ކ. މާލެ
|
26 ޖެނުއަރީ 2020 | އާދީއްތަ 15:36
ވޫހާންގައި 1000 މީހުންގެ ހޮސްޕިޓަލެއް އިމާރާތްކުރުމުގެ މަސައްކަތް ކުރިއަށްދަނީ
ވޫހާންގައި 1000 މީހުންގެ ހޮސްޕިޓަލެއް އިމާރާތްކުރުމުގެ މަސައްކަތް ކުރިއަށްދަނީ
ފްރާންސް 24
ޗައިނާ
ނިއު ކޮރޯނާ ވައިރަސްއާއި ގުޅިގެން ޗައިނާއިން 10 ދުވަސް ތެރޭގައި 1000 އެނދުގެ ހޮސްޕިޓަލެއް އަޅަނީ
 
12 ގައުމަކުން ނިއު ކްރޯނާ ވައިރަސްޖެހިފައި ތިބި މީހުން ފެނިފައިވާކަމަށް ކަމާބެހޭ އިދާރާތަކުން ވަނީ ހާމަކޮށްފައި
 
ނިއު ކްރޯނާ ވައިރަސްއަށް މިހާތަނަށް 1975 މީހުން ޕޮޒިޓިވްވެ 56 މީހަކު ވަނީ މަރުވެފއި
 
ހޮސްޕިޓަލް އިމާރާތްކުރަމުންދަނީ 25،000 އަކަފޫޓްގެ ބިމެއްގައި

ޗައިނާގެ ހޫބޭ ޕްރޮވިންސްގެ ވޫހާން ސިޓީއާއި އިތުރު 14 އެހެން ސިޓީއެއްގައި ހަލުވިކަމާއެކު ފެތުރެމުންދާ ނިއު ކޮރޯނާ ވައިރަސްއާއި ގުޅިގެން އެ ސިޓީގައި 10 ދުވަސް ތެރޭގައި 1000 މީހުންގެ ހޮސްޕިޓަލެއް އަޅަން ނިންމައިފިއެވެ.

ނިއު ކޮރޯނާ ވައިރަސް އެންމެ ފުރަތަމަ ފެނުނު ވޫހާން ސިޓީގައި މިހާތަނަށް 56 މީހަކު ވަނީ މަރުވެފައެވެ. ޗައިނާއިން ބުނެފައިވަނީ 700 މީހުންނާއި 1000 މީހުންނާ ދެމެދުގެ ބަލިމީހުންނަށް ފަރުވާދެވޭނެ ގޮތަށް އިމާރާތްކުރާ ހޮސްޕިޓަލް ނިމޭނެކަމަށް ލަފާކުރަނީ އަންނަ މަހުގެ 3 ވަނަ ދުވަހުއެވެ.

ހޮސްޕިޓަލް އިމާރާތްކުރުމުގެ މަސައްކަތް ކުރަމުންދާ ސައިޓްގެ މެނޭޖަރު ބުނެފައިވަނީ މަސައްކަތް ހުއްޓުމެއް ނެތި ޝިފްޓްތަކަށް ބަހައިގެން ކުރިއަށް ގެންދާނެ ކަމަށެވެ.

ހޮސްޕިޓަލް އިމާރާތްކުރަމުންދަނީ 25،000 އަކަފޫޓްގެ ބިމެއްގައެވެ. މި ހޮސްޕިޓަލަކީ ނިއު ކޮރޯނާ ވައިރަސްއާ ދެކޮޅަށް މަސައްކަތް ކުރުމާއި، ވައިރަސްއަށް ޕޮޒިޓިވްވާ މީހުންނަށް ގާތުން ފަރުވާދެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް ޗައިނާގެ ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ.

މި ބަލީގައި ޗައިނާއިން 56 މީހަކު މަރުވެފައިވާ އިރު، މިހާތަނަށް 1975 މީހަކު ވަނީ މި ވައިރަސްއަށް ޕޮޒިޓިވްވެފައެވެ. މިހާތަނަށް ވައިރަސް ޖެހިފައި ތިބި މީހުން ފެނިފައިވާ ޤައުމުތަކުގެ ތެރޭގައި އޮސްޓްރޭލިއާ، ޗައިނާ، ފްރާންސް، ޖަޕާން، މެލޭޝިއާ، ސިންގަޕޫރު، ނޭޕާލް، ސައުތުކޮރެއާ، ޓައިވާން، ތައިލެންޑް، އެމެރިކާ އަދި ވިއެޓްނާމް ހިމެނެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
100%
0%
0%
0%
ކޮމެންޓް