ކ. މާލެ
|
28 ޖެނުއަރީ 2020 | އަންގާރަ 21:07
މުންނާރު
މުންނާރު
ސްޓެލްކޯ
މުންނާރު
ހުކުރު މިސްކިތު މުންނާރުގެ އާބާތުރަ ފިލުވައި، ސާފުކޮށްފި
 
ސްޓެލްކޯގެ މުއައްޒަފުން މިމަސައްކަތް ކުރީ އަމިއްލަ މަސައްކަތެއް ކަމަށް ދެކިގެން
 
އަބާތުރަ ފިލުވުމުގެ މަސައްކަތް ކުރީ ސްޓެލްކޯއިން
 
މުންނާރުގައި އުވަ އާއި ކުލަ ލައި މަސައްކަތް ވަނީ ނިންމީ ހޯމަ ދުވަހު

ދިވެހިރާއްޖޭގެ އެންމެ އާޘާރީ އަދި ތާރީޚީ ބިނާ، މާލޭ ހުކުރު މިސްކިތުގެ މުންނާރުގެ އާބާތުރަ ފިލުވައި ސާފުކޮށްފިއެވެ.

މުންނާރުގައި އުވައާއި، ކުލަ ލައި މަސައްކަތް ނިންމާފައިވަނީ ހޯމަ ދުވަހުއެވެ. މުންނާރު ސާފުކޮށްފައިމިވަނީ މުންނާރު ވަރަށް ބާވެ، ފެހިޖަހާފައި ވަނިކޮށެވެ.

މުންނާރުގެ އާބާތުރަ ފިލުވުމާއި ހުކުރު މިސްކިތުގެ ހަރިންމަ ތެރޭގައި ހިމެނޭ 4 ވަޅެއްގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ޑިސެންބަރު މަހުގެ 04 ވަނަ ދުވަހު ފައްޓަވާދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙެވެ. އަދި މިމަސައްކަތް ކޮށްފައިވަނީ ރާއްޖޭގައި ކަރަންޓުގެ ޚިދުމަތް ދޭ މައި ކުންފުނި ސްޓެލްކޯއިންނެވެ. އަދި ސްޓެލްކޯއިން މި މަސައްކަތް ކުރީ އެކުންފުނީގެ ޢާންމު އިޖްތިމާޢީ ޒިންމާގެ ދަށުން ހެރިޓޭޖް މިނިސްޓްރީގެ ތަކެތީގައެވެ.

ސްޓެލްކޯ އިން ބުނީ މިމަސައްކަތް ސްޓެލްކޯގެ މުވައްޒަފުން ކުރީ އަމިއްލަ މަސައްކަތެއްގެ ގޮތުގައި ދެކިގެން ކަމަށެވެ.

މާލޭ ހުކުރު މިސްކިތު މުންނާރަކީ ތިން ސަތޭކަ އަހަރު ވާން ގާތް ވެފައިވާ، އަގުނުކުރެވޭނެ ފަދަ ތަރިކައެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
100%
0%
0%
0%
0%
ކޮމެންޓް