ކ. މާލެ
|
26 ޖެނުއަރީ 2020 | އާދީއްތަ 18:23
ނޯވޭގެ އައު ސަފީރަށް ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އަރުވަނީ
ނޯވޭގެ އައު ސަފީރަށް ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އަރުވަނީ
ރައީސް އޮފީސް
ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް
ނޯވޭގެ އައު ސަފީރަށް ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި
 
ދެ ޤައުމުގެ ދެމެދު ގިނަ ރޮނގުތަކުން މިހާރުވެސް ގުޅުންބަދަހިކުރެވިފައިވާކަން ސަފީރު ފާހަގަކުރެއްވި
 
ރާއްޖެއިން ވިދާޅުވި މަރުޙަބާއަށް ސަފީރު ވަނީ ޝުކުރުއަދާކުރައްވާފައި
 
ދެޤައުމުގެ ދެމެދު އޮތް ބަދަހި ގުޅުން ރައީސް ވަނީ ފާހަގަކުރައްވާފައި

ނޯވޭ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ހަރ އެކްސެލެންސީ މިސް ޓްރައިން ޖޮރާންލީ އެސްކެޑަލް، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އަރުވައިފިއެވެ.

އާދިއްތަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި، ފަތްކޮޅު އެރުވުމަށްފަހު، ނޯވޭގެ އައު ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވާ، އެކަމަނާއަށް މަރުޙަބާ ދަންނަވާ، ދެޤައުމުގެ ދެމެދު އޮތް ބަދަހި ގުޅުން ވަނީ ފާހަގަ ކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ނޯވޭ ސަފީރު ދެއްކެވި ވާހަކަފުޅުގައި އެކަމަނާއަށް ރާއްޖެއިން ވިދާޅުވި މަރުޙަބާއަށް ޝުކުރުއަދާކުރައްވައި، ދެ ޤައުމުގެ ދެމެދު ގިނަ ރޮނގުތަކުން މިހާރުވެސް ގުޅުން ބަދަހިކުރެވިފައިވާކަން ވަނީ ފާހަގަ ކުރައްވާފައެެވެ.

އެގޮތުން އިޤްތިޞާދީ ތަރައްޤީގެ ދާއިރާއާ ތިމާވެށީގެ ދާއިރާ އަދި އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއިން ރާއްޖެއާ ނޯވޭއިން ގުޅުން ބަދަހިކުރެވިފައިވާކަން އެކަމަނާގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
50%
0%
50%
0%
0%
ކޮމެންޓް