ކ. މާލެ
|
26 ޖެނުއަރީ 2020 | އާދީއްތަ 07:27
ކޮރޯނާވައިރަސް އަށް އެކިގައުމުތަކުގައި އަންނަނީ ސްކްރީން ކުރަމުން
ކޮރޯނާވައިރަސް އަށް އެކިގައުމުތަކުގައި އަންނަނީ ސްކްރީން ކުރަމުން
ސީއެންއޭ
ކޮރޯނާވައިރަސް
ކޮރޯނާވައިރަސްގެ އަސަރު ފުރަތަމަ ފަހަރަށް ކެނެޑާ މީހެއްގެ ގައިން ފެނިއްޖެ
 
މިހާތަނަށް ޗައިނާއިން 850ށް ވުރެ ގިނަ މީހުންގެ ގައިން ކޮރޯނާވައިރަސްގެ އަސަރު ފެނިފައިވޭ
 
ކޮރޯނާވައިރަސްގެ އަސަރު ފެނިފައިވާ މީހާގެ ހާލު ރަނގަޅުކަމަށާއި އެމީހާ މިވަގުތުވަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ކަމަށް ކެނެޑާއިން ބުނޭ
 
މިމީހާއަކީ ދާދިފަހުން ޗައިނާގެ ވުހާން ސިޓީން ކެނެޑާއަށް އައިސްފައިވާ މީހެއް

ދާދިފަހުން ޗައިނާގެ ވުހާން ސިޓީން ކެނެޑާއިން އައި މީހެއްގެ ގައިން ކޮރޯނާވައިރަސްގެ އަސަރު ފެނިފައިވާކަމަށް ކެނެޑާއިން ބުނެފި އެވެ.

ކެނެޑާއިން މިކަމާއި ގުޅިގެން ނެރެފައިވާ ސްޓޭޓްމެންޓެއްގައި ބުނެފައިވަނީ ކޮރޯނާވައިރަސްގެ އަސަރު ފެނިފައިވާ މީހާގެ ހާލު ރަނގަޅުކަމަށާއި އެމީހާ މިވަގުތުވަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ކަމަށެވެ. މިމީހާގެ އުމުރެއް އަދި އިތުރު ތަފްސީލެއް ކެނެޑާއިން ހާމަކޮށްފަ އެއް ނުވެއެވެ.

މިހާތަނަށް ޗައިނާއިން 850 މީހުންނަށް ކޮރޯނާ ވައިރަސް ޖެހިފައިވެއެވެ. އަދި މިހާތަނަށް 26ށް ވުރެ ގިނަ މީހުން މި ބަލީގައި މަރުވެފައިވާ ކަމަށް ވެސް ޗައިނާއިން ވަނީ ހާމަކޮށްފައެވެ. މީގެ ތެރޭގައި ޗައިނާގައި މި ބަލި ފުރަތަމަ ފެނުނު ހޫބޭ ޕްރޮވިންސް އިން 12 މީހަކު މަރުވެފައިވާ އިރު އެހެނިހެން ސިޓީތަކުން 13 މީހަކު ވަނީ މަރުވެފައެވެ.

ޗައިނާގައި ކޮރޯނާ ވައިރަސްގެ ނުރައްކާ ބޮޑުވެފައިވާ ހިސާބުތަކުގައި 40 މިލިއަނަށް ވުރެ ގިނަ މީހުން ދަނީ ދިރިއުޅެމުންނެވެ. އަދި މި ޞަރަޙައްދުތަކުގެ ޢާންމު ދަތުރުފަތުރު ހުއްޓުމަކަށް ގެނެސްފައިވާ އިރު، ޗައިނާގެ އައު އަހަރު ފާހަގަކުރުމަށް އެކި ތަންތަނަށް ދަތުރުކުރުމަށް ހަމަޖެހިފައިވާ ފަރާތްތަކުގެ ދަތުރުތަކަށް ވެސް ވަނީ ބުރޫ އަރާފައެވެ.

ޗައިނާގެ ނެޝަނަލް ހެލްތު ކޮމިޝަނުން ބުނީ ކޮރޯނާ ވައިރަސް ޖެހިފައިވާ މީހުން އެ ޤައުމުގެ 15 ޕްރޮވިންސަކުން މިހާރު ފެނިފައިވާ ކަމަށެވެ. ބަލި ކޮންޓްރޯލް ކުރުމަށް ޗައިނާއިން ގެންދަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅަމުންނެވެ.

ދުނިޔޭގެ ޞިއްޙަތާ ބެހޭ އިދާރާތަކުން ހާމަކޮށްފައިވާ ގޮތުގައި މިހާތަނަށް ކްރޯނާ ވައިރަސް ބަލި ފެނިފައިވާ ޤައުމުތަކުގެ ތެރޭގައި ޖަޕާން، ތައިލެންޑް، ސައުތު ކޮރެއާ، އެމެރިކާ، ފްރާންސް، ނޭޕާލް، ސިންގަޕޫރު، މެލޭޝިއާ އަދި އިންޑިއާއިން ވަނީ ބައްޔަށް ޝައްކުކުރެވޭ ބައެއް ފެނިފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
50%
0%
50%
0%
0%
0%
ކޮމެންޓް