ކ. މާލެ
|
26 ޖެނުއަރީ 2020 | އާދީއްތަ 18:55
ކްރޯނާ ވައިރަސް އަށް ޗައިނާގައި ސްކޭން ކުރަނީ
ފްރާންސް 24
ވޫހާންގައި ތިބި ދިވެހިން
7 ދިވެހިން ވޫހާންއިން ނެރެން ދަތި. ނަމަވެސް އެ މަސައްކަތް ދަނީ ކުރަމުން: ފޮރިން މިނިސްޓްރީ
 
ނިއު ކްރޯނާ ވައިރަސްގައި ޗައިނާއިން 56 މީހަކު މަރުވެފައިވާ އިރު، މިހާތަނަށް 1975 މީހަކު ވަނީ މި ވައިރަސްއަށް ޕޮޒިޓިވްވެފައި
 
ދިވެހިން އެ ސިޓީން ނުނެރެވިގެން އުޅެނީ އެ ސިޓީން އެއްވެސް މީހަކު ބޭރު ނުވުމަށް ޕްރޮޓޮކޯލްއެއް އެގައުމުގެ ސަރުކާރުން އިއުލާންކޮށްފައިވާތީ
 
ވޫހާންގައި ތިބީ ދިވެހި 5 ދަރިވަރުންނާއި 2 ބެލެނިވެރިން

ކޮރޯނާ ވައިރަސް ހަލުވިކަމާއެކު ފެތުރެމުންދާ ޗައިނާގެ ހޫބޭ ޕްރޮވިންސްގެ ވޫހާން ސިޓީގައި ތާށިވެފައި ތިބި 7 ދިވެހިން އެ ސިޓީން ނެރުމުގައި ދަތިތަކެއް ދިމާވާ ކަމަށާއި، އެހެންނަމަވެސް އެ މަސައްކަތް ހުއްޓާ ނުލާ ކުރަމުންދާ ކަމަށް މިނިސްޓްރީ އޮފް ފޮރިން އެފެއަރޒް އިން ބުނެފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ ވޫހާންގައި ތިބީ ދިވެހި 5 ދަރިވަރުންނާއި 2 ބެލެނިވެރިން ކަމަށެވެ. އަދި އެމީހުން އެ ސިޓީން ނެރުމުގެ މަސައްކަތް ޗައިނާގެ ފޮރިން މިނިސްޓްރީއާއި ގުޅިގެން ކުރިއަށްދާއިރު، އެ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ޗައިނާގައި ހުންނަ އެމްބަސީ މެދުވެރިކޮށް ފޯރުކޮށްދެމުން އަންނަ ކަމަށެވެ.

ވޫހާންގައި ތިބި ދިވެހިން އެ ސިޓީން ނުނެރެވިގެން އުޅެނީ އެ ސިޓީން އެއްވެސް މީހަކު ބޭރު ނުވުމަށް ޕްރޮޓޮކޯލްއެއް އެޤައުމުގެ ސަރުކާރުން އިޢުލާންކޮށްފައިވާތީއެވެ. މީގެ އިތުރުން ދުނިޔޭގެ ޞިއްޙަތު ޖަމްޢީއްޔާ (ޑަބްލިއުއެޗްއޯ) ގެ އުޞޫލުތަކުގައި ބުނާ ގޮތުން، ނުރައްކާތެރި ބައްޔެއް ފެތުރެމުންދާ ތަނެއްގައި ތިބި ބަޔަކު އެ ތަނުން ބޭރަށް، އެހެން ތަންތަނަށް ދިއުމަކީ ޢަމަލު ކުރަމުން އަންނަ އުޞޫލާ ޚިލާފު ކަމެކެވެ.

ފޮރިން މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީ މަރިޔަމް ސީނާ "ރާއްޖެ އެމްވީ" އަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ ޗައިނާގައި ތިބި ދިވެހިންގެ ޙާލު ފޮރިން މިނިސްޓްރީންނާއި، ޗައިނާގެ ބެއިޖިންގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީން ދަނީ ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ. އަދި ނިއު ކޮރޯނާ ވައިރަސްގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ވޫހާން ސިޓީގައި ތިބި 7 ދިވެހިންގެ ޙާލު ރަނގަޅު ކަމަށާއި، މިވަގުތު ވޫހާން ޕޮރޮވިންސްގައި ތިބި ދިވެހި ކިޔަވާކުދިންގެ ތެރޭގައި ހިމެނެނީ 5 ދަރިވަރުންނާއި 2 ބެލެނިވެރިން ކަމަށެވެ.

އެމްބަސީން ކޮންމެ ދުވަހަކު ވެސް އެބޭފުޅުންނަށް ގުޅުއްވައިގެން ހާލު ބައްލަވާ. އަދި ހާއްސަކޮށް އެމްބެސެޑަރ އަޒީމާ އެބޭފުޅުންނަށް ގުޅުއްވައިގެން ކޮންމެ ދުވަހަކު ވެސް ހާލު ބައްލަވާ. ގިނަ ކުދިން ތިބީ ކާއެއްޗެހި ސްޓޮކް ކޮށްފައި. އާންމު ގޮތެއްގައި ޗައިނީސް ނިއު އިޔަރ އާ ދިމާކޮށް ގިނަ ސުޕަރމާކެޓްތައް ބަންދުވާނެ. އަދި ވީޗެޓް ގްރޫއްޕެއް އިންނާނެ ކުރިން ކިޔަވަންތިބި ކުދިންނާއި މިހާރު ތިބި ސްޓޭޑެންޓްގެ މެދުގައި. ދެން ވީޗެޓް ގްރޫއްޕު މެދުވެރިކޮށް އެމްބަސީން ދަނީ މި ބޭފުޅުންގެ ހާލު ބަލަމުން،
ފޮރިން މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީ މަރިޔަމް ސީނާ

ވޫހާންގައި ތިބި ދަރިވަރުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި ގުޅޭގޮތުން ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވޫހާންގައި ތިބި ދަރިވަރުން އެ ސިޓީން ބޭރަށް ގެންދިއުމަށްޓަކައި ޗައިނާ ސަރުކާރާ އެކު މަޝްވަރާ ކުރެވެމުންދާ ކަމަށެވެ. ނަމަވެސް އެ ސިޓީން އެއްވެސް މީހަކު ބޭރު ނުވުމަށް އަންގާ، ޕްރޮޓޮކޯލެއް އެ ޤައުމުގެ ސަރުކާރުން އިޢުލާން ކޮށްފައިވާތީ އެ ކަން ކުރަން ދަތިވެފައިވާކަމަށެވެ. އެހެންނަމަވެސް ދަރިވަރުންނަށް ދޭން ޖެހޭ މާލީ އެހީތެރިކަން އިތުރުކޮށްދިނުމަށް ސަރުކާރުން ނިންމީ ކަމަށް މިނިސްޓަރ ޝާހިދުގެ ޓްވީޓުގައި ވިދާޅުވެފައިވެއެވެ.

ނިއު ކޮރޯނާ ވައިރަސްގައި ޗައިނާއިން 56 މީހަކު މަރުވެފައިވާ އިރު، މިހާތަނަށް 1975 މީހަކު ވަނީ މި ވައިރަސްއަށް ޕޮޒިޓިވްވެފައެވެ. މިހާތަނަށް ވައިރަސް ޖެހިފައި ތިބި މީހުން ފެނިފައިވާ ޤައުމުތަކުގެ ތެރޭގައި އޮސްޓްރޭލިއާ، ޗައިނާ، ފްރާންސް، ޖަޕާން، މެލޭޝިއާ، ސިންގަޕޫރު، ނޭޕާލް، ސައުތުކޮރެއާ، ޓައިވާން، ތައިލެންޑް، އެމެރިކާ އަދި ވިއެޓްނާމް ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
90%
10%
0%
0%
ކޮމެންޓް