ކ. މާލެ
|
26 ޖެނުއަރީ 2020 | އާދީއްތަ 13:27
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު
ރައީސް އޮފީސް
އިންޑިއާގެ ޖުމްހޫރީ ދުވަސް
އިންޑިއާގެ 71 ވަނަ ޖުމްހޫރީ ދުވަހުގެ ތަހުނިޔާ ރައީސް ވިދާޅުވެއްޖެ
 
ދެޤައުމުގެ ގުޅުން ‏‏އިތުރަށް ބަދަހިވެގެންދާނެ‎‏ކަމަށް އުއްމީދު ކުރައްވާކަމަށް ވިދާޅުވެފައިވޭ
 
އިންޑިއާއިން ރާއްޖޭގެ ތަރައްގީއަށްޓަކައި ކޮށްދެއްވާ އަގުހުރި މަސައްކަތްތަކަށް ޝުކުރު އަދާކުރައްވާފައިވޭ
 
މިއަދަކީ އެޤައުމުގައި ޤާނޫނު އަސާސީއަށް ތަބާވާން ފެށިތާ 70 އަހަރު ފުރުނު ދުވަސް

އަވައްޓެރި އިންޑިއާގެ 71 ވަނަ ޖުމްހޫރީ ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހު ރައީސް ސޯލިޙު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިންޑިއާގެ ޖުމްހޫރީ ދުވަހުގެ ތަހުނިޔާ އެ ޤައުމުގެ ރައީސް ރާމް ނާތު ކޯވިންދު އާއި، ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އިތުރުން، އިންޑިއާގެ ލޮބުވެތި ރައްޔިތުންނަށް އަރިސްކުރައްވާ ކަމަށެވެ.

އިންޑިޔާގެ 71 ވަނަ ޖުމްހޫރީ ދުވަސް އެޤައުމުގައި ފާހަގަ ކުރަމުންދާއިރު، މިއަދަކީ އެޤައުމުގައި ޤާނޫނު އަސާސީއަށް ތަބާވާން ފެށިތާ 70 އަހަރު ފުރުނު ދުވަސްވެސްމެއެވެ.

ރާއްޖެއާއި އިންޑިއާ ދެގައުމުގެ ދެމެދުގައި އުފެދިފައިވާ ޒަމާންވީ ގާތް ގުޅުމުގެ މައްޗަށް ބައްލަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ މީގެ ކުރިންވެސް ވަނީ އިންޑިއާއިން ދިވެހިރާއްޖޭގެ ތަރައްގީއަށްޓަކައި ކޮށްދެއްވާ އަގުހުރި މަސައްކަތްތަކަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ކުރިއަށް އޮތް އަހަރުތަކުގައި ދެގައުމުގެ އިގްތިޞާދީ، ސިޔާސީ އަދި ސަގާފީ ގޮތުން ގުޅުން ‏‏އިތުރަށް ބަދަހިވެގެންދާނެ‎‏ކަމަށް އުއްމީދު ކުރައްވާ ކަމުގައިވެސް ރައީސް ސޯލިހް ވަނީ ވިދާޅުވެފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް