ކ. މާލެ
|
27 ޖެނުއަރީ 2020 | ހޯމަ 23:20
އިރާގުގައި ކުރެވެމުންދާ މުޒާހަރާ
އިރާގުގައި ކުރެވެމުންދާ މުޒާހަރާ
ސީ.އެން.އެން
އިރާޤު މުޒާހަރާ
އިރާޤު މުޒާހަރާގައި ހިނގާދިޔަ ކުރިމަތިލުންތަކުގައި 12 މަރު!
 
މުޒާހަރާތައް ފެށުނީ އޮކްޓޯބަރު މަހު
 
މުޒާހަރާ ކުރެވެމުންދަނީ އެގައުމުގެ ސަރުކާރާއި ދެކޮޅަށް

އިރާޤުގައި ފުލުހުންނާއި މުޒާހަރާގެ ބައިވެރިންނާއި މެދު ހިނގާދިޔަ ކުރިމަތިލުންތަކުގައި 12 މީހަކު މަރުވެއްޖެއެވެ.

އިރާޤުގައި ކުރަމުންދާ މި މުޒާހަރާގައި 12 މީހަކު މަރުވެފައިވާއިރު، ފާއިތުވި ތިން ދުވަހުގެ ތެރޭގައި 230 މީހުން ޒަޚަމްވެފައިވާ ކަމަށް އެޤައުމުގެ އިންޑިޕެންޑެންޓް ހައި ކޮމިޝަން ފޮރ ހިއުމަން ރައިޓްސްއާއި ޙަވާލާދީ އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވެއެވެ.

އިރާޤުގެ ވެރިރަށް ބަޣުދާދުގައި ކުރި މުޒާހަރާގައި ޖުމުލަ 9 މީހުން މަރުވިއިރު، ބަޣުދާދުގެ ދެކުނަށް އޮންނަ ޞަރަޙައްދެއް ކަމަށްވާ ނަޞީރިއްޔާގައި ތިން މީހަކު މަރުވެފައިވާ ކަމަށް އެ ކޮމިޝަނާއި ޙަލާދީ އަލްޖަޒީރާގައި ރިޕޯޓުކޮށްފައިވެއެވެ.

އިރާޤު ސަރުކާރާއި ދެކޮޅަށް އެޤައުމުގައި މުޒާހަރާ ކުރަން ފެށީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެތެރޭގައެވެ. އޮކްޓޯބަރު މަހުން ފެށިގެން މިހާތަނަށް މި މުޒާހަރާތަކުގައި 600 އަށް ވުރެ ގިނަ މީހުންގެ ފުރާނަ ގެއްލިފައިވެއެވެ.

މުޒާހަރާ ރޫޅާލުމަށް އެޤައުމުގެ ސަލާމަތީ ބާރުތަކުން އެކި ގޮތްގޮތަށް މަސައްކަތް ކޮށްފައިވެއެވެ. އެގޮތުން ކަރުނަ ގޭސް ބޭނުންކޮށް، އެޤައުމުގެ ސަލާމަތީ ބާރުތަކުން ދަނީ ބާރުގެ ބޭނުން ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް