ކ. މާލެ
|
26 ޖެނުއަރީ 2020 | އާދީއްތަ 14:51
ކުޅުދުއްފުށީ މަށި ކުޅީގެ ބާކީ ހުރި ސަރަހައްދުގައި ހުރި ކަނޑޫފާތަައް
ކުޅުދުއްފުށީ މަށި ކުޅީގެ ބާކީ ހުރި ސަރަހައްދުގައި ހުރި ކަނޑޫފާތަައް
އަމަން ހަލީމް
ކަނޑޫފާތައް ހިމާޔަތްކުރުން
ކަނޑޫފާތައް ހިމާޔަތްކުރުމަށް ހިއުމަން ރައިޓްސް ވޮޗް އިން ދިވެހި ސަރުކާރަށް ގޮވާލައިފި
 
ބާކީހުރި ކަނޑޫފާތައް ހިމާޔަތްކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ގޮވާލަން: އެޗްއާރްޑަބްލިޔު
 
ކަނޑޫފާތައް ނައްތާލުމުން ގުދުރަތީ ރައްކާތެރިކަން ނެތިގެންދޭ: އެޗްއާރްޑަބްލިޔު

އިތުރު ގެއްލުމެއްވުމުގެ ކުރިން ދިވެހިރާއްޖޭގައި ހުރި ކަނޑޫފާތައް ހިމާޔަތްކުރުމަށް ހިއުމަން ރައިޓްސް ވޮޗް (އެޗްއާރްޑަބްލިޔު) އިން ދިވެހި ސަރުކާރަށް ގޮވާލައިފިއެވެ.

އެޗްއާރްޑަބްލިޔު ޝާއިއުކޮށްފައިވާ ލިޔުމެއްގައި ކަނޑޫފާތަކުން ކުރާ ފައިދާއާއި، އެތަންތަން ނެތިދިއުމުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކުގެ ވާހަކަ ބަޔާންކޮށްފައިވެއެވެ. އެގޮތުން ކަނޑޫފާތަކަކީ ރަށް ގިރުމާއި ފެން ބޮޑުވުމުގެ ހާދިސާތަކުން ރައްކާތެރިކޮށްދޭ ގުދުރަތީ ވަސީލަތެއްކަމަށާއި، އެތަންތަން ނައްތާލުމުގެ ސަބަބުން ރަށްތަކަށް އެކަމުގެ ނޭދެވޭ އަސަރު ކުރާކަމަށް އެޖަމިއްޔާއިން ބުނެފައިވެއެވެ.

އެޗްއާރްޑަބްލިޔުގެ އެސޯސިއޭޓް އޭޝިއާ ޑިރެކްޓަރު ޕެޓްރީޝިއާ ގޮސްމަން ވިދާޅުވީ، ކަނޑޫފާތައް ނައްތާލުމުން ރަށްތަކުގެ ރައްޔިތުން އިތުރު ނުރައްކަލަކަށް ހުށައެޅޭކަމަށް ބުނެފައިވެއެވެ. އަދި ދިވެހިރާއްޖެއަކީ މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން އެންމެ ހިރާސް ބޮޑު އެއް ގައުމުކަން ފާހަގަކޮށް ގޮސްމަން ވަނީ، އަވަސް ފިޔަވަޅުތަކެއް އެޅުމަށް މުއައްސަސާތަކަށް ގޮވާލާފައެވެ.

ކުޅުދުއްފުށި ސިޓީ މަށި ކުޅި ހިއްކި މައްސަލައަށް އިޝާރާތްކޮށް އެޗްއާރްޑަބްލިޔުއިން ބުނީ، އެއަރޕޯޓު އެޅުމަށް އެ ސިޓީގެ 70 އިންސައްތަ ކަނޑޫފާ ނައްތާލާފައިވާ ކަމަށެވެ. އަދި މިދިޔަ ޑިސެމްބަރު މަހު، އެ ސިޓީގައި ފެންބޮޑުވުމުގެ ހާދިސާތައް ދިމާވި ކަމަށާއި، ކަނޑޫފާތައް ނައްތާލުމާއި ގުޅިގެން އެ ސިޓީ އިތުރު ނުރައްކަލަކަށް މިހާރު ހުށައެޅިފައިވާ ކަމަށް ބުނެ އެޖަމިއްޔާއިން ކަނބޮޑުވުން ފާޅުކޮށްފައިވެއެވެ.

ކުޅުދުއްފުށި ސީޓިއަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ހާދިސާތަކުގައި އެންމެ ގެއްލުން ލިބުނީ، ކަނޑޫފާތަކުން ގުދުރަތީ ރައްކާތެރިކަން ފޯރުކޮށްދެމުންދިޔަ ސަރަހައްދުތަކަށެވެ. އަދި އެ ރަށުގައި މިހާރު ބާކީހުރި ކަނޑޫފާތައް ހުރި ސަރަހައްދު ހިއްކުމަށް ސަރުކާރުން ވިސްނުމަކީ ކަންބޮޑުވާ ކަމެއް ކަމަށް އެޗްއާރްޑަބްލިޔުއިން ބުނެފައިވެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
100%
0%
0%
ކޮމެންޓް