަލި ފެތުރޭ ގޮތަށް ބަލާއިރު ހިމަބިހި ފެތުރޭ ގޮތަށް ފެތުރޭ ބައްޔެއް ނޫން މިއީ.

މިނިސްޓަރު އަމީން ވިދާޅުވީ ބަލިން ރައްކާތެރިވުމަށް އަޅަންޖެހޭ ފުރިހަމަ ފިޔަވަޅުތައް އަޅާ ތައްޔާރީ ޙާލަތަށް އައިސްފައިވާ ކަމަށެވެ. އަދި ވިދާޅުވީ މަޢުލޫމާތު ކޮންމެ ދުވަހަކު އެއްފަހަރު ހާމަކުރަމުން ގެންދާނެ ކަމަށާއި، މިމަސައްކަތް ކުރިޔަށްދަނީ ހެލްތު އެމަރޖެންސީ ކޯޑިނޭޝަން ކޮމިޓީގެ ދަށުށް ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް
28 ޖެނުއަރީ 2020 | އަންގާރަ 23:46
ޯސޯލޯ
އާނ އަދިއަވަސް 2 މީހަކު މަރުވަންދެން ތިބޭ!!