ކ. މާލެ
|
26 ޖެނުއަރީ 2020 | އާދީއްތަ 15:40
ބާސާ އަދި ވެލެންސިއާ ބައްދަލުކުރި މެޗުގެ ތެރެއިން
ބާސާ އަދި ވެލެންސިއާ ބައްދަލުކުރި މެޗުގެ ތެރެއިން
ގެޓީ އިމޭޖަސް
ސްޕެނިޝް ލަލީގާ
ވެލެންސިއާ އަތުން ބަލިވެ ބާސާއަށް ހާސްކަމެއް!
 
މި ނަތީޖާއާއިއެކު ވެލެންސިއާއިން އޮތީ ލީގު ތާވަލުގެ ފަސްވަނައިގައި
 
މި މެޗުގައި ވެލެންސިއާއިން ކާމިޔާބުކުރި ފުރަތަމަ ލަނޑަކީ ބާސާ ކުޅުންތެރިންއަތުން ބައިކޮޅަށް ވަތް ލަނޑެއް
 
މި މެޗު ވެލެންސިއާއިން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުން

ސްޕެނިޝް ލަލީގާގައި ވެލެންސިއާ އަދި ބާސެލޯނާ ބައްދަލުކުރި މެޗު ވެލެންސިއާއިން ކާމިޔާބުކޮށްފިއެވެ.

ވެލެންސިއާގެ ދަނޑުގައި ކުޅުނު މި މެޗު ވެލެންސިއާއިން ކާމިޔާބު ކުރީ 2-0 ގެ ނަތީޖާއަކުންނެވެ.

މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު މެޗުގެ ފުރަތަމަ ހާފުގައި ވެލެންސިއާއިން ގެންދިޔައީ ބާސާގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. އެގޮތުން މެޗުގެ 12 ވަނަ މިނެޓުގައި ވެލެންސިއާ އަށް ވަނީ ލަނޑު ޖެހުމަށް ރަނުގެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އެގޮތުން ވެލެންސިއާ އަށް ލިބުނު ޕެނަލްޓީ އެޓީމުން ވަނީ ނަގާލާފައެވެ. މީގެ އިތުރުން މި ހާފުގައި ވެލެންސިއާގެ ކެވިން ގެމެއިރޯ އަށް ވެސް ވަނީ ލަނޑު ޖެހުމަށް ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 0-0 ގެ ނަތީޖާއަކުންނެވެ.

ދެވަނަ ހާފު ފަށައިގެން ވެލެންސިއާއިން އެޓީމު ކުރަމުންގެންދިޔަ އެޓޭކްތައް ވަރުގަދަކުރިއިރު މި ހާފުގައި ވެލެންސިއާ ކުޅުންތެރިން ވަނީ ފުލުފުލުގައި ބާސެލޯނާގެ ގޯލަށް ނުރައްކާ ކޮށްފައެވެ. މެޗުގެ 48 ވަނަ މިނެޓުގައި ވެލެންސިއާއިން ވަނީ ލަނޑު ޖަހާ ލީޑު ނަގާފައެވެ. މި ލަނޑަކީ ބާސެލޯނާގެ ޖޯޑީ އަލްބާ އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. މި ލަނޑަށްފަހު ވެސް ވެލެންސިއާއަށް ވަނީ ލަނޑު ޖެހުމަށް ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. މެޗުގެ 77 ވަނަ މިނެޓުގައި ވެލެންސިއާއިން ވަނީ

އިތުރު ލަނޑެއްޖަހާ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ މެކްސީ ގޮމޭޒް އެވެ.

މި ނަތީޖާއާއެކު ބާސާއިން ލީގު ތާވަލުގެ އެއްވަނައިގައި އޮތީ އެއް މެޗު އިތުރަށްކުޅެ، ލިބުނު 43 ޕޮއިންޓާއިއެކު އެވެ. ދެވަނައިގައި އޮތް ރެއާލް މެޑްރިޑަށް 20 މެޗުން 43 ޕޮއިންޓް ލިބިފައިވާއިރު ތިން ވަނައިގައި އޮތް އެތްލެޓިކޯ މެޑްރިޑަށް 20 މެޗުން ލިބިފައި ވަނީ 35 ޕޮއިންޓެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
25%
0%
50%
0%
0%
25%
ކޮމެންޓް