ކ. މާލެ
|
28 ޖެނުއަރީ 2020 | އަންގާރަ 20:53
ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން
ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން
ޓްވިޓަރ
މުއައްޒަފުން
ޓްރާންސްޕޯޓް އޮތޯރިޓީން 11 މުވައްޒަފަކު ވަކިކޮށްފި
 
ވަޒީފާއިން ވަކިކުރަނީ ސިވިލް ސަރވިސްގެ ގަވާއިދާ އެއްގޮތަށް
 
ވަކިކުރާ މުއައްޒަފުންގެ ތެރޭގައި ސީނިއަރ، ޖޫނިއަރ މުއައްޒަފުން ހިމެނޭ
 
ވަޒީފާއިން ވަކިކުރުމުގެ ކުރިން އިސްތިއުފާ ދޭން ބޭނުންވާ މުއައްޒަފުންނަށް އެފުރުސަތު ވަނީ ދީފައި

މޯލްޑިވްސް ޓްރާންސްޕޯޓު އޮތޯރިޓީގެ 11 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި އެވެ.

ރާއްޖޭޓީވީއަށް މަޢުލޫމާތު ދެމުން އެއޮތޯރިޓީގެ މުއައްޒަފަކު ބުނީ އަންގާރަ ދުވަހު 11 މުއައްޒަފުން ވަކިކުރަން ނިންމިކަން ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ)އިން ޓްރާންސްޕޯޓު މިނިސްޓްރީއަށް އަންގާފައިވާ ކަމަށެވެ. އަދި ވަޒީފާއިން ވަކިކުރުމުގެ ކުރިން އިސްތިޢުފާ ދޭން ބޭނުންވާ މުވައްޒަފުންނަށް ބުދަ ދުވަހުގެ މެންދުރު 10:00 އަށް ވަގުތުދީފައިވާ ކަމަށެވެ.

ޓްރާންސްޕޯޓު މިނިސްޓްރީގެ ޕަރމަނަންޓު ސެކްރެޓަރީ، ޢަބްދުﷲ ފަޔާޒުއާ ޙަވާލާދެއްވާ ރާއްޖޭގެ ބައެއް މީޑީއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ކަނޑާލާ 11 މުއައްޒަފުންގެ ތެރޭގައި ސީނިއަރ މުއައްޒަފުންނާއި، ޖޫނިއަރ މުއައްޒަފުން ހިމެނެއެވެ. އަދި ކަނޑާލާ މުވައްޒަފުންނަކީ ހާޒިރީ ރަނގަޅު ނޫން މުވައްޒަފުންނާއި، ޕަރފޮމަންސް ވަރަށް ދަށް މުއައްޒަފުންކަން އޭނާ ފާހަގަކުރެއްވިއެވެ.

ގިނަ ޢަދަދެއްގެ މުއައްޒަފުން ޓްރާންސްޕޯޓު މިނިސްޓްރީން ވަކިކުރަން ނިންމުމާ ގުޅިގެން އެ މައްސަލަ ހޫނުވެ، އެކަމާ ގުޅޭ ޕެޓިޝަނެއް ތައްޔާރުކޮށް ރައްޔިތުންގެ މަޖިލީހަށާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށަހެޅިއެވެ. މިމައްސަލާގައި ސަރުކާރުގެ މައްސޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ ޓްރާންސްޕޯޓް މިނިސްޓްރީގެ ބޭފުޅުންނާއި އެ އޮތޯރިޓީގެ އިސްވެރިންނާއެކު ބައްދަކުކުރިއެވެ.

ވަޒީފާއިން ވަކިކުރުމަށް ނިންމި ހުރިހާ މުވައްޒަފުންނަށް ވެސް ނޯޓިސް ދީފައިވަނީ ސިވިލް ސަރވިސްގެ ޤަވައިދުގެ ތެރެއިން ކަމަށް އެއޮތޯރިޓީން މަޢުލޫމާތުދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
7%
48%
11%
19%
4%
11%
ކޮމެންޓް
29 ޖެނުއަރީ 2020 | ބުދަ 00:03
އޭތި ކަޑައޭ
މަޖިލިސް މެމް ބަރުން ވެސް ހާޒިރީއަށް ފަރުވާ ކުޑަވަންޏާ ކަނޑާލާ