ކ. މާލެ
|
27 ޖެނުއަރީ 2020 | ހޯމަ 21:15
ކަރެކްޝަނަލް ސަރވިސްގެ މީޑިޔާ އޮފިސަރުގެ މަގާމަށް ޔުސްރީން އައްޔަނުކުރުމުގެ ލިޔުން ހަވާލުކުރަނީ
ކަރެކްޝަނަލް ސަރވިސްގެ މީޑިޔާ އޮފިސަރުގެ މަގާމަށް ޔުސްރީން އައްޔަނުކުރުމުގެ ލިޔުން ހަވާލުކުރަނީ
ޓްވިޓަރ
ކަރެކްޝަނަލް ސަރވިސް
ކަރެކްޝަނަލް ސަރވިސްގެ މީޑިއާ އޮފިސަރުގެ މަޤާމަށް އާމިނަތު ޔުސްރީން އަޙްމަދު
 
މީގެކުރިން އެހެން ތަންތާންގައިވެސް މީޑިޔާ އޮފިސަރުގެ މަގާމު ޔުސްރީން ވަނީ އަދާކޮށްފައި
 
ޔުސްރީން ވަނީ މީޑިއާ ސްޓަޑީޒް އިން މާސްޓަރސް ޑިގްރީ އަދި މާސް ކޮމިއުނިކޭޝަން ދާއިރާއިން ބެޗްލަރސް ޑިގްރީ ހާސިލްކޮށްފައި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މީޑިއާ އޮފިސަރުގެ މަޤާމަށް ސިވިލް އެސިސްޓަންޓް އެގްޒަކެޓިވް އާމިނަތު ޔުސްރީން އަޙްމަދު ހަމަޖައްސައިފިއެވެ.

ޔުސްރީން ވަނީ މީޑިއާ ސްޓަޑީޒް އިން މާސްޓަރސް ޑިގްރީ އަދި މާސް ކޮމިއުނިކޭޝަން (ޖަރނަލިޒަމް އެންޑް ޕަބްލިކް ރިލޭޝަންސް) ދާއިރާއިން ބެޗްލަރސް ޑިގްރީ ޙާޞިލުކޮށްފައެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މީޑިއާ އެންޑް ޕަބްލިކް ރިލޭޝަންސް ސެކްޝަންގެ ސީނިއަރ ސިވިލް އޮފިސަރ ގެ މަޤާމު އަދާކުރި ޔުސްރީން ވަނީ މީގެކުރިން އެހެން ތަންތާނގައިވެސް މީޑިއާ އޮފިސަރުގެ މަޤާމު އަދާކޮށްފަ އެވެ.

އެގޮތުން ބޭންކް އޮފް މޯލްޑިވްސް އަދި ސިވިލް ސަރވިސް ކޮމިޝަނުގެ މީޑިއާ އޮފިސަރުގެ މަޤާމު ޔުސްރީން ވަނީ އަދާކޮށްފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް