ކ. މާލެ
|
27 ޖެނުއަރީ 2020 | ހޯމަ 01:25
ތުރުކީއަށް އައި ބިންހެލުމުގައި ވެއްޓުނު އިމާރާތްތަކުގެ ދަށުން މީހުން ހޯދުމުގެ މަސައްކަތް ކުރަނީ
ތުރުކީއަށް އައި ބިންހެލުމުގައި ވެއްޓުނު އިމާރާތްތަކުގެ ދަށުން މީހުން ހޯދުމުގެ މަސައްކަތް ކުރަނީ
ސީ.އެން.އެން
ތުރުކީ
ތުރުކީއަށް އައި ބިންހެލުމުގައި 36 މަރު
 
ބިންހެލުމުގައި 36 މީހުން މަރުވެ 1607 މީހުންނަށް ފަރުވާދެމުންދާ ކަމަށް އެގައުމުގެ ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފައިވޭ

ހުކުރު ދުވަހު ތުރުކީއަށް އައި ބިންހެލުމުގައި 36 މީހުން މަރުވެ, 1607 މީހުންނަށް އެކިވަރުގެ ޒަޚަމްތައް ލިބިގެން ފަރުވާދެމުންދާ ކަމަށް އެޤައުމުގެ ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފިއެވެ.

ހުކުރު ދުވަހުގެ ހަވީރު ތުރުކީގެ އިރުމަތީ އެލަޒިގް ޕްރޮވިންސްގެ ސިވްރައިސް ޓައުން ކައިރިން އައި މި ބިންހެލުމުގެ ބާރު މިނުގައި 6.7 މެގްނެޓިއުޑް ހުރިކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ހާމަކޮށްފައެވެ. މި ބިންހެލުމުގެ ސަބަބުން 10 ގެއެއް ބިމާ ހަމަވެފައިވާ އިރު، ގިނަ ޢިމާރާތްތަކަށް ވަނީ ގެއްލުންވެފައެވެ.

ބިންހެލުމުގެ ސަބަބުން ވެއްޓުނު ޢިމާރާތްތަކުގެ ދަށުން މިހާތަނަށް 45 މީހަކު ވަނީ ސަލާމަތްކޮށްފައެވެ. އަދި އެ އަވަށުގައި ހިމެނޭ 1521 ގެއެއް ވަނީ ބޭނުންކުރެވޭނެ ޙާލަތެއްގައި ހުރިތޯ ބެލުމަށް އިންސްޕެކްޓް ކޮށްފައެވެ. މީގެ އިތުރުން 76 ގެ ވެއްޓިފައިވާ އިރު، 645 ގެއަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ.

ޕްރިލިމިނަރީ ރިޕޯޓު ދައްކާގޮތުން ބިންހެލުމުގެ އަސަރު 40 ސިކުންތައް ދެމިގެން ދިޔައެވެ. މި ކާރިޘާއާއި ގުޅިގެން 3699 ސަރޗް އެންޑް ރެސްކިއު އެހީތެރިން ވަނީ އެކި ޞަރަޙައްދުތަކަށް ފޮނުވާލާފައެވެ. ތުރުކީއަށް އައި ބިންހެލުމަށްފަހުވެސް އިތުރު 15 ލޮޅުން އައިސްފައިވާ ކަމަށް ކަމާބެހޭ ފަރާރްތަކުން ބުނެފައިވާ އިރު، އެންމެ ބޮޑު ލޮޅުމުގައި ވެސް 5.4 މެގްނިޓިއުޑަށް ލޮޅުން އައިސްފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ. ބިންހެލުން އައިސްފައިވަނީ ބިމުގެ 10 ކިލީ މީޓަރު އަޑިންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް