ކ. މާލެ
|
26 ޖެނުއަރީ 2020 | އާދީއްތަ 19:37
ނޭހާ ކައްކަރު އާއި އަދިތްޔާ ނާރާޔަން
ނޭހާ ކައްކަރު އާއި އަދިތްޔާ ނާރާޔަން
ހިންދުސްތާނީ ޓައިމްސް
ބޮލީވުޑް
ނޭހާ އާއި އަދިތުޔާގެ ކައިވެނި ފެބްރުއަރީ 14 ގައި؟
 
އެދެމީހުންގެ ފޭނުން ތިބީ އެދެމީހުންގެ ކައިވެނީގެ އިންތިޒާރުގައި

އިންޑިއާގެ މަޝްހޫރު ދެ ލަވަކިޔުންތެރިން ކަމަށްވާ ނޭހާ ކައްކަރު އާއި އަދިތުޔާ ނާރާޔަންގެ ކައިވެނި އަންނަ ފެބްރުއަރީ މަހުގެ 14 ކުރުމަށް ހަމަޖެހިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އިންޑިއަން އައިޑޮލް ޝޯއަށް އަދިތުޔާގެ ބައްޕަ އުދިތު ނަރާޔަން އާއި ނޭހާ ގެ ޢާއިލާއިން ވެސް ވަނީ ގޮސް އެދެމީހުންނަށް ރުހުން ދީފައެވެ.

އިންޑިއަން އައިޑޮލް ޝޯގެ ހޯސްޓް ކަން ކުރަމުންދާ އަދިތުޔާ އާއި ޝޯވގެ ޖަޖް ނޭހާ ވަނީ ޗޯގައި އެދެމީހުންގެ އަތުން ހާފް ހާރޓް ހަދއިގެން ތިބި ފޮޓޯ އިންސްޓަގްރާމްގައި ހިއްސާކޮށްފައެވެ.

ނޭހާ ހިއްސާކޮށްފައިވާ ފޮޓޯގެ ކެޕްޝަންގައި ވަނީ ރަތް ހިތަކާއި އެކު 14 ފެބްރުއަރީ ޖަހާފައެވެ. އަދިތުޔާ ހިއްސާކޮށްފައިވާ ފޮޓޯގައި ވަނީ "އަ ޕާޓް އޮފް މައި ލަވް" ޖަހާފައެވެ.

ޝޯގައިވެސް އަދިތުޔާ ދަނީ ނޭހާއަށް ތަޢުރީފް ކުރަމުންނެވެ.

މިދެމީހުންގެ ކައިވެނި އެދުވަހު ކުރާނެ ކަމެއް އަދި ޔަޤީންކޮށްދީފައި ނުވި ނަމަވެސް އެދެމީހުންގެ ފޭނުން ތިބީ އެދެމީހުންގެ ކައިވެނީގެ އިންތިޒާރުގައެވެ.

އެންބީޓީ އަށް ދިން އިންޓްވިއުއެއްގައި ނޭހާ އާއި ގުޅޭގޮތުން އުދިތު ނާރާޔަން ބުނެފައިވަނީ ނޭހާ އަކީ ވަރަށް "ސްވީޓް" ކުއްޖެއް ކަމަށެވެ. އަދި ނޭހާ ވަރަށް ރީތިކޮށް ލަވަކިޔާ ކަމަށާއި އޭނާއަށް ނޭހާ ވަރަށް ކަމުދާ ކަމަށް ވަނީ ބުނެފައެވެ. އަދި އިންޑަސްޓްރީގައި ކުރިއެރުން ހޯދަމުން ދަނީ އަމިއްލައަށް ކަން ފާހަގަކޮށް ނޭހާގެ ލަވަތައް އަޑުއަހާކަމަށްވެސް އަދިތު ނާރާޔަން ވަނީ ބުނެފައެވެ.

ރީތި އަޑުގެ ވެރިޔާ ނޭހާގެ 2020 އަހަރުގެ ނެޓް ވޯތު އަކީ 24.75 ކްރޯޑް ރުޕީސް ކަމަށް ސީއޭ ނޮލެޖް. ކޮމް ގައި ރިޕޯޓުކޮށްފައި ވެއެވެ.

އަދި އަދިތުޔާގެ 2020 ވަނަ އަހަރުގެ ނެޓް ވޯތު އަކީ 7.10 ކްރޯޑު ރުޕީސް ކަމަށް ވަނީ ރިޕޯޓުކޮށްފައެވެ. އެދެމީހުން ކައިވެނިކޮށްފިނަމަ މި ދެމީހުންގެ ނެޓް ވޯތު 31.85 ކްރޯޑް ރުޕީސްއަށް އަރާނެއެވެ.

ނޭހާ ކުރިން ރައްޓެހިވެގެން އުޅެފައިވަނީ "ޔާރިޔާން" ގެ ތަރި ހިމާންޝް ކޯލީއާޢެވެ. އެދެމީހުން ރުޅިވީ ޚަބަރު ފެތުރިގެން ދިޔައީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ. އެއަށްފަހު ރިއަލިޓީ ޝޯތަކުގައިވެސް ބްރެކަޕްގެ އަސަރު ނޭހާއަށް ވަރަށް ބޮޑަށް ކޮށްފައިވާކަން ހާމަކޮށްފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
33%
33%
0%
33%
0%
ކޮމެންޓް