ކ. މާލެ
|
27 ޖެނުއަރީ 2020 | ހޯމަ 23:35
އިންޑިއާއިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ހެލްކަޕްޓަރެއް
އިންޑިއާއިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ހެލްކަޕްޓަރެއް
އެމްއެންޑީއެފް
ދިވެހި އަސްކަރިއްޔާ
އަސްކަރީ ހެލިކޮޕްޓަރުތަކަށް ޚަރަދުކުރާނެ މުއްސަނދިކަމެއް ދައުލަތުގައި ނެތް: މިނިސްޓަރު މާރިޔާ
 
ގާނޫނާ ހިލާފަށް އެތެރެފައިވާ ބިދޭސީންގެ ފަރާތުން ސެކިއުރިޓީއަށް ބިރުވެރިކަން އެބައޮތް
 
ދައުލަތުން ކުރަންޖެހޭ މުހިންމު އަސާސީކަންކަން އެބަހުރި
 
ރާއްޖޭގައި ވަސީލަތްތައް ލިބެން ހުރި މިންވަރަށް ވިސްނަންޖެހޭ

އިންޑިއާއިން ރާއްޖޭގެ އަސްކަރިއްޔާއަށް ދީފައިވާ ހެލިކޮޕްޓަރުތަކުން ކުރަނީ ފައިދާ ކަމަށާއި، އެފަދަ ހެލިކޮޕްޓަރުތަކެއް ގެނައުމުގެ ޤާބިލުކަމެއް ދިވެހި ދައުލަތުގެ ނެތް ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގައި މިނިސްޓަރު މާރިޔާ ވިދާޅުވީ ރާއްޖޭގައި ވަޞީލަތްތައް ލިބެން ހުރި މިންވަރަށް ވިސްނަންޖެހޭ ކަމަށެވެ. މިނިސްޓަރު މާރިޔާ ވިދާޅުވީ ދައުލަތުގެ ޚަރަދުގައި ހެލިކޮޕްޓަރު ގެނައުމަށް ވުރެ، ދައުލަތުން ކުރަންޖެހޭ މުހިންމު އަސާސީ ކަންކަން އެބަހުރި ކަމަށެވެ.

އެގޮތުން ރަށެއް ބަނދަރެއް ނުހެދިގެން، ރަށަކަށް ސާފު ބޯފެން ފޯރުކޮށް ނުދެވިގެން، ވާރޭ ވެހިގެން މަގުތައް ފެންބޮޑުވެ، ރަށަކަށް އުދައަރައިގެން އެކަންކަމުން ރައްޔިތުން ސަލާމަތްކޮށް ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަށް ސަރުކާރުން މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އަދި ވިދާޅުވީ ބޯހިޔާވަހިކަމާއި، ނަރުދަމާގެ ޚިދުމަތް ނުލިބޭ ރަށްރަށް ވެސް އެބަހުރި ކަމަށެވެ. ރައްޔިތުން ދިރިއުޅޭ ކޮންމެ ތަނެއްގައި އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަކީ މިސަރުކާރުގެ އެއް ޢަމާޒު ކަމަށް މިނިސްޓަރު މާރިޔާ ވިދާޅުވިއެވެ.

ރަށަކަށް އުދައަރައި، ވާރޭވެހި ފެންބޮޑުވެ ނުވަތަ ކަނޑުމަތީގެ ޙާދިސާއެއް ހިނގި ނަމަވެސް، އަތޮޅުތެރޭގެ އެކިކަންކޮޅުތަކުގައި ރައްޔިތުންގެ ޚިދުމަތުގައި މަސައްކަތް ކުރަނީ އަސްކަރިއްޔާކަން ފާހަގަކުރައްވައި މިނިސްޓަރު މާރިޔާ ވިދާޅުވީ، ރައްޔިތުން ބޭނުންވަނީ އަވަސް ޚިދުމަތް ކަމަށެވެ. އަދި ކަނޑު ގަދަވާ ދުވަސްވަރު، މީހަކު ބަލިވެއްޖެނަމަ މާލެއަށް ނުވަތަ އެހެން ރަށެއްގެ ޚިދުމަތް ލިބޭ ރަނގަޅު ހޮސްޕިޓަލަކަށް ބަލި މީހާ ގެންގޮސް ދެނީ މި ހެލިކޮޕްޓަރުންކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. މިނިސްޓަރު ވިދާޅުވީ އިންޑިއާއިން ހަދިޔާކޮށްފައިވާ ހެލިކޮޕްޓަރުން ޤައުމަށާއި، ރައްޔިތުންނަށް ކުރަނީ ފައިދާ ކަަމަށެވެ.

ބައެއްގެ ފަރާތުން އެކަހަލަ އެހީތެރިކަމެއް ލިބޭ ކަމަށްވަންޏާ އެ އެހީތެރިކަމެއް ހޯދައިގެން ރައްޔިތުންނަށް ފައިދާވާނެ ގޮތަށް އެކަންކަން ކުރަން ރަނގަޅު ހަމަ. ހެލިކޮޕްޓަރުތަކުގަ ތިބޭ ބައެއް ވެސް ތިބެނީ ރައްޔިތުންގެ ގެތަކުގަ ކުއްޔަށް ހިފައިގެން. އެކިތަންތަނުގަ. ރައްޔިތުން ކައިރީގަ. ވަކި ބޭސްއެއްގައެއް ނޫން.
ޑިފެންސް މިނިސްޓަރު މާރިޔާ

މިނިސްޓަރު މާރިޔާ ވިދާޅުވީ ރާއްޖޭގެ ސެކިއުރިޓީއަށް ބިރުވެރިކަން އޮތީ އިންޑިއާ ސިފައިން ހެލްކަޕްޓަރު ބޭނުންކުރާތީ ނޫން ކަމަށާއި، ފާއިތުވެދިޔަ ސަރުކާރުތަކުގެ އިހުލާމާލުން ރާއްޖެއަށް ގާނޫނާ ގަވާއިދާ ހިލާފަށް އެތެރެފައިވާ ލައްކައެއްހާ ބިދޭސީންގެ ފަރާތުން ކަމަށެވެ.

އަޅުގަނޑުމެންގެ އަސްކަރިއްޔާގައި ނުތިއްބަވާ ބޭރުގެ ބޭފުޅުންނެއް. އަޅުގަނޑުމެންގެ އަސްކަރިއްޔާއަކީ ދިވެހިން ތިބޭ އަސްކަރިއްޔާއެއް. ސަރުކާރާ އިދިކޮޅު ބޭފުޅުން އެދައްކަވާ ވާހަކައަކީ ހަމަޖެހޭ ވާހަކައެއް ނޫން. އަޅުގަނޑުމެންގެ ރާއްޖޭގައި ނޯންނާނެ އެހެން ބޭރު ފާރާތެއް އަސްކަރީ ބޭސްއެއް ވެސް. އެއީވެސް ހަމަ އެބޭފުޅުން ރައްޔިތުންނަށް އޮޅުވާލަން ދައްކުވާ ވާހަކަ.
ޑިފެންސް މިނިސްޓަރު މާރިޔާ

ރާއްޖޭގެ ކަނޑުގެ ޞަރަޙައްދު މޮނިޓަރ ކުރާ ގޮތަށް އަލިއަޅުއްވާލައްވާ މިނިސްޓަރު މާރިޔާ ވިދާޅުވީ ރާއްޖޭގެ 99 އިންސައްތަ އަކީ ކަނޑު ކަމަށްވާއިރު، މުޅި ޞަރަޙައްދު މޮނިޓަރ ކުރުމުގައިގޮންޖެހުންތައް ކުރިމަތިވާ ކަމަށެވެ. ނަމަވެސް 24 ގަޑިއިރު މޮނީޓަރ ކުރާނެ ކަމަށާއި، މަސައްކަތް ކުރަނީ ވީހާ ވެސް ރަނގަޅަށް އެމަސައްކަތް ކުރުމަށް ކަމަށް މިނިސްޓަރު މާރިޔާ ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
67%
33%
0%
0%
0%
ކޮމެންޓް
28 ޖެނުއަރީ 2020 | އަންގާރަ 08:49
ނަޖްވާ
މީ ދެން ލަދެއް ދޯ އެހެން މީހުންގެ މުއްފަތުން އުޅެން! ސައުތު އޭސިޔާގެ ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ބޮލަކަށް ޖެހޭ އެންމެ މަތީ ޤައުމުގައި މިހާރު މި ދަރަޖައިގަ އުޅޭކަން ނުޖެހޭ އެނގިއްޖެތަ! އަގު ބޮޑު ރިސޯޓުތަކުން ހަބޭހަށް ޓެކްސް ނަގައިގެން ދައުލަތުގެ މި ކަންކަން ރަނގަޅު ކުރަންވީ! ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް ކޯޕަރޭޓް ޓެކްސް ރޭޓު އުޅޭނީ މަދުވެގެން 33 އިން ސައްތައިގަ! ތި ރިސޯޓު އޯނަރުން މުއްސަނދީ މުއްސަނދި ކަމަކަށް ނޫން! އެއީ އަހަރުމެން އެންމެންގެ މުދާ! ބޭންކު ފައިނޭންސް ހޯދައިގެން ހަދާ އިންވެސްޓްމަންޓުތައް ރިކަވަރ ވޭ ގިނަވެގެން އަށް އަހަރުން ދެން 99 އަހަރުން ބާކީ ހުރި ހުރިހާ އަހަރުތަކަކީ އެމީހުންނަށް ލިބޭ ފައިދާ! މީކީ މިކަން އޮންނަން ޖެހޭނެ ގޮތެއް ނޫން! ހެލިކޮޕްޓަރުވެސް އަދި ހަމަ ޤައުމުގެ ސަލާމަތާ ރައްކާތެރި ކަމަށް ބޭނުންވާ އެހެން ކަންކަންވެސް މިހާރު އަމިއްލައަށް ކުރެވެން ޖެހޭނެ!