ހޮނިހިރު 26 ސެޕްޓެންބަރ 2020
06 އަތަ
1442 ސަފަރު 08
ފަތިސް 04:42
އިރުއަރާ 05:53
މެންދުރު 12:02
އަސްރު 15:07
އިރުއޮއްސޭ 18:02
އިޝާ 19:13
ފަތުރުވެރިއަކު މަރުވުން

ކެނަރީފް ރިސޯޓުގައި އިޓަލީ ފަތުރުވެރިއަކު މަރުވެފައި އޮއްވައި ފެނިއްޖެ

  • މަރުވެފައިވަނީ 62 އަހަރުގެ ފިރިހެން ފަތުރުވެރިއެއް
  • މި މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ އާދިއްތަ ދުވަހުގެ ހެނދުނު 07:08 ހާއިރު
  • ހަށިގަނޑުގެ ބޭރުފުށުން އެއްވެސް އަނިޔާއެއްގެ އަސަރު ފެނިފައި ނުވޭ

ކ. މާލެ | 26 ޖެނުއަރީ 2020 | އާދީއްތަ 12:59 | 3,461

ކެނަރީފް ރިސޯޓް - ގޫގުލް

އައްޑޫ އަތޮޅުގައި އޮންނަ ކެނަރީފް ރިސޯޓުން، އިޓަލީއަށް ނިސްބަތްވާ ފަތުރުވެރިއަކު މަރުވެފައި އޮއްވައި ފެނިއްޖެއެވެ.

އެކަމާ ގުޅޭ ގޮތުން ފުލުހުން ބުނީ، މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ އާދިއްތަ ދުވަހުގެ ހެނދުނު 07:08 ހާއިރު ކަމަށާއި، މަރުވެފައިވަނީ 62 އަހަރުގެ ފިރިހެން ފަތުރުވެރިއެއް ކަމަށެވެ.

ފުލުހުން އިތުރަށް ބުނީ، އޭނާގެ ހަށިގަނޑުގެ ބޭރުފުށުން އެއްވެސް އަނިޔާއެއްގެ އަސަރު ފެނިފައި ނުވާ ކަމަށާއި، އެކަމާ ގުޅިގެން ފުލުހުން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ކޮޓަރީގައި މަރުވެފައި އޮއްވައި ފެނުމާއި ގުޅިގެން ހުޅުމީދޫ ސިއްހީ މަރުކަޒަށް ގެންގޮސް ވަނީ މަރު ކަށަވަރުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: އަމަން ހަލީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.