ކ. މާލެ
|
23 މާރޗް 2017 | ބުރާސްފަތި 17:10
އަންހެނުންނަށް ތެޔޮގުޅަ މާކެޓް ކުރަމުންދަނީ ޕޭރެންޓަލް ސަޕްލިމެންޓެއްގެ ގޮތުގައި
އަންހެނުންނަށް ތެޔޮގުޅަ މާކެޓް ކުރަމުންދަނީ ޕޭރެންޓަލް ސަޕްލިމެންޓެއްގެ ގޮތުގައި
ގޫގުލް
ދިރާސާ
ތެޔޮގުޅައަކީ ކުދިން ތޫނުފިލި ކުރުވާ އެއްޗެއްތަ؟
 
މި ދިރާސާގެ ބައިވެރިންނަށް ކޮންމެ ދުވަހަކު ތެޔޮގުޅަ ދެމުން ގެންދިއަ

މާބަނޑު ދުވަސްވަރު ބޮޑުމަހު ތެޔޮ ނުވަތަ އާއްމުކޮށްކިޔާ ތެޔޮގުޅަ ބޭނުންކުރުމަކީ ތުއްތުދަރިފުޅުގެ ސިކުނޑި ތަރައްގީވާ ކަމެއް ނޫން ކަމަށް އާ ދިރާސާއަކުން ދައްކައިފިއެވެ.

ތެޔޮގުޅަ އަންހެނުންނަށް މާކެޓް ކުރަމުންދަނީ ޕޭރެންޓަލް ސަޕްލިމެންޓެއްގެ ގޮތުގައެވެ. ނަމަވެސް 10 އަހަރު ތެރޭ މާބަނޑު  25،000  އަންހެނުން ބޭނުންކޮށްގެން އޮސްޓްރޭލިއާއިން ހެދި ދިރާސާއިން ދައްކާ ގޮތުން މާބަނޑު މީހުން ތެޔޮގުޅަ ބޭނުންކުރުމަކުން ދަރިފުޅު ތޫނުފިލިވާކަމަކަށް ނުދައްކައެވެ.

ތެޔޮގުޅައިގެ ސަބަބުން މާބަނޑު ދުވަސްވަރު ދިގުލައިގެން ދިއުމަށް މަގުފަހިވާކަމަށް މި ދިރާސާގެ ތެރެއިން ފެނުނު ނަމަވެސް އެކަމަށް އިތުރު ދިރާސާތަށް ބޭނުންވާނެ ކަަަމަށް ދިރާސާ ޓީމުން ބުންޏެވެ.

"މާބަނޑު އަންހެނަކު ރަނގަޅު ސިއްހަތެއްގައި ހުރެ،ބެލެންސް ޑައެޓެއް ނަގާނަމަ ތެޔޮ ގުޅަ ކެއުމުން ލިބޭނެ ފައިދާއެއް ނެތް" ދިރާސާ ލިއުއްވި ކޯ ރައިޓަރ ޑރ ޖެކޮލިން ގުޑް ވިދާޅުވިއެވެ.

އޮސްޓްރޭލިއާގެ ސައުތު އޮސްޓްރޭލިއަން ހެލްތް އެންޑް މެޑިކަލް ރިސަރޗް އިންސްޓިޓިއުޓުން މި ރިސަރޗް ހެދުމުގައި އަންހެނުން މާބަނޑުވީއްސުރެ އެމީހުން ވިހައި، ކުއްޖާގެ އުމުރުން ހަތް އަހަރުވަންދެން ބަލަމުން ގެންގޮސްފައިވެއެވެ.

މި ދިރާސާގެ ބައިވެރިންނަށް ކޮންމެ ދުވަހަކު ތެޔޮގުޅަ ދެމުން ގެންދިއައެވެ

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
50%
50%
0%
0%
0%
ކޮމެންޓް