ކ. މާލެ
|
27 ޖެނުއަރީ 2020 | ހޯމަ 15:23
ނޮވެމްބަރގެ ކްރޫން
ނޮވެމްބަރގެ ކްރޫން
ފޭސްބުކް
ދިވެހި ފިލްމު ނޮވެމްބަރ
ނޮވެންބަރގެ ޝޫޓިން ނިންމާލައިފި
 
އެންމެ ފަހުން ސްކްރީން ކުރި ފިލްމަކީ ''މާމުއި''
 
ފިލްމުގައި ގިނަ ކާސްޓުންތަކެއް ހިމެނޭ
 
ފިލްމު ރިލީޒްކުރާނެ ތާރިހެއް ނުދާނެ

މޮޅެތި ފިލްމުތަކެއް ބެލުންތެރިންނާ ހަމަޔަށް ގެނެސްދީފައިވާ ޑާރކްރެއިން އެންޓަޓެއިންމެންޓުގެ ކުރިޔަށް އޮތް ފިލްމު "ނޮވެންބަރ" ގެ ޝޫޓިން ނިންމާލައިފިއެވެ.

ފިލްމާއި ބެހޭ ގޮތުން ރާއްޖެޓީވީގެ ''ލުއި ޚަބަރު'' އަށް ފޯނުން ދިން އިންޓަވިއުއެއްގައި އެ ފިލްމުގެ ޕްރޮޑިއުސަރު މުޙައްމަދު ޢަލީ (މޮގަރ) ބުނީ، ހުރިހާ މަންޒަރެއް ކަހަލަ ގޮތަށް ނަގާ ނިމިފައިވާ ކަމަށެވެ. ފިލްމުގެ އެންމެ ފަހުގެ މަންޒަރު ނަގާފައިވަނީ ފްލައިޓެއްގެ ތެރޭގައެވެ.

''ނޮވެންބަރ''ގެ މަންޒަރުތައް ރާއްޖޭގެ އިތުރުން ސިންގަޕޫރުގައި ވަނީ ޝޫޓްކޮށްފައެވެ. ސިންގަޕޫރުގެ ހިތްގައިމު ޞަރަޙައްދު ތަކުގައި ކުރިޔަށް ގެންދިޔަ އެ ޝޫޓިންގައި ކުރީގެ މަޝްހޫރު ތަރި އިސްމާއިލް ވަޖީހުގެ އިތުރުން އޭނާގެ ފިރިހެން ދަރިފުޅު ތަރީޝް އިސްމާއިލް ވެސް ބައިވެރިވެއެވެ. މިއީ ވަޖީހުގެ ދަރިފުޅު ފިލްމަކުން ފެންނާނެ ފުރަތަމަ ފަހަރެވެ.

"ނޮވެންބަރު"ގެ މަންޒަރުތައް ކުރިން ވަނީ ކ. ތުލުސްދޫ، އައްޑޫ އިތުރުން ލ އަތޮޅުގެ ދެ ރަށެއްގައި ވެސް ނަގާފައެވެ. އޭގެ އިތުރުން މާލޭގައި ފިލްމުގެ ޝޫޓިން ވަނީ ކުރިޔަށް ގެންގޮސްފައެވެ.

އަހްމަދު ތޮލާލާއި، އައިޝަތު ފުއާދުގެ ސްކްރީން ޕްލޭއަކަށް އައިޝަތު ފުއާދު އަދި އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކުރާ އެ ފިލްމު ބެލުންތެރިންނާ ހަމަޔަށް އަންނާނެ ތާރީހެއް އަދި އިއުލާން ނުކުރޭއެވެ. ޑާކްރެއިން އިން އެންމެ ފަހުން ސްކްރީން ކުރީ ކޮމެޑީ ފިލްމު "މާމުއި" އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ޓުއަރިޒަމް މިނިސްޓްރީއަށް 25 ސިޔާސީ ބޭފުޅުން، މުސާރައަށް މަހަކު 7 ލައްކައަށްވުރެ ގިނަ ރުފިޔާ
ރައީސް މުއިއްޒުގެ ރޯލް މޮޑެލްއަކީ އަބްދުއްރަހީމް، ދެން މިގައުމުގެ ކަންކަން ދާނެ ގޮތް ރައްޔިތުން ތަސައްވުރު ކުރައްވާ: ޔާމީން
އިންތިހާބުވާ ޕާޓީ ނޫން ޕާޓީއަކަށް ސޮއިކޮށްފިނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލެންވާނެ ކަމަށް 73 އިންސައްތަ މީހުން ގަބޫލުކުރޭ
ނަމާދަށް އިސްކަންދީ، ތިބާ ބުނެއުޅޭ ވާހަކަތަކަކީ ﷲ ރުއްސަވާ ވާހަކަތަކަކަށް ހެދުމަށް ޚުތުބާގައި ގޮވާލައިފި
ދެރަށެއްގެ އެއާޕޯޓު ތަރައްގީކުރުމާއި ތިން ރަށެއްގެ ސަރވޭ ކުރުމާއި ޑިޒައިން އަދި އީއައިއޭ މަސައްކަތް ކުރުމަށް އެމްޓީސީސީއަށް
މަޖިލީހުގެ މެންބަރުންގެ އަދަދު މަދުކުރަންޖެހޭކަމަށް 68 އިންސައްތަ މީހުން ގަބޫލުކުރޭ - އެޗްއާރުސީއެމް
އައްޑޫ ސިޓީ ކައުންސިލްގެ މެންބަރުން ބަދުނާމުކުރުމުގެ ނިޔަތުގައި ހަބަރުފަތުރާފައިވާތީ އެކަން ކުށްވެރިކޮށްފި
އެހާ އިޚުލާސްތެރިނަމަ "އުޑުގައި ނުޖެހި ބިމުގައި ނުޖެހި" މައްސަލަ ބަލަން ގޮވާލައްވާނެ