ކ. މާލެ
|
27 ޖެނުއަރީ 2020 | ހޯމަ 01:32
އެންވަޔަރަމެންޓް މިނިސްޓަރ
އެންވަޔަރަމެންޓް މިނިސްޓަރ
އެންވަރަންމަންޓް މިނިސްޓްރީ
އެންވަޔަރަމެންޓް މިނިސްޓްރީ
ތިމާވެށީގެ ގޮތުން ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް ބެލެހެއްޓުމުގެ އިންތިޒާމުތައް ހަމަޖައްސާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކޮށްފި
 
މިނިސްޓަރ ވަނީ މި ތިން ރަށުގެ ކުނި ކޮށްޓާއި ރަށް ގިރާ ސަރަހައްދަށް ޒިޔާރަތްކުރައްވާފަ
 
ތަނެއް ހިމާޔަތްކުރުމަކީ އެތަނެއް ރައްޔިތުންނަށް މަނާވެ ބަންދުވުމެއްނޫން: މިނިސްޓަރ
 
މަޤްސަދަކީ ހއ. ބާރަށު ކުޅި ސަރަހައްދާއި ހއ. ކެލާ ޗަސްބިން ސަރަހައްދަށް މެނޭޖްމަންޓް ޕްލޭނެއް އެކުލަވާލުން

ބޮޑުތިލަދުންމަތީގައި ތިމާވެށީގެ ގޮތުން ޙިމާޔަތްކޮށްފައިވާ ޞަރަޙައްދުތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމުގެ އިންތިޒާމުތައް ހަމަޖައްސާނެ ގޮތްތަކާ ގުޅޭގޮތުން އެ ޞަރަޙައްދުގެ ރައްޔިތުންނާ ބައްދަލުކޮށް މަޝްވަރާކުރުމަށްޓަކައި ހއ. ކެލާގައި ބައްދަލުވުން ބާއްވައިފިއެވެ.

އާދީއްތަ ދުވަހު ބޭއްވި މި ބައްދަލުވުމަކީ، އެންވަޔަރަންމަންޓް މިނިސްޓްރީއާއި ކަމާގުޅޭ ވުޒާރާތަކާއި އެލް.ޖީ.އޭ އިން ބޮޑުތިލަދުންމަތީގައި ކުރިއަށް ގެންދަމުންދާ ސިލްސިލާ މަސައްކަތު ބައްދަލުވުންތަކުގެ ތެރެއިން، ހއ. ކެލާގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުމެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ މި މަސައްކަތު ބައްދަލުވުމުގެ މަޤްޞަދަކީ ބޮޑުތިލަދުންމަތިން ހިމާޔަތްކޮށްފައިވާ 02 ޞަރަޙައްދެއް ކަމަށްވާ ހއ. ބާރަށު ކުޅި ޞަރަޙައްދާއި ހއ. ކެލާ ޗަސްބިން ޞަރަޙައްދަށް މެނޭޖްމަންޓް ޕްލޭނެއް އެކުލަވާލުން ކަމަށެވެ. އަދި މި ޕްލޭން އެކުލަވާލުމަށް ކެލާ، ފިއްލަދޫ، ބާރަށް، ތަކަންދޫ، ދިއްދޫ، ވަށަފަރު، ފިނޭ އަދި އުތީމުގެ ރައްޔިތުންނާއި ކަމާއި ގުޅޭ ފަރާތްތަކާއި އިދާރާތަކާއި މަޝްވަރާކޮށްފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

މިމަސައްކަތު ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެންވަޔަރަންމަންޓް މިނިސްޓަރ ޑރ ހުސެއިން ރަޝީދު ޙަސަން ވިދާޅުވީ ތަނެއް ހިމާޔަތްކުރުމަކީ އެތަނެއް ރައްޔިތުންނަށް މަނާވެ ބަންދުވުމެއް ނޫން ކަމަށެވެ. އަދި ހިމާޔަތްކުރުމުގެ ބޭނުމަކީ އެތަނެއްގެ އަޞްލު ނުގެއްލޭނެ ގޮތަށް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމުގެ އިތުރުން މިހާރުގެ ޖީލަށް އެތަނުން ލާބަ އާއި މަންފާ ހޯދައިދިނުން ކަމަށެވެ.

މި މަސައްކަތު ބައްދަލުވުމުގެ ހަވާސާގައި، މިނިސްޓަރ ވަނީ ތިލަދުންމަތީ އުތުރުބުރީގެ ތިން ރަށެއް ކަމުގައިވާ ދިއްދޫ، އުތީމު އަދި ވަށަފަރަށް ޒިޔާރަތްކުރައްވާފައެވެ. މިނިސްޓަރ ވަނީ މި ތިން ރަށުގެ ކުނި ކޮށްޓާއި، ރަށް ގިރާ ޞަރަޙައްދަށް ޒިޔާރަތްކުރެއްވުމަށްފަހު މި މައްސަލަތަކަށް އަވަސް ޙައްލެއް ހޯދުމަށް މަސައްކަތް ކުރައްވާނެކަމަށް މިނިސްޓަރ ވިދާޅުވެފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީއާއި ކަމާގުޅޭ އިދާރާތަކުން ބޮޑުތިލަދުންމަތީގައި ކުރިއަށް ގެންދާ ސިލްސިލާ މަސައްކަތު ބައްދަލުވުންތައް ހދ. ނޭކުރެންދޫ، ށ. ފުނަދޫ، އަދި ނ. ކެނދިކުޅޫދޫ ގައިވެސް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެ މިނިސްޓްރީން މަޢުލޫމާތުދެއެވެ. މި ބައްދަލުވުންތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 24 ން 30 ޖަނަވަރީ އަށެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
100%
0%
0%
0%
0%
0%
ކޮމެންޓް
27 ޖެނުއަރީ 2020 | ހޯމަ 10:33
15ޖުގ
ހުސޭނުމެން ތިޔަ ބަލަނީ މޮޅެތިހާ ފޮޓޯ ނެގޭތޯ.. ދެން މަހާސިންތާ ބޭއްވޭތޯ... ބައްލަވާ.. ބަސްމަދު ކުރައްވާފަ ޢަމަލު ގިނަ ކުރައްވާ..