ހޮނިހިރު 26 ސެޕްޓެންބަރ 2020
06 އަތަ
1442 ސަފަރު 08
ފަތިސް 04:42
އިރުއަރާ 05:53
މެންދުރު 12:02
އަސްރު 15:07
އިރުއޮއްސޭ 18:02
އިޝާ 19:13
މޯލްޑިވްސް ކަސްޓަމްސް ސަރވިސް

ކަސްޓަމްސްގެ ބައެއް ހިދުމަތްތައް އޮންލައިން ކޮށްފި

  • ކަސްޓަމްސް އިން އޮންލައިން ކޮށް ދޭން ފެށީ ދެ ހިދުމަތެއް
  • އެއީ މުދާ ކްލިއަކުރަން ދޭ، އޮފް ޝޯ އޮންލައިން އެޕްލިކޭޝަން އާއި އިމްޕޯޓް/ އެކްސްޕޯޓް ރެޖިސްޓްރޭޝަން ހިދުމަތް
  • މިކަމުގެ ސަބަބުން ވިޔަފާރިވެރިންނަށް ލުއިފަސޭހަތަކެއް ލިބިގެންދާނެ: ކަސްޓަމްސް

ކ. މާލެ | 26 ޖެނުއަރީ 2020 | އާދީއްތަ 14:26 | 3,411

ކަސްޓަމްސްގެ މައި އިމާރާތް - ޔޫސުފް ސޮފްވާން ރަޝީދު

މޯލްޑިވްސް ކަސްޓަމްސަ ސަރވިސަސްއިން ވިޔަފާރިވެރިންނަށް ފޯރުކޮށްދޭ ބައެއް ހިދުމަތްތައް އޮންލައިންކޮށް ދޭން ފަށައިފިއެވެ.

ދުނިޔޭގެ ކަސްޓަމްސް ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތެއްގައި ދެ ހިދުމަތެއް އޮންލައިންކޮށް ދިނުމަށް ތައާރަފްކޮށްފައިވެއެވެ. އެއީ މުދާ ކްލިއަކުރަން ދޭ، އޮފް ޝޯ އޮންލައިން އެޕްލިކޭޝަން އާއި އިމްޕޯޓް/ އެކްސްޕޯޓް ރެޖިސްޓްރޭޝަން ހިދުމަތެވެ. މި ހިދުމަތްތައް ތައާރަފްކޮށްދެއްވީ ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީއެވެ.

ކަސްޓަމްސް އިން ބުނެފައިވަނީ މި ހިދުމަތްތައް އޮންލައިންކޮށް ލިބޭނެ މަގުފަހިކޮށްދިނުމުން، ވިޔަފާރިވެރިންނަށް ބޮޑެތި ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. މި ހިދުމަތްތަކަކީ، ހިދުމަތް ހޯދާ ފަރާތްތަކުން ކަސްޓަމްސްގެ އޮފީސްތަކަށް ދިއުމުން ލިބޭ ހިދުމަތްތަކެވެ.

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.