ކ. މާލެ
|
26 ޖެނުއަރީ 2020 | އާދީއްތަ 07:39
ލުބުނާންގައި އުފެދިފައިވާ އައު ސަރުކާރާ ދެކޮޅަށް އެގައުމުގައި އަންނަނީ މުޒާހަރާކުރަމުން
ލުބުނާންގައި އުފެދިފައިވާ އައު ސަރުކާރާ ދެކޮޅަށް އެގައުމުގައި އަންނަނީ މުޒާހަރާކުރަމުން
ރޮއިޓަރސް
ލުބުނާން
މުޒާހަރާ ކޮންޓްރޯލްކުރުމަށް ލުބުނާނުގައި ފެނާއި ކަރުނަގޭސް ބޭނުންކޮށްފި
 
މުޒާހަރާ ކުރާ ފަރާތްތަކުން ބޭނުންވަނީ އެއްވެސް ޕާޓީއަކަށް ނިސްބަތްނުވާ މިނިވަން ބަޔަކު ހިމަނައިގެން ސަރުކާރު އުފައްދަން
 
ލުބުނާންގައި އައު ސަރުކާރެއް ވަނީ މިދިޔަ ހަފްތާގައި އެކުލަވާލާފައި
 
މިދިޔަ އަހަރުގެ އޮކްޓޯބަރ މަހުގެ 29 ވަނަ ދުވަހު ލުބުނާންގެ އޭރުގެ ބޮޑުވަޒީރު ސާދް އަލް ހަރީރީ ވަނީ އިސްތިއުފާދެއްވާފައި

ލުބުނާން ސަރުކާރާ ދެކޮޅަށް އެގައުމުގައި ކުރިޔަށްދާ މުޒާހަރާ ކޮންޓްރޯލް ކުރުމަށް އެގައުމުގެ ސަލާމަތީ ބާރުތަކުން މުޒާހަރާގެ ބައިވެރިން ގަޔަށް ފެނާއި ކަރުނަ ގޭސް ޖަހައިފިއެވެ.

މިއީ ލުބުނާންގެ ވެރިރަށް ބޭރޫތްގެ ހެޑްކުޔަރޓާރ ގެ ސެކިޔުރިޓީ ބެރިކޭޑް ފޫއަޅުވާލާ އެސަރަހައްދަށް ވަނުމަށް މަސައްކަތްކުރި ބަޔެކެވެ. ރޮއިޓަރަސް އިން ބުނާގޮތުގައި ސަތޭކައެއްހާ މުޒާހަރާގެ ބައިވެރިންވަނީ ހިނގާފައި އައިސް މެޓަލް ގޭޓް ހުޅުވާފަ އެވެ. ނަމަވެސް ސަލާމަތީ ބާރުތަކުން ވަނީ އެމީހުން ފަހަތަަށް ޖައްސާފަ އެވެ.

ލުބުނާންގެ އިންޓަރނަލް ސެކިޔުރިޓީ ފޯސް އިން ވަނީ ޓްވިޓަރގައި މުޒާހަރާކުރާ ފަރާތްތަކުން އެސަރަހައްދު ދޫކޮށް ދިޔުމަށް އިންޒާރުދީފަ އެވެ. އަދި އެއަށްފަހު އެމީހުންގެ ގަޔަށް ފެނާއި ޓިއަރގޭސް ވަނީ ޖަހާފަ އެވެ.

ލުބުނާންގައި މިދިޔަ އަހަރުގެ އޮކްޓޯބަރ މަހުން ފެށިގެން އަންނަނީ މުޒާހަރާ ކުރަމުންނެވެ. މިދިޔަ އަހަރުގެ އޮކްޓޯބަރ މަހުގެ 29 ވަނަ ދުވަހު ލުބުނާންގެ އޭރުގެ ބޮޑުވަޒީރު ސާދް އަލް ހަރީރީ ވަނީ އިސްތިއުފާދެއްވާފަ އެވެ. އޭގެފަހުން އެގައުމުގައި އައު ސަރުކާރެއް އެކުލަވާލެވިފައެއް ނުވެއެވެ. ނަމަވެސް މިދިޔަ ހަފްތާގައިވަނީ އެގައުމުގައި ހަރަކާތްތެރިވާ ހިޒްބުﷲގެ އާއި ގުޅުންހުރި މީހުންނާއެކު އައު ސަރުކާރެއް އެކުލަވާލާފަ އެވެ. އާ ބޮޑުވަޒީރު ހަސަން ދިއަބްގެ ވެރިކަމުގެ ދަށުން ކެބިނެޓް އެކުލަވާލެވިނަމަވެސް އެގައުމުގެ ރައްޔިތުން ގަބޫލުކުރާ ގޮތުގައި އަލަށް އެކުލަވާލި ސަރުކާރާއެކުވެސް އެގައުމަށް ހަމަޖެހުމެއް ނާންނާނެއެވެ.

މުޒާހަރާކުރާ މީހުން ގަބޫލުކުރާ ގޮތުގައި މަގާމުތަކަށް ގެނައީ އެމީހުންނަށް ތާޢީދުކުރާ އެމީހުންގެ މީހުންނެވެ. މުޒާހަރާކުރާ މީހުން ބޭނުންވަނީ އެއްވެސް ޕާޓީއަކަށް ނިސްބަތްނުވާ މިނިވަން ބަޔަކު ހިމަނައިގެން ސަރުކާރު އުފައްދާށެވެ. އެމީހުން ގަބޫލުކުރާގޮތުގައި ސިޔާސީ މީހުންވަނީ ގައުމު ހަލާކުގެ މަގަށް ގެންގޮސްފަ އެވެ.

ލުބުނާންގެ މިހާރުގެ ސަރުކާރަށް އެގައުމަށް ދިމާވެފައިވާ އިގްތިޞާދީ އަނދުވަޅުން އެގައުމު ސަލާމަތްކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭނެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
100%
0%
ކޮމެންޓް