ކ. މާލެ
|
26 ޖެނުއަރީ 2020 | އާދީއްތަ 23:51
މާލެ އާއި ހުޅުމާލެ އާއި ދޭތެރޭ ދަތުރުކުރާ ބަހެއް
މާލެ އާއި ހުޅުމާލެ އާއި ދޭތެރޭ ދަތުރުކުރާ ބަހެއް
ޝުއައިބް މުހައްމަދު އިގްބާލް
މާލޭ ސިޓީ
މިނީ ބަހުގެ ޚިދުމަތް އަންނަ މަހު މާލޭ ސިޓީ ގައި ފަށަނީ
 
މާލޭގެ އެތެރޭގެ ކުރާ ދަތުރުތަކަށް ރޫޓްތައް މިހާރު ކަނޑައެޅިފައިވާ ކަމަށް ވިދާޅުވި
 
ބަސްދަތުރުގެ ޚދުމަތް އަލުން ފަށަން ނިންމާފައިވަނީ ކާނިވާ ސަރަހައްދުން
 
މާލެއިން ހުޅުމާލެއަށް ކުރާ ބަސްދަތުރުތައް ގިނަ ރައްޔިތުން ބޭނުންކުރާކަން ފާހަގަ ކުރެއްވި

މިނީ ބަހުގެ ޚިދުމަތް އަންނަ މަހު މާލޭ ސިޓީގައި ފެށޭނެ ކަމަށް މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ "ފަލަ ސުރުޚީ ޕްރޮގްރާމުގައި ވާހަކަދައްކަމުން ޝަމާއު ވިދާޅުވީ މީގެ ކުރީގައިވެސް މާލޭގައި އެތެރޭގެ ދަތުރުތަކަށް ބަސް ދަތުރުތައް ފެށިގެން ދިޔަ ކަމަށާއި އޭރު ހެދިފައި ހުރި ސަރވޭ ތަކަށް ބަލާއިރު އެ ޚިދުމަތަކީ ރައްޔިތުން ވަރަށް ބޮޑަށް ބޭނުންވާ ޚިދުމަތެއް ކަމަށެވެ.

ޝަމާއު ވިދާޅުވީ މިހާރު މިހިނގާ ޕަބްލިކް ޓްރާންސްޕޯޓަށް ބަލާއިރު މާލެއިން ހުޅުމާލެއަށް ކުރާ ބަސްދަތުރުތަކުގެ ޚިދމަތް ގިނަ ރައްޔިތުން ބޭނުންކުރަމުންދާ ކަމަށެވެ.

މާލޭގައި ބަސްދަތުރުގެ ޚިދުމަތް އަލުން ފަށަން ނިންމާފައިވަނީ ކާނިވާ ޞަރަޙައްދުން ކަމަށެވެ. އެކަމުގެ ސަބަބުން އޮފީސްތަކުގައި މަސައްކަތް ކުރާ ފަރާތްތަކަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ ކަމަށް ޝަމާއު ވިދާޅުވިއެވެ.

އޭރަށް ދެ ރޫޓް އެ ތައާރަފް ކުރެވުނީ . ދެން ހަމަ އެއާއިއެކު މާލޭގެ އެތެރޭގެ ކުރާ ދަތުރުތަކަށް ރޫޓްތަކެއް މިހާރު ކަނޑައެޅިފައިހުރީ .އެއަށް ޖާގަ ހެދުމުގެ ގޮތުން ޕާކިން ލޮޓްތައް ހަދާ މަގުތަކުން ޕާކިން ލޮޓްތައް ނަގަމުން މިދަނީ. އެނގިވަޑައިގަންނަވާނެ ސޯސަންމަގު، އަމީނީ މަގުން މިހަރު ފެންނާނެ އެ ޖާގަ ތަނަވަސްކަން.އެހެންވީމާ އެގޮތަށް މަސައްކަތްތައް މި ކުރެވނީ ޕަބްލިކް ޓްރާންސްޕޯޓް ތަޢާރަފް ކުރުމަށްޓަކައި
މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް

ޝަމާއު ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި މާލޭ ސްކޭޕިން ޕްރޮޖެކްޓްގެ އޮފީސް ހުޅުވި ރައްޔިތުންނަށް އެކަމުގެ ފުރިހަމަ މައުލޫމާތު ލިބިގެންދާނެ ކަމަށެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
43%
29%
0%
29%
0%
0%
ކޮމެންޓް
27 ޖެނުއަރީ 2020 | ހޯމަ 13:45
ލލ
އަދި އެއްފަހަރު ޝަމާއު ކީއެއްޗެއް އަޑުއަހާލަން ފެނޭ. ޝަމާއު ބުނީ ހުޅުމާލެ-މާލެ ދެމެދު ދެމުންދާ ބަހުގެ ހިދުމަތަށް އިތުރު ރޫޓެއް އެޑުކޮށް އަންނަ މަހު އެރޫޓު ބޭނުންކުރަން ފަށާނެކަމަށް. މިނީ ބަހުގެ ހިދުމަތް އަންނަ މަހު ފަށާ ވާހަކަ އެއްނޫން. ޒިންމާދާރުވެރިކަމާއެކު ވަޒީފާ އަދާކުރައްވާ. ތިކަހަލަ މިސްޓޭކު ޖެހުނީމަ އާންމުންނަށް ނުބައި މައުލޫމާތު ދެވެނީ.