ކ. މާލެ
|
26 ޖެނުއަރީ 2020 | އާދީއްތަ 18:18
ކޮރޯނާވައިރަސް ފެތުރެމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަންނަނީ އަޅަމުން
ކޮރޯނާވައިރަސް ފެތުރެމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަންނަނީ އަޅަމުން
ސީ.އެން.އެން
ކޮރޯނާވައިރަސް
ކޮރޯނާވައިރަސްގެ އަސަރުކޮށްފައިވާ ހަތަރު ވަނަ މީހާ ޖަޕާނުން ފެނިއްޖެ
 
މިމީހާ މިހާރުވަނީ ހޮސްޕިޓަލްގައި އެޑިމިޓްކޮށްފައި
 
އުމުރުން 40ގެ އަހަރުތައް ގުނަމުންދާ މިމީހާ ޖަޕާނަށް އައިސްފައިވަނީ މިމަހުގެ 22 ވަނަ ދުވަހު ޗުއްޓީއަކަށް
 
ކޮރޯނާވައިރަސްގެ އަސަރު ފެނިފައިވަނީ ވުހާންގައި ދިރިއުޅޭ މީހެއްގެ ގައިން

މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ނިއު ކޮރޯނާވައިރަސްގެ އަސަރު ޖަޕާނުގެ ހަތަރު ވަނަ މީހާގެ ގައިން ފެނިފައިވާކަމަށް އެގައުމުން ކަށަވަރުކޮށްދީފި އެވެ.

ޖަޕާނުގެ ޕަބްލިކް ބްރޯޑްކާސްޓަރ އިން ބުނެފައިވާގޮތުގައި މިފަހަރު ކޮރޯނާވައިރަސްގެ އަސަރު ފެނިފައިވަނީ ވުހާންގައި ދިރިއުޅޭ މީހެއްގެ ގައިންނެވެ. އުމުރުން 40ގެ އަހަރުތައް ގުނަމުންދާ މިމީހާ ޖަޕާނަށް އައިސްފައިވަނީ މިމަހުގެ 22 ވަނަ ދުވަހު ޗުއްޓީއަކަށެވެ.

މިމީހާ މިހާރުވަނީ ހޮސްޕިޓަލްގައި އެޑިމިޓްކޮށްފަ އެވެ. އަދި ހެދި ޓެސްޓްތަކުން ކޮރޯނާވައިރަސް އަށް ޕޮޒިޓިވް ވެފައިވާ ކަަމަށް އެގައުމުގެ ސިއްހަތާބެހޭ އޮފިޝަލުން ބުނެއެވެ.

ނިއު ކޮރޯނާވައިރަސްގެ އަސަރު މިހާތަނަށް އާއިރު ޗައިނާގެ 1975 މީހެއްގެ ގައިން ފެނިފައިވާއިރު މިވައިރަސް ޖެހިގެން ޗައިނާއިން މަރުވެފައިވާ މީހުންގެ އަދަދު ވަނީ 56 ށް އަރާފަ އެވެ. ޗައިނާގައި ހަލުވިކަމާއެކު މިވައިރަސް ފެތުރެމުންދާތީ ގިނަ ސިޓީތަކެއްގައި ވަނީ ދަތުރުފަތުރުކުރުން އެއްކޮށް މެދުކަނޑާލާފަ އެވެ.

މިވައިރަސް ފެތުރެމުންދާތީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ބުނެފައިވަނީ މިހާރު ޗައިނާއަށް ވަނީ މިވައިރަސްގެ އެމަރޖެންސީ ހާލަތު ދިމާވެފައިކަމަށެވެ. ނަމަވެސް އަދި މުޅިދުނިޔެއަށް އެމަރޖެންސީ ހާލަތު އިއުލާންކުރާވަރު ނުވާކަމަށް އެޖަމިއްޔާއިން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
100%
0%
0%
0%
ކޮމެންޓް