ކ. މާލެ
|
28 ޖެނުއަރީ 2020 | އަންގާރަ 08:45
ތަރމަލް ސްކްރީނިން މޮނީޓަރެއް
ތަރމަލް ސްކްރީނިން މޮނީޓަރެއް
ގޫގުލް
ޗައިނާ-ސްރީލަންކާ
ޗައިނާ ފަތުރުވެރިންނަށް އޮންއެރައިވަލް ވިސާ ދިނުން ލަންކާއިން ހުއްޓާލައިފި
 
ބަލިން ރައްކާތެރިވުމަށް އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް އަޅާފައިވޭ: ސްރީލަންކާގެ ހެލްތް ޕްރޮޓެކްޝަން ބިއުރޯ
 
އެ ވައިރަސް ލަންކާ ފެތުރޭނެ ކަމުގެ ބިރެއް ނެތް

ޗައިނާ ފަތުރުވެރިންނަށް ސްރީ ލަންކާއިން އޮންއެރައިވަލް ވިސާ ދިނުން ހުއްޓާލައިފިއެވެ.

ބޭރުގެ މީޑިއާތަކުން ޚަބަރުފަތުރާ ގޮތުގައި ޗައިނާ ފަތުރުވެރިންނަށް ސްރީ ލަންކާއިން އޮންއެރައިވަލް ވިސާ ދިނުން ހުއްޓާލުމަށް ނިންމީ ޗައިނާގައި ފެތުރެމުންދާ "ކޮރޯނާ ވައިރަސް" ޖެހިފައިވާ މީހަކު ސްރީލަންކާއިން ފެނުމާއި ގުޅިގެންނެވެ. އެ ގައުމުގެ ސްރީލަންކާގެ ހެލްތް ޕްރޮޓެކްޝަން ބިއުރޯއިން ވަނީ އެކަން ކަށަވަރުކޮށްދީފައެވެ.

ސްރީލަންކާގެ ހެލްތް ޕްރޮޓެކްޝަން ބިއުރޯއިން ބުނެފައިވަނީ ކޮރޯނާ ވައިރަސް ޖެހިފައިވާ މީހަކު ސްރީލަންކާއިން ފެނުނު ނަމަވެސް، އެ ވައިރަސް އެ ގައުމުގައި އިތުރަށް ފެތުރިގެން ދިޔުމުގެ ފުރުސަތު ނެތް ކަމަށެވެ. އެ ވައިރަސް އެގައުމުގައި ނުފެތުރޭނެ ކަމަށް އެ އިދާރާއިން ބުނެފައިވާއިރު، އެ އިދާރާއިން އިތުރަށް ބުނެފައިވަނީ މި ބަލިން ރައްކާތެރިވުމަށް އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް އަޅާފައިވާކަމަށެވެ.

ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވްވެފައި ވަނީ، ޗައިނާގެ ހުބޭ ޕްރޮވިންސުން ލަންކާއަށް އެތެރެވި 43 އަހަރުގެ ޗައިނާގެ އަންހެނެކެވެ. އޭނާއަށް މިހާރު ފަރުވާ ދެމުންދާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ކޮރޯނާ ވައިރަސް އެންމެ ފުރަތަމަ ރިޕޯޓު ކުރެވިފައިވަނީ ޗައިނާގެ ވުހާން ސިޓީއިންނެވެ. މި ބަލީގެ ޝިކާރައަށްވެ، މިހާތަނަށް ޗައިނާއިން 80 އަށް ވުރެ ގިނަ މީހުން މަރުވެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
38%
50%
0%
13%
0%
ކޮމެންޓް