ކ. މާލެ
|
28 ޖެނުއަރީ 2020 | އަންގާރަ 20:49
ކޮރޯނާވައިރަސް އިން ރައްކާތެރިވުމުގެ ފިޔަވަޅުތައް އަންނަނީ އަޅަމުން
ކޮރޯނާވައިރަސް އިން ރައްކާތެރިވުމުގެ ފިޔަވަޅުތައް އަންނަނީ އަޅަމުން
ސީއެންއޭ
ކޮރޯނާވައިރަސް
ނޮވެލް ކޮރޯނާވައިރަސް ދުނިޔެއަށް ފެތުރުމުގެ ނުރައްކާ ބޮޑުކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން ކަނޑައަޅައިފި
 
މިވައިރަސްގެ އަސަރު ވަނީ 4583 މީހުންނަށް ޗައިނާގައި ކޮށްފައި
 
ޗައިނާއިން މިހާތަނަށް އާއިރު މިވައިރަސްގެ އަސަރުކޮށްގެން 106 މީހަކު ވަނީ މަރުވެފައި

ކޮރޯނާވައިރަސް މުޅި ދުނިޔެއަށް ފެތުރުމުގެ ނުރައްކާ ބޮޑުކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ކަނޑައަޅައިފި އެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ބުނެފައިވަނީ މިވައިރަސް ޗައިނާގައި ފެތުރުމުގެ ނުރައްކާ ވަރަށް ބޮޑުކަމަށެވެ. ޗައިނާއިން މިހާތަނަށް އާއިރު މިވައިރަސްގެ އަސަރުކޮށްގެން 106 މީހަކު ވަނީ މަރުވެފަ އެވެ. އަދި މިވައިރަސްގެ އަސަރު ޗައިނާގެ 4583 މީހުންނަށްކޮށްފައިވެއެވެ. އަދި ޗައިނާއިން ބޭރުން މިވައިރަސްގެ އަސަރުކޮށްގެން 70 ކޭސް މިހާތަނަށް އާއިރު ރިޕޯޓު ކޮށްފައިވެއެވެ.

މިކަމާއި ގުޅިގެން ޗައިނާއަށް ނުދިޔުމަށް އެކި ޤައުމުތަކުން އެޤައުމުތަކުގެ ރައްޔިތުންނަށް އަންނަނީ އަންގަމުންނެވެ. އަދި ޗައިނާ މީހުން ޤައުމުތަކަށް ނޭރުވުމަށް ގޮވާލާ ބައެއް ޤައުމުތަކުގެ ރައްޔިތުން އަަޑުއުފުލާއިރު އަނެއް ބައި ޤައުމުތަކުން ވަނީ ޗައިނާ މީހުން އެޤައުމުތަކަށް އެރުން މަނާކޮށްފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
100%
0%
0%
0%
ކޮމެންޓް