ކ. މާލެ
|
27 ޖެނުއަރީ 2020 | ހޯމަ 12:36
އޭސް ޓްރެވަލްސްއާއެކު އެއްބަސްވުމުގައި ސޮއިކުރަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
އޭސް ޓްރެވަލްސްއާއެކު އެއްބަސްވުމުގައި ސޮއިކުރަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
އޯރކާ މީޑިއާ ގްރޫޕު
ގޯލްޑް 100 ގާލާ
ގޯލްޑް 100 ގާލާ އަދި ބިޒްނަސް އެކްސްޕޯގެ ގޯލްޑް ޕާޓްނަރަކަށް އޭސް ޓްރެވަލްސް
 
މި ދެ އިވެންޓުވެސް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ފެބްރުއަރީ މަހުގަ
 
ބިޒްނަސް އެކްސްޕޯއަކީ ވިޔަފާރިވެރިންނަށް އަމާޒުކުރެވިގެން ބާއްވާ ޓްރޭޑް ޝޯއެއް
 
ގޯލްޑް 100 އަކީ ވިޔަފާރިވެރިންނާއި ވިޔަފާރިތަކުގެ އަގުވަޒަންކޮށް އެކުލަވާލާ ލިސްޓެއް

އޯރކާ މީޑިއާ ގްރޫޕުން އިންތިޒާމްކޮށްގެން ބާއްވާ "ގޯލްޑް 100 ގާލާ" އާއި "ބިޒްނަސް އެކްސްޕޯ 2020" ގެ ގޯލްޑް ޕާޓްނަރަކަށް އޭސް ޓްރެވަލްސް މޯލްޑިވްސް ހަމަޖައްސައިފިއެވެ.

މި އެއްބަސްވުމުގައި އޭސް ޓްރެވަލްސް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ކަންޓްރީ މެނޭޖަރު ރޯޝަން މަދުރަވަލައެވެ. އޯރކާ މީޑިއާ ގްރޫޕުގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ޑރ. ހުސައިން ސަނީ އުމަރެވެ.

ގޯލްޑް 100 އަދި ގޯލްޑް 100 ގާލާއަކީ ރާއްޖޭގެ ވިޔަފާރީގެ ދާއިރާގައި މަސައްކަތްކުރާ ހިންގުންތެރި ލީޑަރުންގެ އަގުވަޒަންކޮށް، އެކުލަވާލާ ލިސްޓެކެވެ. 2019 ވަނަ އަހަރުގެ ގޯލްޑް 100 ލިސްޓުގައި ހިމެނުނު ފަރާތްތައް އިއުލާންކުރާނި، އަންނަ މަހުގެ 25 ވަނަ ދުވަހު ދަރުބާރުގޭގައި ބާއްވާ ހަފުލާއެއްގައެވެ.

އޭގެ އިތުރުން، ބިޒްނަސް އެކްސްޕޯއަކީ ރާއްޖޭގެ އެންމެ ފުންނާބު އުސް ވިޔަފާރީގެ ހަބަރު ގެނެސްދޭ މަޖައްލާ ކަމުގައިވާ ކޯޕަރޭޓް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބާއްވާ ޓްރޭޑް ޝޯއެކެވެ. 150 އެގްޒިބިޓަރުންނާއި 3000 ބައިވެރިންނާއެކު ބާއްވާ މި ޓްރޭޑް ޝޯ އޮންނާނީ އަންނަ މަހުގެ 23 އިން 24 އަށެވެ.

ބިޒްނަސް އެކްސްޕޯއަކީ ވިޔަފާރިވެރިންގެ ވިޔަފާރިތަކަށް އައު ހަރުފަތަކަށް ގެންދިއުމަށް ލިބޭ ރަނުގެ ފުރުސަތެކެވެ. އަދި މި އެކްސްޕޯއަކީ އައު ވިޔަފާރީގެ ގުޅުންތައް އުފެއްދުމާއި، ވިޔަފާރީގެ ވިއުގަ ފުޅާކުރުމުގެ އިތުރުން ވިޔަފާރީގެ އައު ކަންކަން ދަސްކުރުމަށް ހާއްސަ އަހައްމިއްޔަތުކަމެއް ދީގެން ކުރިޔަށްދާ ޝޯއެކެވެ.

Advertisement
0%
0%
0%
0%
0%
0%
ކޮމެންޓް