ކ. މާލެ
|
28 ޖެނުއަރީ 2020 | އަންގާރަ 19:48
ކޮރޯނާވައިރަސް ޖެހުނު މީހަކަށް ފަރުވާދެނީ
ކޮރޯނާވައިރަސް ޖެހުނު މީހަކަށް ފަރުވާދެނީ
ސޯޝަލް މީޑިއާ
ކޮރޯނާވައިރަސް - ވޫހާން
ބަލި ފެތުރުމުގެ ކުރިން ސަރުކާރުން ބަލީގެ ވާހަކަ ހާމައެއް ނުކުރޭ: ވޫހާންގެ މޭޔަރު
 
ބައްޔާއި ގުޅޭގޮތުން ސަރުކާރުން މައުލޫމާތު ހާމަކުރަމުން ދާ ރޭޓާއި މެދު އާންމުން ތިބީ ހިތްހަމަނުޖެހިފައި

ޗައިނާގެ ހޫބޭ ޕްރޮވިންސްގެ ވޫހާން ސިޓީގައި ހަލުވިކަމާއެކު ފެތުރެމުންދާ ކްރޯނާ ވައިރަސް ފެތުރެން ފެށުމުގެ ކުރިން އެ ވާހަކަ ސަރުކާރުން ހާމަނުކޮށް ހިފަހެއްޓި ކަމަށް ވޫހާން ސިޓީގެ މޭޔަރު ވިދާޅުވެއްޖެއެވެ.

ވޫހާންގެ މޭޔަރު ޒޯއު ޒިއަންވަންގ ވިދާޅުވެފައިވަނީ ބައްޔާއި ގުޅޭގޮތުން ސަރުކާރުން މަޢުލޫމާތު ހާމަކުރަމުން ދާ ރޭޓާމެދު ޢާންމުން ހިތްހަމަނުޖެހިފައި ތިބިކަމަށެވެ. އަދި ވަގުތު އޮއްވާ ސަރުކާރުން މި ކަންކަމުގެ ވާހަކަތައް ހާމަނުކޮށް ފޮރުވިކަމަށް އޭނާ ވަނީ މައި ސަރުކާރަށް ތުހުމަތު ކުރައްވާފައެވެ.

މޭޔަރު ވިދާޅުވީ ނުރައްކާތެރި ބަލިތަކާއި ގުޅޭގޮތުން ޗައިނާގެ ޤާނޫނުގައި ބުނެފައިވަނީ ނެޝަނަލް ހެލްތު ޑިޕާރޓްމަންޓަށް ބަލިފެތުރެމުން ލޯކަލް ގަވަމަންޓްއިން އަންގަން ޖެހޭ ކަމަށާއި، އެކަން ރަސްމީކޮށް ހާމަކުރުމުގެ ކުރިން ސްޓޭޓް ކައުންސިލުން އެކަމުގެ ހުއްދަ ދޭން ޖެހޭކަމަށެވެ.

މޭޔަރު ވިދާޅުވީ ވޫހާން ސިޓީން ބޭރަށް ދެވޭގޮތަށް ނިންމި ނިންމުމަކީ މީގެ ކުރިން ނަގާފައިނުވާ ބޮޑު ނިންމުމެއް ކަމަށާއި، އެކަމުގެ ޒިންމާ އޭނާ އުފުލާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
75%
25%
0%
0%
ކޮމެންޓް