ކ. މާލެ
|
26 ޖެނުއަރީ 2020 | އާދީއްތަ 12:54
ކުރީގެ ރައީސް ޔާމީން
ކުރީގެ ރައީސް ޔާމީން
ޔޫސުފް ސޮފްވާން ރަޝީދު
ކުރީގެ ރައީސް ޔާމީން
ޔާމީން ހުންނެވީ މައުމޫނާއި ނަޝީދުވެސް ހުންނެވި ޔުނިޓްގައި، އެއަށްވުރެ ފެންވަރު ރަނގަޅަށް: އިމްރާން
 
އެ ޔުނިޓް ހެއްދެވީ ވެސް ރައީސް ޔާމީންގެ ވެރިކަމުގައި
 
އެ ޔުނިޓަށް އެންމެ ފުރަތަމަ ލެއްވީ ރައީސް ނަޝީދު ކަމަށްވޭ، އޭގެ ފަހުން ރައީސް މައުމޫން
 
އެ ޔުނިޓް ވަނީ ކުރިއަށްވުރެން ފެންވަރު ރަނގަޅު ކޮށްފައި

މަނީ ލޯންޑަރ ކުރުމުގެ ކުށް ސާބިތުވެ، ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ހުންނެވީ، ރައީސް މައުމޫން އަބްދުލްގައްޔޫމާއި ރައީސް މުހައްމަދު ނަޝީދު ހުންނެވި ޔުނިޓުގައި، އެއަށްވުރެވެސް ފެންވަރު ރަނގަޅަށް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ހޯމް މިނިސްޓަރު އިމްރާން އާދިއްތަ ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް ޔާމީން ހުކުމް ތަންފީޒު ކުރައްވަމުންދަނީ ކުރީ ސަރުކާރުގައި، ރައީސް ނަޝީދު އާއި ރައީސް މައުމޫން ނުހައްގުން ބަންދުކޮށްފައި ބެހެއްޓިތަން އިތުރަށް ފެންވަރު ރަނގަޅު ކުރުމަށްފަހު އެތަނުގައި ކަމަށެވެ.

ހޯމް މިނިސްޓަރ އިމްރާން އެގޮތަށް ވިދާޅުވީ، ރައީސް ޔާމީނާ މެދު ޖަލުގައި އަމަލު ކުރަމުންދަނީ ވަރަށް އަނިޔާވެރިކޮށް ކަމަށް އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަންގެ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެފައިވާތީ އެވެ.

ރައީސް ޔާމީން ހުންނެވި ޖަލު ޔުނިޓަކީ އެމަނިކުފާނުގެ ވެރިކަމުގައި ހެއްދެވި އުނިޓެކެވެ. އެންމެ ފުރަތަމަ އެ ޔުނިޓަށް ލެއްވި ބޭފުޅަކީ ރައީސް ނަޝީދެވެ. އަދި އޭގެ ފަހުން، ރައީސް މައުމޫން ވެސް އެ ޔުނިޓުގައި ބަންދުކޮށްފައި ވެއެވެ.

ހޯމް މިނިސްޓަރު އިމްރާންގެ އިތުރުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ވެސް އަދުރޭގެ ވާހަކަތައް ދޮގުކޮށްފައެވެ. ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލް "ރާއްޖެއެމްވީ" އަށް ހޮނިހިރު ދުވަހު ވިދާޅުވެފައިވަނީ، ރައީސް ޔާމީނަށް ޖަލުން ފޯރުކޮށްދޭންޖެހޭ ހުރިހާ ހިދުމަތްތަކެއް ފޯރުކޮށްދެއްވަމުން ގެންދަވާ ކަމަށެވެ.

ރައީސް ޔާމީން ފަރިއްކުޅުވުމަށް މެނޫއެއް އެމަނިކުފާނު ހުންނެވި ޔުނިޓުގައި އޮންނާނެ ކަމަށާއި ކާތަކެތި ފޯރުކޮށްދެނީވެސް ރައީސް ޔާމީން ވިދާޅުވާ ތަކެއްޗެވެ، އަދި ކަސްރަތު ކުރުމަށްޓަކައި ޔުނިޓްގައި ވަސީލަތްތައް ގާއިމުކުރެވި، ޓްރެޑްމިލް (ދުވާ މެޝިން) އެއް ހުރެއެވެ. މީގެ އިތުރުން ރައީސް ޔާމީން ރީތިވުމަށް ބޭނުންވާ ތަކެއްޗާއި، ތުނބުޅި ބޭލުމަށްޓަކައި ބޭނުންވާ ތަކެެއްޗަކީ، އެމަނިކުފާނުގެ އާއިލާއިން ފޯރުކޮށްދެމުންދާ ތަކެތި ކަމަށް ކަރެކްޝަންސް އިން މައުލޫމާތު ދީފައިވެއެވެ.

ރައީސް ޔާމީން ފަސް އަހަރަށް ޖަލަށްލުމާއެކު ފަސް މިލިއަން ޑޮލަރުން ޖޫރިނާކޮށް، އެފައިސާ މީރާއަށް ހަ މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިއަ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
20%
80%
ކޮމެންޓް
26 ޖެނުއަރީ 2020 | އާދީއްތަ 13:04
ގުއިއްޒު
އަމިއްލަ އަށް ޖަލުހަދައި އެޖަލަށް އަމިއްލައަށް ލެވި އޭގެ އަޖަލު ފެނި އެތަން ކަމުނުދާކަމަށް ބުނާ ހަމައެނި ރައީސް.