ކ. މާލެ
|
28 ޖެނުއަރީ 2020 | އަންގާރަ 17:40
ފުނަދޫ އެއަރޕޯޓު - މިއެއަރޕޯޓަށް ޓެސްޓް ފްލައިޓް ވަނީ ޖައްސާފައި
ފުނަދޫ އެއަރޕޯޓު - މިއެއަރޕޯޓަށް ޓެސްޓް ފްލައިޓް ވަނީ ޖައްސާފައި
ޓްވިޓަރ
ށ ފުނަދޫ
މޯލްޑިވިއަނުން ށ ފުނަދުއަށް އަންނަ މަހުގެ 3 ގައި ދަތުރުތައް ފަށަނީ
 
ފުނަދޫ އެއަރޕޯޓް ރަސްމީކޮށް ހުޅުވުމަށް ހަމަޖެހިފައިވަނީ އަންނަ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު
 
އެއްކޮޅު ޓިކެޓްގެ އަގަކީ 850 ރުފިޔާ

ޤައުމީ އެއަރ ލައިން މޯލްޑިވިއަނުން ށ ފުނަދުއަށް އަންނަ ފެބްރުއަރީ މަހުގެ 3 ވަނަ ދުވަހު ދަތުރުތައް ފަށާނެ ކަމަށް އެ އެއަރ ލައިނުން ބުނެފިއެވެ.

މޯލްޑިވިއަނުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ މާލެއިން ފުނަދުއަށް ދިޔުމަށް އެއްކޮޅު ޓިކެޓުގެ އަގަކީ 850 ރުފިޔާ ކަަމަށެވެ. ފުނަދުއަށް ޓެސްޓް ފްލައިޓް ޖައްސާފައިވަނީ މިމަހުގެ 24 ވީ ހުކުރު ދުވަހުއެވެ. ފުނަދޫ އެއަރޕޯޓް ރަސްމީކޮށް ހުޅުވުމަށް ހަމަޖެހިފައިވަނީ އަންނަ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފައިވަނީ ފުނަދޫ އެއަރޕޯޓަށް ފުރަތަމަ، ހަފުތާއަކު ތިން ފްލައިޓު ދަތުރުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މާރޗް މަސް ނިމެންވާއިރަށް ދުވާލަކު ތިން ފްލައިޓަށް ބަދަލުވެގެންދާނެކަމަށް އުންމީދު ކުރެވޭ ކަމަށް ވެސް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ބުނެފައެވެ.

ފުނަދޫ އެއަރޕޯޓުގެ ރަންވޭގެ ދިގުމިނުގައި 1،200 މީޓަރު އަދި ފުޅާމިނުގައި 30 މީޓަރު ހުރެއެވެ. ޓެކްސީވޭގައި 90 މީޓަރު ހުންނައިރު، އޭޕްރަންގެ ފުޅާމިނަކީ 50 މީޓަރެވެ. އެ އެއަރޕޯޓުގެ އޭޕްރަންގެ ދިގު މިނަކީ 150 މީޓަރެވެ.

އެމްޓީސީސީން ތަރައްޤީކޮށްފައިވާ މިއެއަރޕޯޓް ތަރައްޤީ ކުރުމުގެ މަސައްކަތް ފަށާފައިވަނީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީނުގެ ސަރުކާރުގައެވެ. ފުނަދޫ އެއަރޕޯޓު އެޅުމަށް 89 މިލިއަން ރުފިޔާ ދައުލަތުން ވަނީ ޚަރަދުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް