ކ. މާލެ
|
26 ޖެނުއަރީ 2020 | އާދީއްތަ 13:08
ޖިންސީ ގޯނާ- ރެޕްރެޒެންޓޭޝަނަލް ފޮޓޯ
ޖިންސީ ގޯނާ- ރެޕްރެޒެންޓޭޝަނަލް ފޮޓޯ
ގޫގުލް
ޖިންސީ ގޯނާ
ކުޑަ ކުއްޖަކަށް ބައްޕަ ޖިންސީ ގޯނާކުރި މައްސަލައެއް ބަލަން ފަށައިފި
 
ގިނަ ބަޔަކު ވަނީ އޭނާ ހައްޔަރު ކުރުމަށް ގޮވާލާ އަޑުއުފުލާފައި
 
މި މައްސަލަ ފުލުހުން ދަނީ ތަހުޤީޤު ކުރަމުން
 
އެ ކުއްޖާ އެވާހަކަ ކިޔައިދޭ އޯޑިއޯއެއް ވަނީ ވައިރަލްވެފައި

ކުޑަކުއްޖަކަށް އެ ކުއްޖާގެ ބައްޕަ ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

އެކަމާ ގުޅޭގޮތުން ފުލުހުން ބުނީ، މި މައްސަލަ ބަލަން ފަށާފައިވަނީ ކުޑަ ކުއްޖަކަށް އޭނާގެ ބައްޕަގެ ފަރާތުން ޖިންސީ ގޯނާ ލިބޭކަން އެ ކުއްޖާ ކިޔައިދޭ އޯޑިއޯއެއް މީސްމީޑިއާގައި ދައުރުވުމާއި ގުޅިގެން ކަމަށެވެ.

ނަމަވެސް މި މައްސަލައާއި ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ބުނެއެވެ. މި މައްސަލަ ފުލުހުން ދަނީ ތަހުޤީޤު ކުރަމުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، އެ ކުއްޖާގެ ބައްޕަ އޭނާއަށް ޖިންސީ ގޯނާ ކުރިކަމަށް ބުނާ އޯޑިއޯ ލީކުވުމާއި ގުޅިގެން ގިނަ ބަޔަކު ވަނީ އޭނާ ހައްޔަރު ކުރުމަށް ގޮވާލާ އަޑުއުފުލާފައެވެ. އެގޮތުން ވިލިނގިލީގައި އެ ކުއްޖާގެ ބައްޕަ ހުއްޓައި އެކުއްޖާގެ ބައްޕައަށް ބަޔަކު ނުކުމެ ހަމަލާދީފައިވާކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

ދެކުނުގެ ރަށެއްގައި އުމުރުން ދެ އަހަރުނުވާ ތުއްތު ކުއްޖަކަށް އޭނާގެ އާއިލާގެ ފަރާތުން ޖިންސީ އަނިޔާ ލިބުނު މައްސަލަ ފެންމަތިވުމާއި ގުޅިގެން އެފަދަ ގިނަ މައްސަލަތަކެއް ފުލުހުންނަށް ދަނީ ރިޕޯޓް ކުރަމުންނެވެ. އަދި އެފަދަ މައްސަލަތަކާއި ދެކޮޅަށް އަޑުއުފުލާ ފަރާތްތައްވެސް ވަނީ ގިނަވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
67%
33%
0%
0%
ކޮމެންޓް