ކ. މާލެ
|
28 ޖެނުއަރީ 2020 | އަންގާރަ 13:03
އައިޖީއެމް ހޮސްޕިޓަލުގެ ނަރުހުން
އައިޖީއެމް ހޮސްޕިޓަލުގެ ނަރުހުން
ރާއްޖެއެމްވީ
ވޫހާން ކޮރޯނާވައިރަސް
ރާއްޖެއިން ކޮރޯނާވައިރަސް ނުފެނޭ، ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފިން: އެޗްޕީއޭ
 
ޗައިނާގެ އިތުރުން 17 ގައުމެއްގައި މިބަލި ވަނީ ފެނިފައި
 
އެއަރޕޯޓުގެ އިތުުރުން ސީޕޯޓުގައި ވެސް ދަނީ ތަރމަލް ކެމެރާ ބޭނުންކުރަމުން
 
ދަތުރުވެރިންގެ ހަށިގަނޑުގެ ބޭރުފުށުގެ ފިނި ހޫނުމިން ހުރި މިންވަރު ދެނެގަތުމަށް ތާރމަލް ކެމެރާ ބޭނުންކުރަން ފެށުން

ދިވެހި ރާއްޖެއިން ކޮރޯނާ ވައިރަސް އަށް ޝައްކު ކުރެވޭ މީހަކު މިހާތަނަށް ފެނިފައެއް ނުވާކަމަށާއި, މިބަލިން ރައްކާތެރިވުމުގެ ގޮތުން ރައްކާތެރިކަމުގެ ފިޔަވަޅު ރާއްޖޭގައި އަޅަމުން ދާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

ބަލިން ރައްކާތެރިވުމަށް ރާއްޖެއިން އަޅާފައިވާ ފިޔަވަޅުތައް:

  • ވެލާނާ އިންޓަނޭޝަނަލް އެއަރޕޯރޓްގައާއި ގަން އިންޓަނޭޝަނަލް އެއަރޕޯޓްގައި ދަތުރުވެރިންގެ ހަށިގަނޑުގެ ބޭރުފުށުގެ ފިނި ހޫނުމިންހުރި މިންވަރު ދެނެގަތުމަށް ތާރމަލް ކެމެރާ ބޭނުންކުރުން. އަދި އެއަރޕޯރޓްތަކުގެ ޓާރމިނަލްގައި ތާރމަލް ކެމެރާއިން ހުން ހުރިކަމަށް ދައްކާ ފަސިންޖަރުން ސްކްރީންކުރުމުގެ އިންތިޒާމު ހަމަޖެއްސުމާއި ބައްޔަށް ޝައްކުކުރެވޭ އަދި ބަލީގެ އަލާމާތްތައް ފެންނަ ފަރާތްތަކަށް ރައްކާތެރިކަމާއެކު ފަރުވާދިނުމުގެ އިންތިޒާމު ހަމަޖެއްސުން.
  • މިބައްޔަށް ޝައްކުކުރެވޭ މީހަކު ފެނިއްޖެނަމަ ޢަމަލުކުރަން ޖެހޭ ގޮތުގެ ގައިޑްލައިންތައް ތައްޔާރުކޮށް ކަމާބެހޭ ފަރާތްތަކަށް ފޯރުކޮށްދިނުން. މިގޮތުން އެއަރޕޯރޓްގައި މަސައްކަތްކުރާ މުއައްސަސާތަކަށާއި، މިނިސްޓްރީ އޮފް ޓޫރިޒަމް މެދުވެރިކޮށް ޓޫރިސްޓް ރިސޯޓްތަކަށާއި ލޯކަލްގެސްޓް ހައުސްތަކަށާއި އަދި ފަތުރުވެރިކަމާ ގުޅޭ އެހެނިހެން ޖަމުޢިއްޔާ ޖަމާޢަތްތަކަށް ފޯރުކޮށްދިނުން
  • ސްކްރީން ކުރެވޭ ފަސިންޖަރުންގެ ތެރެއިން މިބަލީގެ ސަވައިލަންސް ކްރައިޓީރިޔާއަށް ފެތޭ ފަސިންޖަރުންނަށް ފަރުވާ ދިނުމަށް ޚާއްސަތަނެއް ބޭނުންވާ ވަސީލާތްތަކާއެކު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯރޓް އާއި ހުޅުމާލޭގައި އަދި ދަރުމަވަންތަ ހޮސްޕިޓަލުގައި ޤާއިމުކުރުން
  • ބައްޔާބެހޭ މައުލޫމާތު އޮޅުން ފިލުވައިދިނުމަށާއި އާންމުންގެ ސުވާލުތަކަށް ޖަވާބުދީ ކަންކުރަންވާގޮތްތައް އޮޅުން ފިލުވައިދިނުމަށް ހޮޓްލައިން 7377004 މި ނަމްބަރުގެ ޚިދުމަތް ފެށުން. އަދި ބައްޔާބެހޭ ޢާންމު މަޢުލޫމާތު މީޑިއާ އާއި މީސް މީޑިއާ މެދުވެރިކޮށް ދިނުން

މިކަމާއި ގުޅިގެން މީގެކުރިން ހެލްތް މިނިސްޓަރު ވިދާޅުވީ ކޮރޯނާ ވައިރަސްއަށް ޝައްކުކުރެވޭ މީހަކު ފެނިއްޖެނަމަ އެމީހަކު އެކެހެރިކޮށް ދެން އަޅާނެ ފިޔަވަޅުތަކާމެދު މިހާރު ބަލަމުންދާކަމަށެވެ. އެގޮތުން ޑަބްލިއުއެޗްއޯއާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށާއި ކޮރޯނާވައިރަސްއިން ރައްކާތެރިވުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ތައްޔާރުވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ކޮރޯނާއަށް ޝައްކުވެއްޖެ މީހަކު ފެނިއްޖެނަމަ އެއަރޕޯޓުގައި އައިސޮލޭޓް ކުރެވޭނެ ނިޒާމާއި، ދާއިމީ އައިސޮލޭޝަނަކަށް ގެންދެވޭނެ ގޮތް މިހާރު ހަމަޖެހިފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.

ޗައިނާގެ ހޫބޭ ޕްރޮވިންސްގެ ވުހާން ސިޓީގައި ފެތުރެމުންދިޔަ ނޭވާލާ ނިޒާމަށް އަސަރުކުރުވާ ގޮތްނޭނގޭ ބައްޔަކީ ކޮރޯނާވައިރަސް ޢާއިލާގެ އަލަށް ފެނުނު ވައިރަހެކެވެ.

އެންމެ ފަހުގެ މައުލޫމާތަށް ބަލާއިރު މުޅި ދުނިޔެއިން 4577 މީހުންނަށް މިބަލި ޖެހިފައިވާކަމަށް ކަށަވަރުކުރެވިފައިވާކަމަށެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
67%
0%
33%
0%
ކޮމެންޓް