ކ. މާލެ
|
26 ޖެނުއަރީ 2020 | އާދީއްތަ 18:17
ރާއްޖޭގެ ފޮރިން މިނިސްޓްރީ
ރާއްޖޭގެ ފޮރިން މިނިސްޓްރީ
އެޑިޝަން.އެމްވީ
ބޭރު ގައުމުތަކުގެ އެމްބަސީތައް
ބޭރު ޤައުމުތަކުގައި ތިބި ދިވެހިންގެ މަޢުލޫމާތު އެއްކުރަން ފަށައިފި
 
ބޭރު ގައުމުތަކުގައި ހުރި އެމްބަސީތަކުގެ ހޮޓްލައިން ނަންބަރު ނުވަތަ މެއިލް އަދި އޮންލައިކޮށް މައުލޫމާތު ހިއްސާކުރުމަށް ވަނީ އެދިފައި
 
ބޭރު ގައުމުގަތުގައި ދިރިއުޅޭ އަދި އެކި ކަންކަމުގައި ގޮސް ތިބި އެއްމެންގެ މައުލޫމާތު ހިއްސާ ކުރުމަށް ވަނީ އެދިފައި
 
މައުލޫމާތު އެއްކުރަމުން ދަނީ ނިއު ކްރޯނާ ވައިރަސް ފެތުރެމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމުގެ ގޮތުން

ރާއްޖެއިން ބޭރުގެ ޤައުމުތަކުގައި ދިރިއުޅެމުންދާ ދިވެހިންގެ މަޢުލޫމާތު ހޯދުމުގެ މަސައްކަތް ދިވެހި އެމްބަސީތަކުން ކުރަން ފަށައިފިއެވެ.

އެމްބަސީތަކުން ދިވެހިންގެ މަޢުލޫމާތު އެއްކުރަމުންދަނީ ޗައިނާގައި ފެތުރެމުންދާ ނިއު ކޮރޯނާ ވައިރަސްއާއި ގުޅިގެން އެކި ޤައުމުތަކަށް ދަތުރުކުރަމުންދާ ޗައިނާގެ ފަތުރުވެރިންގެ ގައިން މި ވައިރަސް ފެންނަމުންދާ ދަނޑިވަޅެއްގައެވެ.

އެގޮތުން މެލޭޝިއާއިން ނިއު ކޮރޯނާ ވައިރަސް އަށް ޕޮޒިޓިވްވި 4 މީހަކު ފެނިފައިވާ އިރު، އެޤައުމުގައި ހުންނަ ދިވެހި އެމްބަސީން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ޗައިނާގައި ހަލުވިކަމާއިއެކު ފެތުރެމުން އަންނަ "ކޮރޯނާ ވައިރަސް" ޖެހިފައިވާ 4 މީހަކު މިހާތަނަށް ފެނިފައިވާކަމަށް މެލޭޝިޔާގެ ހެލްތު މިނިސްޓްރީން ހާމަކޮށްފައިވާ ކަމަށެވެ. އަދި މި ވައިރަސް މެލޭޝިޔާގައި ފެތުރިގެން ހިގައްޖެ ޙާލަތެއްގައި ދިވެހިރައްޔިތުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ފަސޭހަވާނީ މެލޭޝިޔާގައި މިވަގުތު ދިރިއުޅެމުންދާ ރައްޔިތުންގެ މަޢުލޫމާތު އެގިގެން ކަމަށް ބުނެފައިވެއެވެ.

އަދި މިހާތަނަށް އެމްބަސީގައި ރަޖިސްޓްރީވެފައި ނުވާ ފަރާތްތަކުން އެމްބަސީގެ އެމަޖެންސީ ނަންބަރަށް ގުޅައިގެން ނުވަތަ އޮންލައިން ފޯމު ފުރިހަމަ ކޮށްގެން އެމްބަސީގައި ރަޖިސްޓްރީވުމަށް އެދިފައިވެއެވެ.

އިންޑިއާގައި ހުންނަ ރާއްޖޭގެ އެމްބަސީން ވަނީ އެޤައުމުގައި ދިރިއުޅެމުން އަންނަ ދިވެހިންނާއި، އެކި ކަންކަމުގައި ދަތުރުކޮށްފައިވާ ފަރާތްތައް އެމްބަސީއަށް ގުޅައިގެން ރަޖިސްޓްރީވުމަށް އެދިފައެވެ. މީގެ އިތުރުން އިންޑިއާގެ ކެރެލާ ސްޓޭޓްގައި ތިބި ދިވެހިން އެ ސްޓޭޓްގައި ހުންނަ ކޮންސިއުލޭޓް ޖެނެރަލްގައި ރަޖިސްޓްރީވުމަށް ވަނީ އެދިފައެވެ. އެގޮތުން އެ ސްޓޭޓްގެ ކޮންސިއުލޭޓް ޖެނެރަލްގެ އީމެއިން[email protected]ނުވަތަ ހޮޓްލައިން ނަންބަރަށް ގުޅައިގެން ކުރިއަށް ގެންދިއުމަށް ވަނީ އެދިފައެވެ.

ސައުދީޢަރައްބިއްޔާގައި ހުންނަ ރާއްޖޭގެ އެމްބަސީން ވެސް ވަނީ އެޤައުމުގައި ދިރިއުޅެމުން އަންނަ ދިވެހިންގެ މަޢުލޫމާތު އެމްބަސީއަށް ޙިއްސާކޮށް ރަޖިސްޓްރީވުމަށް އެދިފައެވެ. އެ އެމްބަސީން ބުނީ ނިއު ކޮރޯނާ ވައިރަސްއަށް ރައްކާތެރިވުމުގެ ގޮތުން، އެ އެމްބަސީގެ އީމެއިލް[email protected]އަށް މެއިލްކޮށްގެން ނުވަނަ އެމްބަސީގެ ހޮޓްލައިން ނަންބަރަށް ގުޅައިގެން އެހީތެރިކަން ހޯދުމަށް ވަނީ އެދިފައެވެ.

ކޮރޯނާ ވައިރަސް ޖެހިފައި ތިބި ބަޔަކު ޖަޕާނުން ވެސް ވަނީ ފެނިފައެވެ. އެޤައުމުގައި ހުންނަ ރާއްޖޭގެ އެމްބަސީން ބުނެފައިވަނީ އެޤައުމުގައި ދިރިއުޅެމުން އަންނަ ދިވެހިން އެމްބަސީގެ މެއިލް[email protected]އަދި ހޮޓްލައިން ނަންބަރަށް ގުޅައިގެން މަޢުލޫމާތު ޙިއްސާކުރުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ވަނީ އެދިފައެވެ.

ނިއު ކޮރޯނާ ވައިރަސް ހަލުވި ކަމާއެކު ފެތުރެމުންދާ ޗައިނާގައި ހުންނަ ރާއްޖޭގެ އެމްބަސީން ވެސް ވަނީ އެޤައުމުގެ އެކި ހިސާބުތަކުގައި ދިރިއުޅެމުން އަންނަ ފަރާތްތަކާއި އެޤައުމުގައި އެކިކަންކަމަށް ގޮސް ތިބި ދިވެހިންގެ މަޢުލޫމާތު އެޤައުމުގައި ހުންނަ އެމްބަސީއާ ހިއްސާކުރުމަށް އެދިފައެވެ.

ނިއު ކޮރޯނާ ވައިރަސް ޖެހިގެން ޗައިނާއިން 56 މީހަކު މަރުވެފައިވާ އިރު، މިހާތަނަށް 1975 މީހަކު ވަނީ މި ވައިރަސްއަށް ޕޮޒިޓިވްވެފައެވެ. މިހާތަނަށް ވައިރަސް ޖެހިފައި ތިބި މީހުން ފެނިފައިވާ ޤައުމުތަކުގެ ތެރޭގައި އޮސްޓްރޭލިއާ، ޗައިނާ، ފްރާންސް، ޖަޕާން، މެލޭޝިއާ، ސިންގަޕޫރު، ނޭޕާލް، ސައުތުކޮރެއާ، ޓައިވާން، ތައިލެންޑް، އެމެރިކާ އަދި ވިއެޓްނާމް ހިމެނެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް