ކ. މާލެ
|
28 ޖެނުއަރީ 2020 | އަންގާރަ 21:42
ކޮރޯނާވައިރަސް އަށް ރައްކާތެރިވުމަށް ދަނީ ފިޔަވަޅުތައް އަޅަމުން
ކޮރޯނާވައިރަސް އަށް ރައްކާތެރިވުމަށް ދަނީ ފިޔަވަޅުތައް އަޅަމުން
ބިޒްނަސް އިންސައިޑަރ
ކޮރޯނާވައިރަސް
ނޮވެލް ކޮރޯނާވައިރަސް: ތައިވާނުން އިތުރު ދެ މީހެއްގެ ގައިން ކޮރޯނާވައިރަސްގެ އަސަރު ފެނިއްޖެ
 
ތައިވާނުން ބުނެފައިވަނީ މި ދެމީހުންނަކީ 70 އަހަރުގެ ދެ އަންހެނުންކަމަށް

ތައިވާނުން އިތުރު ދެ މީހެއްގެ ގައިން ކޮރޯނާވައިރަސްގެ އަސަރު ފެނިފައިވާކަމަށް އެޤައުމުގެ ސެންޓަރ ފޮރ ޑިޒީސް ކޮންޓްރޯލުން ކަށަވަރުކޮށްދީފި އެވެ.

ތައިވާނުން ބުނެފައިވަނީ މި ދެމީހުންނަކީ 70 އަހަރުގެ ދެ އަންހެނުންކަމަށެވެ. އަދި މިމީހުންނަކީ ވޫހާންގައި ދިރިއުޅޭ ދެ މީހުންކަމަށާއި މި ދެ މީހުން ތައިވާނަށް އައިސްފައިވަނީ ތައިވާންގެ ތަންތަން ބަލާލުމަށްކަމަށެވެ.

މިދެމީހުންގެ ޙާލުވެސް ރަނގަޅުކަމަށް ތައިވާނުން ބުނެފައިވެ އެވެ. މިއާއެކު ތައިވާނުން ކޮރޯނާވައިރަސްގެ އަސަރު ފެނިފައިވާ މީހުންގެ ޢަދަދު މިވަނީ ހަތަކަށް އަރާފަ އެވެ.

މިހާތަނަށް މިވައިރަސްގެ އަސަރުކޮށްގެން 4585 ކޭސް ވަނީ ރިޕޯޓުކޮށްފަ އެވެ. އަދި މިވައިރަސްގެ އަސަރުކޮށްގެން 106 މީހުންވަނީ މަރުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
100%
0%
0%
0%
ކޮމެންޓް